Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގއ ވިލިނގިލި

ވޯޓުފޮށިން ރައީސް ޔާމީން ބަލިކުރާނަން، ރައީސް ޔާމިންގެ މައްސަލަތައް ބަލާނަން: ރިޔާޒް

ރައީސް ޔާމީން ވައުދުވި ޝަރުޢީ ނިޒާމެއް ނުގެނެވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 18:06
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ރިޔާޒް

ރާއްޖޭގެ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވޯޓު ފޮށިން ބަލި ކުރައްވާނެ ކަމަށާއި ރައީސް ޔާމީންގެ މައްސަލަތައް ބައްލަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގއ. ވިލިނގިލީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް ހިމެނިގެން އުފެއްދި ކޯލިޝަންގެ ތެރެއިން ރައީސް ޔާމީން ވެރިކަމަށް ގެނައުމުން ފުރަތަމަ އަހަރު ވަރަށް ރަނގަޅަށް ކަންކުރި ނަމަވެސް އޭގެ ފަހުން ކޮރަޕްޝަން ބޮޑުވެ ގުޑްގަވަރނަންސް ގެއްލިގެން ދިއުމުން ކޯލިޝަންގައި ތިބި މީހުން ނުކުމެގެން ދިއައީ ކަމަށެވެ.

ރިޔާޒް ވިދާޅުވީ މިސަރުކާރުން ވެފައިވާ އެންމެބޮޑު އެއް ވައުދަކީ މިނިވަން ޝަރުއީ ނިޒާމެއް ކަށަވަރުކުރެއްވުން ކަމަށާއި ރައްޔިތުން ހިތާހިތާ މިއަދު ސުވާލު ކޮށްލަންވީ އެފަދަ ޝަރުއީ ނިޒާމެއް އެބައޮތްތޯ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފްވެރި ޢަދްލު އިންސާފެއް ނުލިބޭ ކަމަށާއި ސަރުކާރުން ދައްކާ ބިރެއްގެ ސަބަބުން ސުޕްރީމް ކޯޓުން ވެސް ވަނީ މައްސަލަތައް ނިންމަން ނުކެރިފައި ކަމަށެވެ. އަދި ސަރުކާރުން ބޭނުން ނުވާ ގޮތަކަށް މައްސަލަތައް ނިންމާ ނަމަ ފަނޑިޔާރުން ބަދަލުކޮށް, ސަސްޕެންޑްކޮށް ހަދަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ބޭނުން ވެގެން ކޯޓުތަކަށް ގެންނަ ފަނޑިޔާރުންނަށް ވަރަށް އަވަހަށް ޕްރޮމޯޝަން ލިބި އެމީހުން ބޭނުންވާ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ހަމަޖެހިގެންދާ ކަމަށެވެ.

"ރައީސް ޔާމީން ވައުދުވި ޝަރުއީ ނިޒާމެއް ނެތް. ފަނޑިޔާރުންނެއް އަދްލުވެރިކަމާ އެކު ކަންކަމެއް ނުނިންމޭ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޤާނޫން އަސާސީއާ އެއްގޮތަށް ޔަޤީންކަމާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނޭ ބުނާކަށް ނުކެރޭ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ފަނޑިޔާރުންނާ ނުބެހުމަށާއި ނުފޫޒް ނުފޯރުވާ މިނިވަންކަމާއެކު ހިންގޭނޭ ގޮތަކަށް ކަންކުރަން ދޫކޮށްލުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވަން ކަމަށާއި ފަނޑިޔާރުންނަށް ވެސް ކުރާ އިލްތިމާސަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ނުނިންމާ ޤާނޫން އަސާސީއާ ޤާނޫނުތަކާ އެއްގޮތައް ހުކުމްތައް ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ވަކި މީހަކަށް ވުރެ ރައްޔިތުން މުހިއްމުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިޚާބުގައި ކޮންމެ ޕާޓީއަކުން ވެސް ބޭނުންވާ މީހަކަށް ކުރިމަތިލެވެން ޖެހޭނެ ކަމަށާއި ފަނޑިޔާރުން ބޭނުންކޮށްގެން ވަކިބަޔަކަށް ކުރިމަތި ނުލެވޭ ގޮތް ހެދިގެން ނުވާނެ ކަމަށެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރަކަން ވެސް ކުރައްވާފައިވާ ރިޔާޒް ވިދާޅުވީ ސަރުކާރުން މިހާރު ކުރާ އެއްކަމަކީ ގަވައިދެއް ހަދައިގެން ޕާސްޕޯޓް ކެންސަލް ކުރުން ކަމަށާއި ސިޔާސީ މީހެއްގެ ޕާސްޕޯޓް ނޫނީ ކެންސަލެއް ނުކުރޭ ކަމަށެވެ. މީހުން މަރާ ބޮޑެތި މާރާމާރީ ހިންގާ މީހުންގެ ޕާސްޕޯޓެއް ނުހިފެހެއްޓޭ ކަމަށާއި އެއީ ހަމަ ސިޔާސީ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހެދި ގަވާއިދެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ރައީސް ޔާމީން ބަލި ކުރައްވާނެ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ޔާމީން ވޯޓު ފޮށިން ބަލި ކުރައްވާނެ ކަމަށެވެ.

"ވޯޓުފޮށިން ޔާމިން ބަލި ކުރާނަން. މަޖިލީހުން ވެސް އެވަނީ ބަލިކޮށްފައި. ފުލުހުންނާ ސިފައިން ބޭނުން ކޮށްގެން އެކުރާ ކަންކަމަކީ މޮޅުކަމުން ކުރެވޭ ކަމެއް ނޫން. ޤާނޫނު އަސާސީއާ ޚިލާފް ކަމެއް. އެކަންކަން ބެލޭނެ. ރައީސް ޔާމީންގެ މައްސަލަތައް ބެލިގެން ދާނެ،" ރިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު