Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިފެންސް މިނިސްޓަރ

އިނގިރޭސިވިލާތުން ޑިފެންސް މިނިސްޓްރީއަށް އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަންގެ އަށް މެޝިން ހަދިޔާކޮށްފި

މި މެޝިންތަކަކީ، އެކްސްޕްލޯސިވް ނުވަތަ ގޮވާތަކެތި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ މެޝިންތަކެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 16:44
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް ޢުމަރު

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް ޢުމަރު

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓްގެ ފަރާތުން އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތަށް ބޭނުން ކުރުމަށް، އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން (އީޓީޑީ) ގެ 8 މެޝިން ހަދިޔާކޮށްފިއެވެ.

އީޓީޑީ މެޝިން ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު މެންދުރު ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޮރ ޓްރާންސްޕޯޓްގެ ފަރާތުން ހަދިޔާކުރި އަށް އީޓީޑީ މެޝިން ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ، ޔޫކޭ ޑިޕާޓްމަންޓް ފޮރ ޓްރާންސްޕޯޓްގެ އިންސްޓްރަކްޓަރ، ސައިމަން ބޯލްޓް އެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މި މެޝިންތަކާ ހަވާލުވެލެއްވީ، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މުޙައްމަދު ޒުޙައިރު އެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީއަށް ލިބުނު އަށް އީޓީޑީ މެޝިން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފައެވެ. މިމެޝިންތައް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރު އެވެ. އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އީޓީޑީ މެޝިންތަކާ ހަވާލުވެލެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ، އާދިލް މޫސާއެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ ވާހަކަފުޅުގައި، ދުނިޔޭގެ އެކި ޤައުމުތަކުގައި ވައިގެ ބަނދަރުތަކަށް އަމާޒުކޮށްގެން އެކި ކަހަލަ ޢުދުވާނީ ހަމަލާތައް ދެމުންދާ ދުވަސްވަރެއްގައި، ދިވެހިރާއްޖެއަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ޓުއަރިޒަމްގެ ސިނާޢަތެއް ޤާއިމްކުރެވިފައި އޮތް ޤައުމަކަށް ވާތީ، ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި އެމަނިކުފާނު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިއަދު އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަވާލުކުރެއްވި މި މެޝިންތަކަކީ، އެކްސްޕްލޯސިވް ނުވަތަ ގޮވާތަކެތި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ މެޝިންތަކެއް ކަމަށާއި، މި މެޝިންތައް އަންނަ ހަފުތާގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޔޫކޭ ޑިޕާޓްމަންޓް ފޮރ ޓްރާންސްޕޯޓާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާ ގުޅިގެން ސެކިއުރިޓީ ކޮމާންޑްގެ ސްޕަވައިޒަރުންނަށް 2017 އޮކްޓޯބަރު 15 އިން 2017 އޮކްޓޯބަރު 26 އަށް ހިންގި "ސްޕަވައިޒަރ" ކޯހުގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި "ސްޕަވައިޒަރ" ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ

ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ

28 މާރިޗު 2017
ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

27 މާރިޗު 2017
މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ

މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ

20 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު