Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޯމާލިއާގެ ބޮމުގެ ހަމަލާ

ސޯމާލިއާގައި 2 ހަފްތާތެރޭ 2ވަނަ ބޮމުގެ ހަމަލާ ދީފި

މީގެ 2 ހަފްތާ ކުރިން ދިން މިފަދަ އެހެން ޙަމަލާއެއްގައި 350އަށްވުރެ ގިނަ މީހުން މަރާލާފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2017 | ހޮނިހިރު 16:24
ބޮމުގެ ހަމަލާގައި ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ބޮމުގެ ހަމަލާގައި ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ ހޮޓަލަކަށް ހަމަލާދީ 350އަށްވުރެ ގިނަ މީހުން މަރާލިތާ 2 ހަފްތާ ވީތަނާ، ހޮނިހިރު ދުވަހު އަނެއްކާވެސް ހޮޓަލެއްގެ ބޭރުގައި ބޮމެއް ގޮއްވާލައިފިއެވެ. ނަސާ ހަބްލޮދް ނަމަކަށް ކިޔާ ހޮޓަލެއްގެ ބޭރުގައި ބޮމެއް ގޮއްވާލައި، ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނު މިހަމަލާގައި 10 މީހުން މަރުވެ، 11 މީހަކު ޒަޚަމްވިކަމަށް ސޯމާލިއާ ފުލުހުން ބުނެއެވެ. ސޯމާލިއާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އަލްޝަބާބު ޖަމާޢަތުން ވަނީ ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަލާގެ ޒިންމާ ނަގާފައެވެ. އަދި ހަމަލާދިން ހޮޓަލުގެ ތެރެގައި އެޖަމާޢަތުގެ ހަނގުރާމަވެރިން ތިބިކަމަށް އަލްޝަބާބުން ބުންޏެވެ.

ބޮމުގެ ހަމަލާއަށް ފަހުވެސް އެސަރަހައްދުގައި ސޯމާލިއާ ސިފައިންނާއި ހަނގުރާމަވެރިންނާއި ދެމެދު ހަމަލާ ބަދަލުކުރެވެމުން ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ. މަންޒަރު ދުށް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އަލްޝަބާބުގެ ހަނގުރާމަވެރިން މިހަމަލާދިނީ ހަށިގަނޑު ގޮއްވާލައިގެންނެވެ. އަދި ކުރީގެ ހަމަލާއެކޭ އެއްގޮތަށް މިހަމަލާ ދިނުމުގައި ބައިވެރިވި މީހުންވެސް ތިބީ އަސްކަރީ ޔުނިފޯމްތަކުގައެވެ.

ހަމަލާ އަމާޒުވި ހޮޓަލަކީ ސޯމާލިއާގެ ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިން އާއްމުކޮށް ވަދެ އުޅޭތަނެކެވެ. އަދި އަލްޝަބާބުން ޙަމަލާތައް އަމާޒުކުރުމުގައި މިފަދަ ތަންތަނަށް އިސްކަންދެއެވެ.

އަލްޝަބާބުގެ ހަމަލާތަކާއި ގުޅިގެން ސޯމާލިއާއަށް ސަލާމަތީ ދާއިރާއިން އެހީތެރިކަން ހޯއްދެވުމަށް ރައީސް މުހައްމަދު އަބްދުﷲ މުހައްމަދު ވަނީ ދާދި ފަހުން އެފްރިކާގެ ޤައުމުތަކަށް ދަތުރުފުޅެއްވެސް ކުރައްވާފައެވެ. މިހާރުވެސް ސޯމާލިއާގައި އެފްރިކާ އިއްތިޙާދުގެ 22 ހާހަށްވުރެ ގިނަ ސުލްހަ ބަލަހައްޓާ ސިފައިން ތިބި އިރު، 2020ވަނަ އަހަރު ނިމުމުގެ ކުރިން ސޯމާލިއާ ސިފައިންނާއި އެޤައުމުގެ ސަލާމަތީ ކަންކަން ހަވާލުކުރުމަށްފަހު އެފްރިކާ އިއްތިޙާދުގެ ގުޅިފައިވާ ފައުޖު ސޯމާލިއާއިން ފައިބާނެއެވެ. އެމެރިކާއިންވެސް ގެންދަނީ އަލްޝަބާބު ހަނގުރާމަވެރިންނާއި ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އަލްޝަބާބުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން އެމެރިކާ އަސްކަރިއްޔާއިން ވަނީ ސޯމާލިއާގައި ވިއްސަކަށް ޑްރޯން ހަމަލާދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު