Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މައުމޫންގެ ޓުވީޓް

ކުޅި ހިއްކައިގެން އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި

ތިމާވެށި ލިބިފައިވަނީ ހަލާކު ކުރުމަކަށް ނޫން، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2017 | ހޮނިހިރު 21:46
ރައީސް މައުމޫން: ކުޅި ހިއްކުމާ ދެކޮޅު

ރައީސް މައުމޫން: ކުޅި ހިއްކުމާ ދެކޮޅު

ހދ ކުޅުދުއްފުށީގައި އެރަށު ކުޅި ހިއްކައިގެން އެއަރޕޯޓް އެޅުމަށް ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.

ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ކުޅި ހިއްކުމަށް ސަރުކާރުން ތައްޔާރުވަމުން ދަނިކޮށް ރައީސް މައުމޫން ކުޅުދުއްފުށީގެ ފޮޓޯއަކާއެކު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާވެށި ލިބިފައިވަނީ ހަލާކު ކުރުމަށް ނޫން ކަމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކަމަށެވެ. އެފޮޓޯއާއިއެކު އެމަނިކުފާނު ވަނީ "ސޭވްކުޅުދުއްފުށިކުޅި" ހޭޝް ޓެގްވެސް އެމަނިކުފާނު ވަނީ އެޓްވީޓްގައި ބޭނުން ކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ކުޅި ހިއްކުމާ ދެކޮޅު ފަރާތްތަކުން ބުނަމުންދަނީ އެއަރޕޯޓް އެޅުމާއި ދެކޮޅު ނޫން ކަމަށާއި ކުޅުދުއްފުށީގެ އެހެން ދިމާލެއް ހިއްކައިވެސް އެކަން ކުރެވެން އެބައޮތް ކަމަށެވެ. އަދި އެކަން އެހެން ކުރެވެން އޮތްނަމަވެސް މުޅި ދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭ ކުޅި ހިއްކައިގެން އެއަރޕޯޓް އަޅަން އުޅޭތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ކުޅި ހިއްކުމާ ދެކޮޅަށް އަޑު އުފިލި ނަމަވެސް ސަރުކާރުން ވަނީ ނޮވެމްބަރ މަހުގެ ތެރޭގައި ކުޅި ހިއްކުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަށް އީޕީއޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮންސްޓްރަކްޝަންގެ ސަބަބުން ކުޅި ހިމެނޭ ގުދުރަތީ ނާޒުކު ތިމާވެށީގެ ބޮޑު ބައެއް ނެތި ފަނާވެގެން ހިނގައިދާނެއެވެ. ކުޅި އޮތް ސަރަހައްދުގައި ހުރި ބައެއް ގަސްތަކަކީ ރާއްޖޭގެ މަދު ރަށްތަކުގައި ހުރި ގަސްތަކެއް ކަމަށާއި އެސަރަހައްދުން ރުށް ގަސް ކެނޑުމުގެ ސަބަބުން ރަށުގެ ގުދުރަތީ މާހައުލަށް ބަދަލުތައް އަންނާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުޅި ސަރަހައްދަކީ ބޯކޮށް ވާރޭވެހޭ ދުވަސްވަރު ރަށު ތެރެއަށް ވެހޭ ވާރޭ ފެން ޖަމާވެ ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށްދޭ ސަރަހައްދެއް ކަމަށާއި ކުޅި ހިއްކައިފިނަމަ ފެންބޮޑުވުމުގެ ހާދިސާތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު