Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއާ

ސައުދީ އަރަބިއާ ހުރިހާ ދީންތަކަށް ހުޅުވާލަނީ

ފަނާކުރަނިވި ފިކުރުތައް ފޮހެލާނެ ކަމަށް ވަލީއަޙުދު ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 25 އޮކްޓޯބަރު 2017 | ބުދަ 05:23
ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ޢަބްދުލްއަޒީޒް

ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ޢަބްދުލްއަޒީޒް

މެދުމިނުގެ އިސްލާމީ ފިކުރަށް ރުޖޫޢަވެ، ހުރިހާ ދީންތަކުގެ މީހުންނަށް ހުޅުވާލެވިފައިވާ ޤައުމަކަށް ސައުދީ އަރަބިއާ ހައްދަވާނެ ކަމަށް އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ޢަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

ސައުދީގައި ބޭއްވި ވިޔަފާރީގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން، މުޙައްމަދު ވިދާޅުވީ، ކުރިން އޮތް ގޮތަށް، ދުނިޔެއަށާއި ހުރިހާ ދީންތަކަށް ހުޅުވާލެވިފައިވާ މެދުމިނުގެ އިސްލާމީ ޤައުމަކަށް ސައުދީ އަރަބިއާ ބަދަލުކުރައްވާނެ ކަމަށެވެ.

ވަލީއަޙުދު އިތުރަށް ވިދާޅުވީ، ފަނާކުރަނިވި ފިކުރުތަކަށް ފިޔަވަޅު އެޅުމުގައި ކުރިއަށް އޮތް 30 އަހަރު ހޭދަ ނުކުރައްވާނެ ކަމަށާއި، އެ ފިކުރުތައް މިހާރުން މިހާރަށް ހުއްޓުވާނެ ކަމަށެވެ.

މިއީ ފަހުގެ ތާރީޚެއްގައި ސައުދީގައި ހަރުކަށި ދީނީ ފިކުރާ ދެކޮޅަށް އެ ޤައުމުގެ އިސް އޮފިޝަލަކު މިގޮތަށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ވަލީއަޙުދު މުޙައްމަދު މިފަދައިން ވިދާޅުވެފައިވާއިރު، އަންގާރަ ދުވަހު ސައުދީން ވަނީ އެ ޤައުމުގެ ހުޅަނގުދެކުނު އައްސޭރީގައި މިނިވަން އިކޮނޮމިކް ޒޯނެއް ޤާއިމްކޮށްފައެވެ. މި ސަރަޙައްދުގައި ހިންގާ ޕްރޮޖެކްޓަށް ނިއޯމްގެ ނަން ދީފައިވާއިރު، ސައުދީގެ ރަސްކަމުން ހާމަކޮށްފައިވާ ގޮތުގައި މިނިވަން އިޤުތިޞާދީ ސަރަޙައްދުގައި ހިންގާނީ ސައުދީގެ މައި ޤަނޫނުތަކާއި ޤަވާއިދުތަކާއި ތަފާތު، ޒަމާނީ ޤާނޫނުތަކެކެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު