Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖީއެމްއާރް މައްސަލަ

ޖީއެމްއާރް އަށް ފައިސާ ދައްކަންޖެހުމުގެ ޒިންމާ ރައީސް ޔާމީނާއި އާޒިމާ ނަންގަވަންޖެހޭނެ: އަފީފް

ޖީއެމްއާރް އަށް ސަރުކާރުން ދައްކަން ޖެހުނީ 270 މިލިއަން ޑޮލަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2017 | އަންގާރަ 01:48
އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް

އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް

ޖީއެމްއާރު މައްސަލައިގައި ދިވެހި ދައުލަތް ދަރުވާލުމުގެ ޒިންމާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި އެމަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ނަންގަވަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ޖީއެމްއާރް އާއި އެމްޑީޕީ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުން ބާތިލުކުރެއްވީ ބަޣާވާތްކޮށްގެން ތިބި ބަޔަކު އެކަމަށް އެއްބަސްވެގެން ކަމަށެވެ.

Advertisement - newsAdvertisement

އަފީފް ވިދާޅުވީ، ޖީއެމްއާރް އާއި އެމްޑީޕީ ސަރުކާރު ހަދާފައިވާ އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ނިންމީ އޭރު އާޒިމާ ބަންޑާރަ ނައިބަކަށް ހުންނަވައިގެން ކަމަށާއި ކަމަށާއި، އަދި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ޖީއެމްއާރް އަށް ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިކަމަށެވެ.

ޖީއެމްއާރް މައްސަލައިގައި ކުރިޔަށްދިޔަ މަޝްވަރާއެއްގައި ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމާ ބަޔަކު ދެކޮޅު ހެއްދެވުމުން އެ މަޝްވަރާ ދޫކުރައްވާ ވަޑައިގަތީ ރައީސް ޔާމީން ކަމަށާއި، ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަށް އޭރު އެންމެ ބޮޑަށް އަޑު އުފުއްލެވީ އެމަނިކުފާނުކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އެގޮތުން އަފީފް ވިދާޅުވީ، ރައްޔަތުންގެ ބޮލުގައި އަޅުވާފައިވާ ޖީއެމްއާރްގެ އަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރުގެ ފައިސާ އަކީ ރައީސް ޔާމީން އަދި އާޒިމާ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ ކަމެއް ކަމަށެވެ.

މި ސަރުކާރުގެ މޮޓޯ އަކީ ވައްކަންކުރުންކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ، ޖީއެމްއާރުން އެއާޕޯޓް ތަރައްގީކޮށް، ސައުތް އޭޝިއާ އިން ނުފެންނަވަރުގެ ޓާމިނަލް އަކާއި، އިތުރު ރަންވޭއެއްގެ އިތުރުން ހިދުމަތްތަކެއް ދިނުމަށް ބަޖެޓްކުރީ 350 މިލިއަން ޑޮލަރު ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް 900 މިލިއަން ޑޮލަރު ބަޖެޓްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމް އަދި ހާއްސަކޮށް ރައީސް ޔާމީން ޕްރެޝަރު ކުރައްވައިގެން، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން 1.4 ބިލިއަން ޑޮލަރު އެދުމަށް އެ ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އެ މައްސަލަ ބެލުމަށް ފަހު ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 270 މިލިއަން ޑޮލަރު ދައްކަން ދިވެހި ސަރުކާރަށް ޖެހުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު