Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮޑު ވަޒީރު ހަރީރި

ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ދާނަން: ސާދުލް ހަރީރީ

ހަރީރީ ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބު ވެސް، ލުބުނާނަށް ވަޑައިގެން ހާމަ ކުރައްވާނެ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 ނޮވެމްބަރު 2017 | ހޮނިހިރު 16:17
ބޮޑު ވަޒީރު ހަރީރީ

ބޮޑު ވަޒީރު ހަރީރީ

ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ސާދުލް ހަރީރީ ވިދާޅުވެއްޖެއެވެ.

ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަން ހަރީރީ އިއުލާނު ކުރައްވާފައި ވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ހުންނަވައިގެންނެވެ. ސައުދީގައި ހަރީރީ ހުންނެވީ ގޭބަންދުގައި ކަމަށް ބުނާ ވާހަކަ މީގެ ކުރިން ހަރީރީ ވަނީ ދޮގުކުރައްވާފައެވެ. ލުބުނާނުގެ ރައީސް އަދި ސަރުކާރުން ހަރީރީގެ އިސްތިއުފާ ގަބޫލުކުރައްވާފައެއް ނުވެއެވެ.

ލުބުނާނަށް ވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ހަރީރީ ވިދާޅުވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި އެގައުމުގެ ރައީސް އެމަނުއެލް މެކްރޮންއާ ބައްދަލު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ހަރީރީ ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބު ވެސް، ލުބުނާނަށް ވަޑައިގެން ހާމަ ކުރައްވާނެ ކަމަށެވެ. ލުބުނާނަކީ ކުރިން ފްރާންސްގެ އަޅުވެތިކަމުގައި އޮތް ގައުމެކެވެ. ފްރާންސުން ގެންދަނީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ލުބުނާނުގެ ބޮޑުވަޒީރު ކަމުން ހަރީރީ އިސްތިއުފާ ދެއްވީ ލުބުނާނުގެ ދާހިލީ ކަން ކަމަށް އިރާނާއި އަދި އިރާނާ ރަހްމަތްތެރި ހިޒްބުﷲ ޖަމާއަތުން ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ. އަދި ހަރީރީ އަވާހަރާކޮށްލަން ބަޔަކު އުޅޭ ކަމަށް ވެސް ހަރީރީ ތުހުމަތު ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

މޫދަށް ޖައްސާ މަތިންދާ ބޯޓެއް ސިޑްނީ ކައިރިއަށް ވެއްޓި ހަ މީހުން މަރުވެއްޖެ

31 ޑިސެމްބަރު 2017
 މޫދަށް ޖައްސާ މަތިންދާ ބޯޓެއް ސިޑްނީ ކައިރިއަށް ވެއްޓި ހަ މީހުން މަރުވެއްޖެ
27 ނޮވެމްބަރު 2017

ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން

27 ނޮވެމްބަރު 2017
ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން
22 ނޮވެމްބަރު 2017

ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި

22 ނޮވެމްބަރު 2017
ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި
12 ނޮވެމްބަރު 2017

​​​​​​​އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް ހަ މީހަކު މަރުވެއްޖެ

12 ނޮވެމްބަރު 2017
​​​​​​​އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް ހަ މީހަކު މަރުވެއްޖެ
08 ނޮވެމްބަރު 2017

ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން: ކެޓަލޯނިއާގެ ކުރީގެ ލީޑަރު

08 ނޮވެމްބަރު 2017
ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން: ކެޓަލޯނިއާގެ ކުރީގެ ލީޑަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު