Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

ދިރާގުގެ ލޯގޯ އާއި ކުލަ އަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ 2005 ވަނަ އަހަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 25 މެއި 2017 | ބުރާސްފަތި 03:02
ދިރާގުގެ އާ ލޯގޯ

ދިރާގުގެ އާ ލޯގޯ

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުގެ ކުލަ އޮރެންޖް ކުލައަށް ބަދަލުކޮށްފިއެވެ.

އާޓްގެލެރީގައި ބޭއްވި ހަފްލާއެއްގައި ދިރާގުގެ ކުލަ ބަދަލުކޮށްފައިވާއިރު ލޯގޯ އަށްވެސް ވަނީ ބަދަލުކޮށްފިއެވެ.

އަދި ލޯގޯ ވަނީ ކުރިން ވެސް ބޭނުން ކުރަމުން އައި އަތްތިލައިގެ ލޯގޯ އަށް ބަދަލެއް ގެނެސް ސިމްޕަލް ޑީ އަކުރަށް ބަދަލުކޮށްފައެވެ.

1988 ވަނަ އަހަރުން 2005 އާއި ހަމައަށް އެކުންފުނީގެ ކުލަ އެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ނޫ ކުލައެވެ. ނަމަވެސް 2005 ވަނަ އަހަރު ދިރާގުން ވަނީ އެކުންފުނީގެ ކުލަ ރަތް ކުލަ އަށް ބަދަލުކޮށް ލޯގޯ ވެސް ރީބްރޭންޑް ކޮށްފައެވެ.

ދިރާގުން އާ ލޯގޯ އާއި ކުލަ ބަދަލުކޮށްފައިވާއިރު "ވަޓްއިޒްނެކްސްޓް" ގެ ނަމުގައި ދަނީ ބޮޑު ކެމްޕެއިންއެއް ހިންގަމުންނެއެވެ. ވަޓްއިޒްނެކްސްޓްއެމްވީ ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕޭނެއް ކުރިއަށްގެންދާއިރު އެހޭޝްޓެގް ބޭނުންކޮށްގެން ފޮޓޯއެއް ޓްވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އަޕްލޯޑް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ފަހު ހޮވޭ ނަސީބުވެރިންނަށް އެންމެ ފަހުގެ އައިފޯނެއް އަދި އައިޕެޑް ޕްރޯ ނުވަތަ ސެމްސަންގް ގެލެކްސީ އެސް-8 އެއް ދޭން ވަނީ ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

26 ޑިސެމްބަރު 2017

ދިރާގުގެ އައު ބްރޭންޑް އެމްބެސެޑަރަކީ މިފަހަރު ޑީޓިއުން ބޭންޑް

26 ޑިސެމްބަރު 2017
ދިރާގުގެ އައު ބްރޭންޑް އެމްބެސެޑަރަކީ މިފަހަރު ޑީޓިއުން ބޭންޑް
13 ނޮވެމްބަރު 2017

ދިރާގުގެ ފިސްކްޑް ބްރޮޑްބޭންޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި

13 ނޮވެމްބަރު 2017
ދިރާގުގެ ފިސްކްޑް ބްރޮޑްބޭންޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި
31 އޮކްޓޯބަރު 2017

ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!

31 އޮކްޓޯބަރު 2017
ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!
07 އޮކްޓޯބަރު 2017

ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް މިފަހަރު އިއްބަޑޭ

07 އޮކްޓޯބަރު 2017
ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް މިފަހަރު އިއްބަޑޭ
25 އޯގަސްޓު 2017

ދިރާގުގެ "އާރްބީ ކުއެސްޓް" ކުޅެގެން ޔޫރަޕަށް

25 އޯގަސްޓު 2017
ދިރާގުގެ "އާރްބީ ކުއެސްޓް" ކުޅެގެން ޔޫރަޕަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު