Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާޔަން ގިގްސް

ލެސްޓާ އަދި އެވަޓަންގެ ކޯޗުކަމަށް ގިގްސް ޝައުގުވެރިވޭ!

ލެސްޓާ އާއި އެވަޓަން އަކީ ވަރަށް ވަރުގަދަ ދެ ކްލަބް

ލީވާން އަލީ
ލީވާން އަލީ | 24 އޮކްޓޯބަރު 2017 | އަންގާރަ 10:59
މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރާޔަން ގިގްސް

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރާޔަން ގިގްސް

ލެސްޓާ ސިޓީ އަދި އެވަޓަންގެ ކޯޗުކަމަށް ޝައުގުވެރިކަން ހުރިކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރާޔަން ގިގްސް ބުނެފިއެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގިގްސް ބުނީ، ލެސްޓާ އާއި އެވަޓަން އަކީ ވަރަށް ވަރުގަދަ ދެ ކްލަބް ކަމަށާއި، އެ ދެ ކްލަބަކީ ވެސް ކޯޗުކަންކޮށްދޭން އޭނާ ޝައުގުވެރިވާ ދެ ކްލަބް ކަމަށެވެ.

ގިގްސް ބުނީ ލެސްޓާއަކީ މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށާއި، އެވަޓަންއަކީ ރަނގަޅު ތާރީހެއް އޮތް މޮޅު ކްލަބެއް ކަމަށެވެ. އެގޮތުން އެ ދެ ކްލަބަށް ކޯޗުކަން ކޮށްދޭން ބޭނުންވާ ކޯޗުން ތިބޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ގިގްސް ބުނީ އޭނާ އަށް އެނގޭ އެއްޗެއް އެހެން ބަޔަކަށް ކިޔައިދިނުމަށް ހުރީ ތައްޔާރަށް ކަމަށާއި، ކްލަބްތައް އަދި ކުޅުންތެރިން ކުރިއެރުވުމަށް ވަރަށް ޝައުގުވެރިވާ ކަމަށެވެ.

ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންޝިޕް އަދި ލީގް ވަންގައި ވެސް ރަނގަޅު ކްލަބްތަކެއް ކޯޗުކޮށްދޭން ހުރިކަމަށް ފާހަގަކުރަމުން ގިގްސް ބުނީ، ރަނގަޅު ފުރުސަތެއް ލިބުމުން ހަވާލުވާނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ އެވަޓަން ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ކްލަބުން ވަނީ އެޓީމުގެ ކޯޗު ރޮނަލްޑް ކޯމަން މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރީ އާސެނަލް އަތުން އަމިއްލަ ދަނޑުގައި އެވަޓަން 1-5 ގެ ނަތީޖާއިން މޮޅުވި މެޗަށް ފަހުއެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، އެވަޓަން އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ. ލީގުގައި އެވަޓަން ފަސް މެޗުން ބަލިވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އަދި އެޓީމު މޮޅުވީ އެންމެ ދެ މެޗުންނެވެ. އެޓީމުން އަންނަނީ ކޯޗެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ މިވަގުތު ހަވާލުވެފައިވަނީ ވަގުތީ ގޮތުން އެސިސްޓެންޓް ކޯޗު މައިކަލް އަޕެލްޓަން އެވެ. އެޓީމު ލީގުގައި ކުޅުނު ނުވަ މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ. އެޓީމުންވެސް އަންނަނީ ކޯޗެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

ޔުނައިޓެޑުން ޕެރެސިޗް ހޯދަން ޝައުގުވެރިވޭ: އިންޓަ މިލާން

29 މެއި 2017
ޔުނައިޓެޑުން ޕެރެސިޗް ހޯދަން ޝައުގުވެރިވޭ: އިންޓަ މިލާން
25 މެއި 2017

އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!

25 މެއި 2017
އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!
13 މެއި 2017

ޕްރިމިއާ ލީގު: ލެސްޓާ ބަލިކޮށް ސިޓީ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

13 މެއި 2017
ޕްރިމިއާ ލީގު: ލެސްޓާ ބަލިކޮށް ސިޓީ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު