Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ގަލްފުގެ މައްސަލަ:މަޝްވަރާއަށް ތައްޔާރުކަމަށް ބުނާ ބުނުން ޤަތަރުން ތަކުރާރު ކޮށްފި

ސައުދީ އިސްވެ އޮވެ ގަތަރާ ގުޅުން ކަނޑާލާފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 04:14
ސައުދީ އިސްވެ އޮވެ ގަތަރާ ގުޅުން ކަނޑާލާފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހު

ސައުދީ އިސްވެ އޮވެ ގަތަރާ ގުޅުން ކަނޑާލާފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހު

ގަލްފް ކޯޕަރޭޝަންގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމަށް އެގައުމުން ބުނާ ބުނުން ތަކުރާރު ކޮށްފިއެވެ.

މީގެ އިތުރުން އެ ގައުމުން ވަނީ "ގަލްފުގެ ރަމްޒަށް" ހަމަލާ ދިނުމުން ދުރުވުމަށް އެގައުމުގެ ރައްޔިތުންނާއި މީޑިއާތަކަށް ގޮވާލާފައެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ނެރެފައިވާ މި ބަޔާނަކީ މައްސަލަ އިތުރަށް ހޫނު ނުކުރުމަށް މައްސަލައިގައި ޝާމިލްވާ ހުރިހާ ގައުމަކަށް ކުވެއިތުގެ އަމީރު ޝެއިޚް ސަބާހް އަލް-އަހްމަދު އަލް-ސަބާހް ގޮވާލެއްވި ގޮވާލެއްވުމާ ގުޅިގެން ނެރުއްވާފައިވާ ބަޔާނެކެވެ.

ބަޔާނުގައި ބުނެފައި ވަނީ ކުވެއިތުގެ ލީޑަރުގެ ގޮވާލެއްވުމަށް މަރުހަބާ ކިޔާ ކަމަށާއި މައްސަލަ އިތުރަށް ހޫނު ކުރަން އެ ގައުމުން ބޭނުން ނުވާ ކަމަށެވެ.

ކުވެއިތުގެ އަމީރު އަންގާރަ ދުވަހު ވަނީ ޤަތަރާމެދު އުފެދިފައިވާ މައްސަ ހައްލުނުވެ ގަލްފް ކޯޕަރޭޝަން ކައުންސިލް ރޫޅިދާންވީތޯ އައްސަވައި އިންޒާރު ދެއްވަފައެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް، ޖީސީސީ އަކީ ސިޔާސީ އަދި އިޖްތިމާއީ ކަންކަމަށް އެއްބާރުލުން ދިނުމަށް އަރަބިއަން ޕެނިންސިއުލާގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

މި ޖަމާއަތުގައި ބަހްރެއިން،ކުވެއިތު،އޮމާން، ޤަތަރު ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.

ޖޫން މަހުގެ ހަވަނަ ދުވަހު ސައުދީ އަރަބިއްޔާއާއި، މިސްރާއި ޔޫއޭއީއާއި ބަހްރެއިނުން ވަނީ ގަތަރާއެކު އޮންނަ ޑިޕްލޮމެޓިކް އަދި ދަތުރުފަތުރުގެ ގުޅުން ކަނޑާލާފައެވެ.

ގަތަރުން ޓެރެރިޒަމަށް ފައިސާ ޚަރަދުކޮށް ވާގިވެރިވެދީ ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރުވަމުން ގެންދާކަމަށް ތުހުމަތުކޮށް އެ ގައުމުތަކުން ގުޅުންކަނޑާލިއިރު ގަތަރުން އެކަން ދޮގުކުރެއެވެ.

މައްސަލަ ހައްލުކުރުމަށްކަމަށް ބުނެ އެ ހަތަރު ގައުމުން ފަހުން ވަނީ ގަތަރަށް ޑިމާންޑްތަކެއް ހުށަހަޅާފައެވެ.

އެ ޑިމާންޑްތަކުގެ ތެރޭގައި އީރާނާއެކު އޮންނަ ގުޅުން ކަނޑާލުމާއި،ޓެރެރިޒމަށް ވާގިވެރިވުން ހުއްޓާލުމާއި އަލްޖަޒީރާ ބަންދުކުރުން ހިމެނޭއިރު ގަތަރުންވަނީ އެ ޑިމާންޑްތަކަށް ދެކޮޅު ހަދާފައެވެ.

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2017

ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި

05 ޑިސެމްބަރު 2017
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި
26 ނޮވެމްބަރު 2017

މާލިއާ އޮބާމާ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް ބުނާ ވީޑިއޯއަކާއި ގުޅިގެން އާންމުން ފާޑުކިޔުމުން، ދިފާއުގައި އިވާންކާ ޓްރަމްޕް ތެދުވެއްޖެ

26 ނޮވެމްބަރު 2017
މާލިއާ އޮބާމާ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް ބުނާ ވީޑިއޯއަކާއި ގުޅިގެން އާންމުން ފާޑުކިޔުމުން، ދިފާއުގައި އިވާންކާ ޓްރަމްޕް ތެދުވެއްޖެ
22 ނޮވެމްބަރު 2017

ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި

22 ނޮވެމްބަރު 2017
ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި
18 ނޮވެމްބަރު 2017

ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ދާނަން: ސާދުލް ހަރީރީ

18 ނޮވެމްބަރު 2017
ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ދާނަން: ސާދުލް ހަރީރީ
11 ނޮވެމްބަރު 2017

ސައުދީ އަރަބިއްޔާއިން ލުބުނާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައިވާ ކަމަށް ލުބުނާނުގެ ހިޒްބުﷲއިން ތުހުމަތުކޮށްފި

11 ނޮވެމްބަރު 2017
ސައުދީ އަރަބިއްޔާއިން ލުބުނާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައިވާ ކަމަށް ލުބުނާނުގެ ހިޒްބުﷲއިން ތުހުމަތުކޮށްފި
09 ސެޕްޓެމްބަރު 2017

ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި

09 ސެޕްޓެމްބަރު 2017
ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި
04 އޯގަސްޓު 2017

ނަތަންޔާހޫ ރިޝްވަތު ހިއްޕެވި ބުނާ މައްސަލައެއް ބަލަނީ

04 އޯގަސްޓު 2017
ނަތަންޔާހޫ ރިޝްވަތު ހިއްޕެވި ބުނާ މައްސަލައެއް ބަލަނީ
24 ޖޫން 2017

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު
20 ޖޫން 2017

އައިސިސްގެ އިސް އިމާމްކަމަށް ބުނާ ތުރުކީ އަލް ބިނާލީ މަރާލެވިއްޖެ: އެމެރިކާ

20 ޖޫން 2017
އައިސިސްގެ އިސް އިމާމްކަމަށް ބުނާ ތުރުކީ އަލް ބިނާލީ މަރާލެވިއްޖެ: އެމެރިކާ
15 އެޕްރީލު 2017

އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

15 އެޕްރީލު 2017
އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު