Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި

ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ، މިސްރާއި،ބަހްރެއިންއިން ވަނީ ގަތަރާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ސެޕްޓެމްބަރު 2017 | ހޮނިހިރު 06:16
ގަތަރުގެ އަމީރާއި ސައުދީގެ ވަލީއަހުދު  ހުކުރު ދުވަހު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަ ތަކަކީ މީގެ ތިން މަސް ކުރިން  ގަތަރުގެ މައްސަލަ ފެށުނު ފަހުން މިގޮތަށް ވާހަކަދެކެވުނު ފުރަތަމަ ފަހަރު

ގަތަރުގެ އަމީރާއި ސައުދީގެ ވަލީއަހުދު  ހުކުރު ދުވަހު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަ ތަކަކީ މީގެ ތިން މަސް ކުރިން  ގަތަރުގެ މައްސަލަ ފެށުނު ފަހުން މިގޮތަށް ވާހަކަދެކެވުނު ފުރަތަމަ ފަހަރު

ގަލްފުގައި އުފެދިފައިވާ ޑިޕްލޮމެޓިކް މައިގަނޑު މައްސަލައިގައި ގަތަރުގެ އަމީރާ ސައުދީގެ ވަލީއަހުދު ފޯނުން ގުޅުއްވާ މަޝްވަރާކުރެއްވި ކަމަށް ބުނާ ރިޕޯޓްތައް އާއްމުވުމާއެކު ގަތަރާއެކު ބޭއްވުމަށް ސައުދީން ރާވާފައިވާ މަޝްވަރާތައް ހުއްޓާލައިފިއެވެ.

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލް ޘާނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަަލްމާންއަށް ހުކުރު ދުވަހު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަ ތަކަކީ މީގެ ތިން މަސް ކުރިން ފެށުނު ގަތަރުގެ މައްސަލަައިގައި ދޯހާ އާ ރިޔާޒްއާ ދެމެދު ރަސްމީ މުއާމަލާތެއް މިގޮތަށް ކުރެވުނު ފުރަތަމަ ފަހަރެވެ.

ދެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ލީޑަރުންވެސް ވަނީ ޚިލާފް ނައްތާލައި މައްސަލަ ނިމުމަކަށް ގެންނަން ބޭނުންވެފައިކަމަށް ހާމަކުރައްވާފައެވެ.

މި ފޯން ކޯލަށް އިސްނަގާފައިވާ ގައުމަކާ ބެހޭގޮތުން ކޮންމެވެސް ވަރެއްގެ ޚިލާފުތަކެއްވަނީ އުފެދިފައެވެ. ޤަތަރު ނޫސް އޭޖެންސީގެ ރިޕޯޓްގައި މި ކޯލަށް އިސްނެގީ ދޯހާއިންކަން ބުނެފައެއް ނުވެއެވެ.

އެ ގައުމުގެ ރިޕޯޓްގައި ބުނެފައިވަނީ ދެ ގައުމުން ފޯނުން ކުރިޔަށް ގެންދިޔަ މަޝްވަރާތައް އިންތިޒާމު ކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.

ގަތަރު ނިއުސް އޭޖެންސީ(ކިއުއެންއޭ)އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝެއިޚް ތަމީމް ބިން ސަލްމާން ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް(ޖީސީސީ)ގެ ބަދަހި ކަމާއި ހަމަޖެހުމަށްޓަކައި މަޝްވަރާގެ ތެރެއިން މައްސަލަ ހައްލުކުރައްްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

ގަތަރުގެ ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި ސައުދީގެ ވަލީއަހުދު ހުށަހެޅުއްވި ގޮތަށް މައްސަލަ ހައްލުކުރުމަށްޓަކައި، ދެ ގައުމުގެ އިސްތިގުލާލަށް އަސަރު ނުކުރާނެ ގޮތަށް ދެ މަންދޫބަކު ހަމަޖެއްސުމަށް އަމީރު ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ، މިސްރާއި،ބަހްރެއިންއިން ވަނީ ގަތަރާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމާއި ދަތުރުފަތުގެ ގުޅުން ކަނޑާލައި އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެ ގައުމުތަކުންވަނީ ގަތަރުން ޓެރެރިޒމަށް ފަންޑުކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ގަތަރުންވަނީ އެ ފިޔަވަޅުތައް ދޮގުކޮށްފައެވެ.

ގަތަރާމެދު ފިޔަވަޅު އެޅި ގައުމުތަކުން ޖޫން މަހުގެ 22 ވަނަ ދުވަހުވަނީ 13 ނުކުތާއެއްގެ މައްޗަށް ހިމެނޭ ޑިމާންޑްތަކެއް ގަތަރަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ބަންދުކުރުމާއި އީރާނާ ގުޅުން ކަނޑާލުންވެސް ހިމެނޭއިރު ގަތަރުންވަނީ އެ ޑިމާންޑްތަކަށް ދެކޮޅުހަދާފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު