Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ކާއްޓެއްގެ އަގު 10 ރުފިޔާއާ 50 ރުފިޔާއާ ދެމެދުގެ އަގެއްގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ޖޫން 2017 | ބުރާސްފަތި 13:39
ލޯކަލް މާރުކޭޓް: ތަކެތީގެ އަގުވަނީ އިންތިހާއަށް އުފުލިފައި

ލޯކަލް މާރުކޭޓް: ތަކެތީގެ އަގުވަނީ އިންތިހާއަށް އުފުލިފައި

ޓީވީން ދައްކަމުންދިޔަ އިންޓަރވިއުއަކަށް ބަލައިލީމެވެ. ބާޒާރުގައި ހިކިމަސް ވިއްކަން ހުރި، އުމުރުން ދުވަސްވީ މީހަކު ބުނެއެވެ."މިއީ އާދައިގެ މީހުންނަށް ގަނެވޭވަރު އަގެއް ނޫނެވެ. އެކަމަކު އެވެރިންނަށް ގަނެވޭނެއެވެ. އެފައިސާ ލިބޭ މީހުންނަށް މިމަސް ގަނެވޭނެއެވެ،"

މަސް ވިއްކަން ހުރި މީހާ މިހެން ބުނީމާ ވިސްނާލެވުނެވެ. މިބުނީ ކީކޭ ބާއެވެ. ތެދެކެވެ. ތަކެތީގެ އަގު މާލޭ ބާޒާރުގައި ވަނީ އިންތިހާއަށް އުފުލިފައެވެ. ޚާއްޞަކޮށް ރަމަޟާންމަހަށް ފެށުނުއިރު އެކަމުގެ ވާހަކަ ދެއްކޭކަށް ނެތެވެ. އޭގެ ތެރެއިންވެސް ޒަރޫރީ ބާވަތްތަކެވެ. ރޯދަމަހު ކޮންމެހެން ވެސް ބޭނުންވާ ބާވަތަތްކެވެ.

ބިހާއި އަލުވި އަދި ފިޔާ އެސްޓީއޯއިން ރޯދަމަހާ ދިމާކޮށް އެތެރެކުރިއެވެ. ރޯދަމަހުގެ ކުރިންނެވެ. ބަލާލުމެއް ނެތި ދޫކޮށްލިއިރު ގަނޑުކޮށް ނެގީ ވިޔަފާރިވެރިންނެވެ. ރޯދަމަސް ފެށުނުއިރު އެބާވަތަތައް ވިޔަފާރިވެރިންނަށް އެތެރެކުރެވޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަސް ފެށުމާއެކު ރައްޔިތުން ނުކުތީ ބާޒާރަށެވެ. ހީކުރިވަރަށްވުރެ އެބާވަތްތައް އެހުރީ ބޮޑުތަނުން މައްޗަށް ޖެހިފައެވެ.

ފަތްކޭލަކީ ރޯދަމަހު އެންމެ ޑިމާންޑް ބޮޑު ބާވަތެވެ. ދޮންކެޔޮވަކެއް 8 ރުފިޔާއަށް 10 ރުފިޔާއަށް، ކޮޕީފަތެއް 7 ރުފިޔާއަށް، މިރުސް ކިލޯއެއް 500 ރުފިޔާއަށްވުރެ މައްޗަށް އެރީމާ އެއަށް ބަލާލަން ވެސް ތުރުތުރުއަޅައެވެ. ޓޮމާޓޯ އާއި ކިއުކަންބާއާ ދެންވެސް އެފަދަ ބާވަތްތައް ރޯދައިގެ ކުރިން އެހުރިވަރަށްވުރެ ޑަބަލް ބޮޑުވިއިރު ރައްޔިތު މީހާއަށް ލިބޭ މުސާރައަށް އިތުރުވި އެއްޗެއް ނެތެވެ. ރޯދަ އެލަވަންސް ވެސް ދިނީ މުސާރައިން ފަސް ދުވަސް ކަނޑާފައެވެ. އެހެންކަމުން ރޯދަމަހޭ ކިޔާފައި އިތުރުވި އެއްޗެއް ވެސް ނެތެވެ.

ސަރުކާރުން ބުނަމުން ދިޔައީ ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ތަކެތި ގެނައުމަށް ދަތިތަކެއް ކުރިމަތިވީ ކަމަށެވެ. އެއީ ފަހަރުގައި ވެދާނެ ކަމެކެވެ. ނަމަވެސް މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކުރިމަތިވާ ދުވަސްވަރެއްކަމެއް ސަރުކާރުގެ ހަނދާނަކުނެތެވެ. ތަކެތި އުފުލުމަށް ކުރީގެ ސަރުކާރުން ފެށި ދަތުރުފަތުރުގެ ނިޒާމް ހުއްޓިފައިވާކަމެއް ސަރުކާރަކަށް ނޭނގުނެވެ. ދަނޑުވެރިންނަށް ދޭން ވައުދުވި 8،000ރ. ދެވުނު ނަމަ މިފަދަ ހާލަތްތަކުގައި ވެސް އެވެރިންނަށް ކުރެވޭނެ ކަމެއް އޮންނާނެ ކަމަކަށް ސަރުކާރަކަށް ރޭކާއެއް ނުލައެވެ. އެވައުދު ނުފުއްދީމާ ރައްޔިތުންނަށް އެނޫން ގޮތެއް ނޯންނާނެކަމެއް ސަރުކާރަކަށް ޤަބޫލެއް ނުކުރެވުނެވެ.

ކުޑަކުޑަ ރިއްމަހެއް 20 ރުފިޔާއަށް ކައިވަތެއްވަރުގެ ގިނިމަހެއް 50 ރުފިޔާއަށް އެރީމާ ރައްޔިތުންނަށް ލޯއަޅާލެވޭނީ މަސްވެރިންނަށެވެ. އެކަމަކު އެވެރިން ކުރާނެ ކަމެއް ނެތެވެ. ރަނގަޅަށް މަސްބޭނުނު ދުވަސްކޮޅު ބޭ މަސްކޮޅު ނުކިރުވި ޖެހުނީ އުކާލާށެވެ. މަސްކޮޅަށް ރަނގަޅު އަގެއް ނުލިބި ދޫކޮށްލަން ޖެހުނުއިރު އެވެރިންނަށް ފައިސާ ލިބޭނެ އެހެންގޮތެއް ނެތެވެ. މާދުރުގައި އޮޑިބާއްވާފައި ފަތާފައި މަސްކޮޅު ބާލަން ޖެހޭއިރު އަދިވެސް އެކަމަކަށް ހައްލެއް ނެތެވެ. އައިސް ލިބޭތޯ ކުރެވޭ އުއްމީދުތައް ދަނީ ފެނަށް ވެގެންނެވެ.އޮޑިދޯނިފަހަރުން ދައްކަން ޖެހޭ ފީތައް ބޮޑުވިއިރު އެބުނާ 10 ހާސް ރުފިޔާއެއް ލިބުނު މަސްވެރިއަކު ނެތެވެ. ދެން އެވެރިންނަށް މަސްނުލިބި މަހުގެ ޑިމާންޑް އިރެއްގައި މަހުގެ އަގު ބޮޑުކޮށްލީމާ އެވެރިންނަށް ކިޔޭނެ އެއްޗެއް ނެތެވެ.

ދެން އޮތީ މިރޯދަމަހަށް ކުޑަތަންވީއިރު އެންމެ ޑިމާންޑް ބޮޑުވި ކާށީގެ ވާހަކައެވެ. ދިވެހި ކާއްޓެއް 10ރ. އިން ފެށިގެން 5ރ. އިން މައްޗަށް އެރީމާ ދިވެހިންނަށް ވެސް ހުތުރެވެ. ދިވެހިންގެ ޤައުމީ ގަހަކީ ދިވެހިރުކަށް ވެފައި ރަށްރަށުގެ މަލަމަތި ރުކުން ފަވާލެވޭއިރު ދިވެހިން ކާއްޓަށް ޖެހުނީމާ ދެން ބޮޑުވަރެވެ. މިކަމުގައި ވެސް އެންމެބޮޑު އެއްކަމަކީ އެކާށި އެއްރަށުން އަނެއް ރަށަށް އުފުލޭނޭ ދަތުރުފަތުރުގެ ނިޒާމެއް ނެތުމެވެ. ވަރުވާއަށް ލިއުނު ރަށްރަށް ބީވެގެން ދިއުމާއި ފަޅުރަށްތައް އެތައް ބަޔަކަށް ވިއްކުމުން ނުވަތަ ކުއްޔަށް ދިނުމުން އެތަންތަނުން އޮތީ އެއްވެސް މަންފާއެއް ލިބޭނޭ ގޮތެއް ނެތެވެ.

ކޮންމެއަކަސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށެވެ. ކާޑުގެ އަގު ބޮޑުވީމާ އެވާހަކަ ދައްކަން ފެށީމާ ކުޑަކުޑަ ލާރިކޮޅެއް އެއިން ކަނޑާލިއަސް އެނގުމެއްވާވަރެއް ނުވިއެވެ. އަމުދުން ރަށްރަށަށް އެކާޑުކޮޅު ގެންދެވޭ އަގަށް ނާލު އެއްކޮށްލީމާ އަތޮޅުތަކު މީހުންނަށް ކުރި މަންފާއެއް ނެތެވެ. ކިތައްެމެ ވަރަކަށް ހަވާއަރުވާފައި ބުންޏަސް ކަރަންޓް ޔަޤީނެއް ނުވިއެވެ. ބައެއް ރަށްރަށުން ދެއިރުކާ ބޭހެއްހެން ކަރަންޓް ކެނޑޭއިރު މާލޭގައި ވެސް ދުވަސްކޮޅުގެ ގޮތުން އެހާލަތެވެ. ކަރަންޓް ބިލުން ބޮޑުކޮށްލި ބައި އަދިވެސް އޮތީ އެގޮތުގައެވެ. އެއަށްވެސް ލިބުނު ހައްލެއް ނެތެވެ. މިހުރީހަމަކާއެކު ރައްޔިތުން ތިބީ އިންތިހާއަށް ކަންބޮޑުވުމުގައެވެ. އެމީހުންގެ މުސާރައަށް ކުރިއެރުމެއް ނުލިބޭއިރު ތަކެތީގެ އަގު އިންތިހާގައެވެ. މަސްވިއްކަން ހުރި ބޭބެ ބުނިހެން އާދައިގެ މީހުންނަށް ގަނެވޭކަށްނެތެވެ. ބޮޑު މުސާރަ ލިބޭ ވަޒީރުންނާ ކޯޑިނޭޓަރުންނަށާ އެހެންހިންގޮތްގޮތުން އެބުނާގޮތައް ލިބޭ ފައިސާ ލިބޭ ބަޔަކަށް ރައްޔިތުން ތިބީ ތަކެތީގެ އަގުބޮޑުވެ ރަތަށް އަރާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު