Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަމަޟާން 1438

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

ކާށީގެ އަގު އުޅެނީ 7-40ރ. ދެމެދުގެ އަގުތަކެއްގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2017 | އަންގާރަ 15:45
ލޯކަލް މާރުކޭޓު

ލޯކަލް މާރުކޭޓު

ރަމަޟާން މަހުގެ 10 ދުވަސް ފާއިތުވެގެންދިޔަ އިރު މާރުކޭޓުގައި ތަކެތީގެ އަގުތަކަށް ތަފާތު އެތައް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

އާއްމުގޮތެއްގައި މާރުކޭޓުން އެންމެ ގިނައިން ވިކެނީ ފަނިގިރުމަށް ބޭނުންކުރާ ސާމާނާއި ފަތުގެ ބާވަތްތައް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

މާރުކޭޓުގައި ފަނި ގިރުމަށް ބޭނުންކުރާ ސާމާނު ގިނަ އަދަދަކަށް ލިބެން ހުރި ނަމަވެސް، ފަތުގެ ބާވަތްތައް ލިބެން ހުރީ ވަރަށް މަދުންނެވެ. މިކަމުގެ ސަބަބުން ފަތުގެ ބާވަތްތަކުގެ އަގުތައް ވަނީ ވަރަށް މައްޗަށް އަރާފަ އެވެ. މާރުކޭޓުގައި ކޮޕީފަތުގެ ދެފަތް އުޅެނީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ލެޓިއުސް ކިލޯއެއް އުޅެނީ 150ރ. އާއި 120ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ކަރާ ކިލޯއެއްގެ އަގު އުޅެނީ، 18ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ އިތުރުން، 100ރ. އަށް ފަސް އަނބު، 100ރ. އަށް ހަތަރު އަނބު ލިބެން ހުރިއިރު، މާރުކޭޓުގައި ގިނައިން ހުރީ ފުވައްމުލަކު އަނބެވެ. ކުރުނބާގެ އަގު 15ރ. އަށް 20ރ. އަށް މާރުކޭޓުގައި ލިބެން ހުރި އިރު ދޮންކެޔޮ ވަކެއްގެ ލިބެން ހުރީ 4ރ. އަށް 5ރ.އަށެވެ.

ރަމަޟާން މަސް ފެށުނު އިރާ، މިހާރާ އަޅާ ބަލާއިރު އަގުތަކަށް ވަނީ ތަފާތު ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ކަރާ ކިލޯއެއް އަގު 12ރ. އަށް 15ރ. އަށް ރަމަޟާން މަސް ފެށުނު އިރު ހުރި ނަމަވެސް މިހާރު ކަރާގެ އަގު ވަނީ ފަސް ވަރަކަށް ރުފިޔާ މައްޗަށް ޖެހިލާފަ އެވެ. އަދި ރަމަޟާން މަހުގެ ކުރިއަށް އޮތް ތަނުގައިވެސް، ކަރާގެ އަގު މައްޗަށްދާނެ ކަމަށާއި ކަރާގެ އަގު އުފުލެނީ، އެންމެ ގިނައިން ކަރާ ހައްދާ، ތޮއްޑޫ އިން ކަރާ ލިބުން ދަތިވުމުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ކާށީގެ އަގަށް ބަލާ އިރު، މިހާރު ކުޑަ ކާއްޓެއް ލިބެން ހުރީ 7ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކާށީގެ އަގު ދަށަށް ޖެހިފައިވާ އިރު ރަމަޟާން މަސް ފެށުނު އިރު ކާއްޓެއްގެ އަގު 25ރ. އިން ފެށިގެން 40ރ. އަށް ވެސް ހުއްޓެވެ.

ލުނބޯ ކިލޯއެއް 50ރ. އަށް ލިބެން ހުރިއިރު، ރަމަޟާން މަސް ފެށުނު އިރު ލުނބޯ ކިލޯއެއްގެ އަގު އުޅުނީ 70ރ. އާއި 90ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިރުސް ކިލޯއެއްގެ އަގު 350ރ. އަށް ވެއްޓިފައިވާ އިރު ރަމަޟާން މަސް ފެށުނު އިރު މިރުސް ކިލޯއެއް 800ރ އަށްވެސް ހުއްޓެވެ. މިރުހުގެ އަގު ދަށަށް ޖެހިލާފައިވާ އިރު، އަންނަ ހަފްތާއިން ފެށިގެން މިރުހުގެ އަގު، މައްޗަށް އަރާނެ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު