Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަރީރީގެ އިސްތިއުފާ

ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި

އިސްތިއުފާ އަނބުރާ ގެންދެވިކަން ހާމަކުރެއްވީ އެނބުރި ލުބުނާނަށް ވަޑައިގެންނެވުމަށް ފަހު ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމަށް ފަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2017 | އަންގާރަ 21:54
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީ، ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަވައި ޓީވީ މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ އިޢުލާން ކުރައްވަނީ

ލުބުނާނުގެ ބޮޑުވަޒީރު ހަރީރީ، ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަވައި ޓީވީ މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ އިޢުލާން ކުރައްވަނީ

ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރިތާ މަސް ދުވަސް ފަހުން، ލުބުނާނުގެ ބޮޑުވަޒީރު ސާދް އަލް-ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި އެވެ.

ސައުދީ އަރަބިއްޔާ އަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައި، ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވިކަން ހަރީރީ އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ. ހަރީރީގެ އިސްތިއުފާ އާއްމު ކުރެއްވީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަވައި، ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައެވެ. އެބަޔާނުގައި ހަރީރީ ވިދާޅުވީ، އިސްތިއުފާ ދެއްވުމަށް ނިންމެވީ، އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އަދި ހަރީރީގެ އިސްތިއުފާގެ ބަޔާނުގައި އީރާނާއި، އެގައުމުން މަދަދުދޭ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ލުބުނާނާއި މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

ހަރީރީގެ އިސްތިއުފާ ލުބުނާނުގެ ރައީސް މިޝޭލް އައޫން ގަބޫލުފުޅު ކުރައްވާފައެއް ނުވެއެވެ. މިޝޭލް ވަނީ، ސައުދީ އަރަބިއްޔާއިން ހަރީރީ ރަހީނު ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވައި، ހަރީރީގެ އިސްތިއުފާގެ ފަހަތުގައި ވަނީ ސައުދީ އަރަބިއްޔާ ކަމަށް ވިދާޅުވެފައެވެ. ހަރީރީގެ އިތުރުން ލުބުނާނުގެ ޝިއައީންގެ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން ވެސް ސައުދީ ރަސްކަމުގެ މައްޗަށް އެތުހުމަތު ކޮށްފައިވެއެވެ.

ސައުދީގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންނެވީ މީގެ ދެ ހަފްތާ ކުރިންނެވެ.

އޭގެ ފަހުން އޭނާ ވަނީ ހިޒްބުﷲ އިން ސީރިއާ އަދި ޔަމަނު ފަދަ ސަރަހައްދީ މައްސަލަތަކުގެ ތެރެއަށް ވަނުން ހުއްޓާލައިފިނަމަ، ބޮޑުވަޒީރުގެ މަގާމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ހަރީރީ ލުބުނާނަށް ވަޑައިގެންނެވުމަށް ފަހު ބޭއްވި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ވަނީ، ބޮޑުވަޒީރުގެ އިސްތިއުފާ އަނބުރާ ގެންދެވުމަށް ނިންމެވި ނިންމެވުމަށްޓަކައި ވަޒީރުންގެ ކައުންސިލުން ޝުކުރު އަދާކުރާ ކަމަށެވެ.

ލުބުނާނުގެ ކެބިނެޓުން އަންގާރަ ދުވަހު ވަނީ، ސަރަހައްދީ މައްސަލަތަކުގެ ތެރެއަށް ނުވަނުމަށާއި، އެފަދަ މައްސަލަތަކުގައި ވަކިކޮޅެއް ނުނެގުމަށް ނިންމާފައިވާ ނިންމުން ތަކުރާރު ކުރައްވާފައެވެ.

ކެބިނެޓްގެ ފަރާތުން ހަރީރީ އިއްވެވި ބަޔާނުގައި ވަނީ، ލުބުނާނުގެ ސަރުކާރާއި، ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ސަރަޙައްދީ މައްސަލަތަކާއި، ހަނގުރާމަތައް އަދި އަރަބި ގައުމުތަކުގެ ދާޚިލީ މައްސަލަތަކާއި ދުރުގައި ތިބުމަށް ނިންމާފައިވާ ކަމަށެވެ.

ލުބުނާނުގެ ސިޔާސީ ފަރާތްތަކުން 2016 ވަނަ އަހަރު ހެދި އެއްބަސްވުމުގައިވެސް އެސިޔާސަތު ކަނޑައަޅާފައިވެއެވެ. އެއެއްބަސްވުމުގެ ދަށުން ލުބުނާނުގެ ރައީސަކަށް މިޝޭލް އައޫން، އަދި ބޮޑުވަޒީރަކަށް ސާދް ހަރީރީ ހުންނެވިއިރު، ކެބިނެޓްގެ ވަޒީރުންގެ ތެރޭގައި ހިޒްބުﷲ އަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު