Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު- ދެވަނަ ކުއާޓަރ

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

ހިއްސާގެ ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ދީފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 އޯގަސްޓު 2017 | ބުރާސްފަތި 05:44
ދިރާގު

ދިރާގު

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ދިރާގަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ދަށަށް ހިނގައްޖެ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ލިބިފައި ވަނީ 243 މިލިއަން ރުފިޔާއެވެ. އަދި ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 209 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 643.8 މިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނީ 626 މިލިއަން ރުފިޔާ އެވެ.

ދިރާގުގެ ހިއްސާއަކަށް ދެވަނަ ކުއާޓަރުގައި ޖެހިފައި ވަނީ 2.75ރ. އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ހިއްސާއަކަށް 3.21ރ. ޖެހިފައިވެ އެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް ޖުމްލަ 14.37ރ. ބަހަން ވަނީ ނިންމާފއެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 1.1 ބިލިއަން ރުފިޔާ ބަހާފައިވެއެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. 2015 ވަނަ އަހަރު މި އަދަދު އުޅެނީ 2.2 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.

އެކުންފުނީގެ ސާފު ފައިސާ 2016 ވަނަ އަހަރު 840 މިލިއަން ރުފިޔާގައި ހުރި އިރު 2015 ވަނަ އަހަރު އެދަދު އުޅެނީ 725 މިލިއަން ރުފިޔާގަ އެވެ. މިއީ ގާތްގަނޑަކަށް 16 ޕަސެންޓްގެ ކުރިއެރުމެކެވެ.

އިތުރަށް ކިޔާލަން

24 ޖުލައި 2017

ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ

24 ޖުލައި 2017
ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު