Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަންގ ސަންގ ސޫކީ

ސޫކީގެ ނޮބެލް އިނާމުގެ އަގުވެއްޓިފައި

ސޫކީއަށް އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 08:32
ސޫކީއަށް އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު

ސޫކީއަށް އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު

ގާނޫނުގެ ދެލިގަނޑަށްބަލާއިރު މިޔަންމާގެ ރައީސްއަކީ ޓިން ކިޔޯ ނަމަވެސް ބުއްދީގެ ގޮތުން ބަލާއިރު އެގައުމުގެ ވެރިއަކީ އެ ގައުމުގެ ޑެމޮކްރަސީގެ ބާނީ އަންސަންގ ސޫކީއެވެ. އެކަމަނާ އަކީ އެގައުމުގެ ވެރިޔަކަށް ވެވަޑައިގަންނަވަނީ 2015ވަނަ އަހަރު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އެކަމަނާ ލީޑަރަކަށް ހުންނަވާ ނޭޝަނަލް ލީގް ފޮރ ޑެމޮކްރަސީއިން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި އެގަމުގެ ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމުގެ ބާރު އެ ޕާޓީއަށް ލިބިގެން ދިއުމުންނެވެ. ޕާޓީގެ ލީޑަރަކަށް ހުންނަވައި ގައުމުގެ މިސްރާބު ބައްޓަން ކުރެއްވި ނަމަވެސް ރައީސްކަމުގެ މަގާމުގެ ނަން އަދި އެ ހައިސިއްޔަތު ރަސްމީކޮށް ބޭނުން ކުރުމަށް އެ ކަމަނާއަށް އޮތް ހުރަހަކީ އަސްކަރިއްޔާގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކުން ސީދާ އެކަމަނާއަށް އަމާޒުކުރެވިގެން ގާނޫނު އަސާސީގައި ލިޔެވިފައިވާ މާއްދާއެކެވެ.

ބޭރު ގައުމެއްގެ ރައްޔިތަކާ ކައިވެނިކޮށްގެން ލިބިފައިވާ ކުދިން ތިބިނަމަ ނުވަތަ ބޭރުގެ މީހަކާ ކައިވެނިކޮށްގެން އުޅޭނަމަ އެގައުމުގެ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރުން މަނާކުރެއެވެ. މި ސަބަބާހެދި އެކަމަނާއަކީ އެގައުމުގެ ރައީސްކަމުގެ ލޭބްލް ނެތް ބޭފުޅެއް ނަމަވެސް އެކަމަނާއަށްޓަކައި ފަހުންވަނީ މަގާމެއް އުފައްދާފައެވެ.ރައީސްކަމުގެ މަގާމު އެކަމަނާގެ ކުރީގެ ކާރު ޑްރައިވަރު އަދި އެންމެ އަރިސް އެއް ބޭފުޅެއްކަމަށްވާ ޓިން ކިޔޯއަށް ދެއްވާފައިވާއިރު އެކަމަނާއަކީ އަލަށް އުފައްދާފައިވާ ސްޓޭޓް ކައުންސެލާގެ މަގާމު އަދާކުރައްވާ ފަރާތެވެ.

މި ހުރިހާ ސަބަބު ތަކާއެކު އެކަމަނާއަކީ ގައުމުގައި ހިނގާ ކަންކަން ކޮންޓްރޯލް ކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކެވެ.މިއަދު ސުވާލު އުފެދިފައިވަނީ ނަސްލު ނައްތާލުމުގެ ތަޅާފޮޅުމެއް އެކަމަނާގެ އަމިއްލަފުޅު ގައުމުގައި ހިނގިއިރު ހަނު ހުންނެވުމެވެ.2012 ވަނަ އަހަރު މިޔަންމާގެ ރަޚީން ސްޓޭޓްގައި މުސްލިމުންނާދެކޮޅަށް ހިންގި ހަމަނުޖެހުންތަކާއި 2015 ވަނަ އަހަރު ކުރިމަތިވި ރޮހިންގޔާ ރެފިއުޖީ ކްރައިސިސް އަދި އެކަމަނާ ވެރިކަމަށް ވަޑައިގެންނެވިފަހުން 2016 ވަނަ އަހަރުގެ ފަހުކޮޅު މިޔަންމާގެ އަސްކަރިއްޔާއިން ރަޚީންސް ސްޓޭޓްގައި ހިންގި ލާއިންސާނީ އަދި ނަސްލު ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ސޫކީގެ އެއްވެސް ބަހެއް އިވިގެން ނުދިއުމަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންގެ ފާޑުކިއުން އެކަމަނާއަށް އަމާޒުވި ސަބަބެވެ.1991 ވަނަ އަހަރު އެކަމަނާއަށް ނޮބެލް އިނާމު ލިބިވަޑައިގެންނެވީ ހުއްޓުމެއްނެތި ޑެމޮކްރަސީއާއި އިންސާނީ ހައްގުތަކަށާއި ދީނީ އެކިއެކި ސެކްޓްތަކުގެ މެދުގައި އުފެދިފައި ޚިލާފުތައް ނައްތާލައްވައި ސުލްހަ ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ބާރުގަދަ ދުވަސްވަރެއްގައި ގޭ ބަންދާއި ޖަލު ބަންދުން ސަލާމަތްވެ ވަޑައި ނުގެންނެވި އުޅުއްވި ދުވަސްވަރު އެފަދަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު މިއަދު ބާރު ލިބިވަޑައިގެން ހުންނެވިއިރު ދީނީ ވަކި ފިކުރެއްގެ ބަޔަކާ ދެކޮޅަށް ހިންގޭ ލާއިންސާނީ އަމަލުތަކަކާދެކޮޅަށް އެކަމަނާ އެއްޗެއް ވިދާޅުނުވުން އަދި ފިޔަވަޅުތަކެއް ނޭޅުއްވުން ވެގެން ގޮސްފައިވަނީ މަލާމާތް ރައްދުވެފައިވާކަމަކަށެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓީވީ ޗެނަލް ކަމަށްވާ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި، ރޮހިންގޔާ މުސްލިމުންނަށް އަނިޔާ ލިބެމުންދިއުން ކުށްވެރި ކުރައްވަން ދެކޮޅު ހެއްދެވުން ވެގެން ގޮސްފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ މޫނުމަތީ ޖެއްސި ވަރުގަދަ އެތިފަހަރަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

19 ސެޕްޓެމްބަރު 2017
އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟

އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު