Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް

އެޓްލެޓިކޯ ސެމީއަށްދިޔައީ އެގްރިގޭޓް ނަތީޖާއިން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 05:06
ލެސްޓާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސައުލް އުފާފާޅުކުރަނީ

ލެސްޓާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސައުލް އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ލެގުގެ ފައިދާ ނަގާ މުބާރާތުގައި ބާކީ އޮތް ހަމައެކަނި އިނގިރޭސި ޓީމު ލެސްޓާ ސިޓީ ކަޓުވާލުމަށްފަހު އެޓްލެޓިކޯ މެޑްރިޑް ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ލެސްޓާ އަދި އެޓްލެޓިކޯ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެފައިވާއިރު، މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު އެޓްލެޓިކޯ ދަނޑުގައި އެޓީމުން ވަނީ 0-1 ގެ ނަތީޖާއިން ލެސްޓާ ބަލިކޮށްފައެވެ. އެގޮތުން 1-2 ގެ އެގްރިގޭޓް ނަތީޖާއިން ސެމީގެ ފުރުސަތު ލިބުނީ އެޓްލެޓިކޯއަށެވެ.

ލެސްޓާ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓްލެޓިކޯއިންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސައުލް އެވެ.

އެހެންނަމަވެސް ލެސްޓާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓްލެޓިކޯގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލެސްޓާ އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް އެޓީމުން ހޯދި އެވެ. ލެސްޓާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 61 ވަނަ މިނެޓުގައި ޖެމީ ވާޑީ ކާމިޔާބުކުރި ލަނޑުންނެވެ. ޖެމީ ވާޑީ އަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި 2012 ވަނަ އަހަރަށްފަހު ލަނޑު ޖެހި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާއެވެ. 2012 ވަނަ އަހަރު ކުއާޓާ ފައިނަލްގައި ލަނޑު ޖަހާފައިވަނީ ފްރޭންކް ލަމްޕާޑެވެ.

އެޓްލެޓިކޯ އަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގަން ފުރުސަތުތަކެއް ލިބިފައިވާއިރު، މެޗު ނިމުނީ ހަމަހަމަކަމާއެކުގައެވެ.

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ އަށް މިފަހަރު ލީގުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވި ނަމަވެސް އެޓީމު ވަނީ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލެސްޓާ އަކީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ޓީމުތައް ދަތުރުކުރަމުން އަންނައިރު، މުބާރާތާ އަލްވަދާއުކި އެންމެ ފަހު އިނގިރޭސި ޓީމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު