Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ ވިލިނގިލި

ރައީސް ޔާމީނާއި ފަނޑިޔާރަކާއި ގުޅޭ އާދަޔާ ޚިލާފް ވާހަކަތަކެއް ސައުދު ހާމަކުރައްވައިފި

19 އޮކްޓޯބަރު 2017 | ބުރާސްފަތި 21:19

އަދީބު ޖަލުން ދިމާވެގެން ރައީސް ޔާމިން އެކައުންޓަށް ޖަމާ ކުރި ޑޮލަރުތަކެއްގެ ތަހުގީގަށް ސުވާލުކުރި ވާހަކަ ދެއްކެވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 21:19
ސައުދު ހުސެއިން، ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ - އޭނާ ވަނީ ބޭއިންސާފުން އޭނާއާމެދު އަމަލުކުރާކަމަށް ބުނެފަ

ސައުދު ހުސެއިން، ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ - އޭނާ ވަނީ ބޭއިންސާފުން އޭނާއާމެދު އަމަލުކުރާކަމަށް ބުނެފަ

ރައީސް ޢަބްދުﷲ ޔާމީނާއި ކްރިމިންލަ ކޯޓުގެ ފަނޑިޔާރަކާ ގުޅޭ އާދަޔާ ޚިލާފް ވާހަކަތަކެއް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހާމަކުރައްވައިފި އެވެ.

ރައީސް ޔާމީން ފަޅީގައި ހުންނެވުމަށްފަހު ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކާ ގުޅިވަޑައިގަތުމާއެކު ގިނައިގިނައިން ފުލުސް އޮފީހަށް ހާޒިރުކޮށް ޖަލުގައިވެސް ބަންދު ކޮށްފައިވާ ސައުދު ހުސައިން މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ސައުދުގެ އުފަން ރަށް ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސައުދު ވިދާޅުވީ ރައްޔިތުން 2013 ގައި ގެނައި ބަދަލަކީ އަދްލު އިންސާފް ހަމަހަމަކަމާއެކު ޤާއިމް ކުރުމަށާއި ރައްޔިތުންނަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ. ދެބައިކުޅަ އެއްބަޔަށް ވެރިކަން ދިޔައިރު އެގޮތައް ކަންކަން ނުކުރާތީ އެވާހަކަތައް ދައްކަމުންދިޔަ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ އެވާހަކަތައް ދެއްކުމުން ހިތްޕުޅާ ހަމަ ނުވެ އެމަނިކުފާނު ވާހަކަފުޅު ދައްކަވާ ކަމަށެވެ.

ސައުދު ވިދާޅުވީ ވައުދުތަކުގެ ވާހަކަ ދެއްކުމުން ރައީސްގެ ކަންފަތަށް ވަނީ އުނދަގޫ ކަމަށާއި ޕީޖީ ގުރޫޕްގައި އެވާހަކަ ދެއްކީމާ އެވާހަކަ ނުދައްކަން އިންޒާރު ދެމުންދިޔަ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އަޒުލު ކުރާކަށް ވޯޓެއްވެސް ނުދެއްވާ ކަމަށާއި އެފަދަ ސޮއެއްވެސް ކުރައްވާފައިނުވާނެކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަށް ވަންނަވާނެކަމަށާއި، ރައީސް އަޒުލުކުރާނަން ކަމަށްވެސް ސައުދު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތަކީ ޔަޤީނުންވެސް މަޖިލީހުގެ ތެރެއިން ކުރިއަށްގެންދަވާނެ މަސައްކަތެއް ކަމަށެވެ.

"ރައީސް ޔާމީން މަޖިލީހުން އަޒުލުކުރާނަން. އެކަން ކުރާނަން" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ނުކުރާކަން ހާމަކޮށް ކުރި ޓްވީޓަކާ ގުޅިގެން ޗިޓަކާއި އަމުރެއް ނެތި ކްރިމިނަލް ކޯޓަށް ހާޒިރުކުރި ކަމަށާއި ރައީސް ޔާމީނަށް ތާއީދު ނުކުރުމަށް ނިންމި ނިންމުން އަނބުރާ ގެނައުމަށް އެކޯޓުގެ ފަނޑިޔާރަކު ވިދާޅުވި ކަމަށެވެ. އަދި އެކަން އެހެން ނުކޮށްފިނަމަ ކޮންމެފަދަ ކަމެއްވެސް ވެދާނެ ކަމަށާއި ކޮންމެ ފަދަ ކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

"އަޅުގަނޑު ބުނިން އެކަމެއް ނުވާނެޔޭ. އަޅުގަނޑަށް ކޮންމެފަދަ އަނިޔާއެއް ލިބުނަސް ތިކަން ވާކަށް ނެތޭ. ދެން ފަނޑިޔާރު ދިޔައީ އަޅުގަނޑު ގޮވައިގެން ޓޫރިޒަމް މިނިސްޓަރ ޒަމީރުގެ ގެއަށް. އޭނަވެސް އެންގީ ހުއްޓާލަން. އަޅުގަނޑު ދެންނެވިން ތިކަމެއް ނުވާނެޔޭ. ޒަމީރުވެސް އަޅުގަނޑަށް އެންގީ އެކަން ނުކޮށްފިނަމަ ވެދާނެ ކަންތައްކެއްގެ ވާހަކަ." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އޭގެ ފަހުން އޭނާ ފުލުސް އޮފީހަށް އިރުއިރުކޮޅާ ދަމަންފެށި ކަމަށާއި މާލޭގައި ހުއްޓާވެސް ގެއްލިގެން ހޯދާ މީހެއްގެ ގޮތުގައި އިއުލާން ކުރިކަމަށެވެ. އަދި އަމިއްލައަށް ފުލުސް އޮފީހަށް ދިއުމުން ގެންގޮސް ދޫނިދޫގައި ބަންދުކުރިކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އެތަނުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުވި ކަމަށާއި ރައީސް ޔާމީން އެކައުންޓަށް އެމްއެމްޕީއާރސީން ވަދެފައިވާ 10 މިލިއަން ޑޮލަރުގެ ވާހަކައާކާ ގުޅޭގޮތުން އޭސީސީން އަދީބާ ސުވާލުކުރިމަށް އަދީބު ވިދާޅުވި ކަމުގައި ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގާތު ރައީސް އޮފީހުގައި ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީނަށް ލިބެންޖެހޭ މިލިއަން ޑޮލަރުތަކެއް އަދީބު އަތުގައި ވެއްޖެ ކަމަށް. އެއީ މެންބަރުންނަށް ދިނުމަށް ސައޫދީން ރައީސް ޔާމީނަށް ފޮނުއްވި އެއްޗެއް ކަމަށް. އެޑޮލަރުތައް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރުމަށް އަދީބަށް އަންގާފައިވާނޭ ކަމަށް" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުއްޓުވާލީ ގެއްލިފައިވާ ފައިސާތަކުގެ މައްސަލަތައް އެމަޖިލީހުން ބަލާނެތީ ކަމަށާއި އެމައްސަލަތައް ބައިފިނަމަ ރައީސް ޔާމީންގެ "ސޯޓު" ބޭލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ކޯޓުތަކަށް ނުފޫޒް ފޯރުވާ ކަމަށާއި ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ނުހައްޤުން ހުކުމް ކުރާ ފަނޑިޔާރުންގެ ކަންކަން ނިންމާނެ ކަމަށެވެ. އަދި ގަދީމީ ކޯޓުތަކުން ކުރާ ހުކުމްތައް ނިމުމަކަށް ގެނެސް އިންސާފްވެރި ފަނޑިޔާރުގެއެއް ޤާއިމް ކުރާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް