Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސްލަމްގެ ފްލެޓް

ބްރޯޯޑްކޮމްގެ ނައިބު ރައީސް އަސްލަމަށާއި އަނބިކަނބަލުންނަށް ވެސް ފްލެޓް ލިބުނު!

19 އޮކްޓޯބަރު 2017 | ބުރާސްފަތި 10:10

އަސްލަމް ކުރިމަތިލެއްވީ ކެޓެގަރީ އޭ އިން، އަނބިކަނބަލުން ކެޓެގަރީ ބީ އިން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 10:10
ބްރޯޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް އަސްލަމާއި ކޮމިޝަންގެ ރައީސް ޝަހީބު

ބްރޯޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް އަސްލަމާއި ކޮމިޝަންގެ ރައީސް ޝަހީބު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު އަސްލަމަށާއި އޭނާގެ އަނބިކަނބަލުންނަށް ވެސް ފްލެޓް ލިބިއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އިން ދޫކުރާ ފްލެޓްތަކަށް އަސްލަމާއި އޭނާގެ އަނބިކަނބަލުން ކުރިމަތިލެއްވި އެވެ. އަސްލަމަކީ ދިއްދޫ އަށް ނިސްބަތްވާ ބޭފުޅަކަށްވާއިރު، އޭނާގެ އަނބިކަނބަލުން ނިސްބަތްވަނީ އެހެން ރަށަކަށެވެ.

Advertisement - newsAdvertisement

ދިއްދޫ މީހުންނަށް އެ ރަށުން ދޫކުރާ ފްލެޓްތަކަށް ކެޓަގަރީ އޭ އިން އަސްލަމް ކުރިމަތިލެއްވިއިރު، އަނބިކަނބަލުން ކުރިމަތިލެއްވީ އެހެން ރަށްރަށުގެ މީހުންނަށް ދިއްދޫއިން ދޫކުރާ ފްލެޓްތަކަށް ކެޓެގަރީ ބީ އިންނެވެ. އަސްލަމްގެ ފޯމް ނަމްބަރަކީ 25-އޭ/2015/387 އެވެ. އަދި އަސްލަމްގެ އަނބިކަނބަލުންގެ ފޯމް ނަމްބަރަކީ 251-ބީ/2015/51 އެވެ.

ހައުސިންގ މިނިސްޓްރީއިން ފުރަތަމަ ހާމަކުރި ދިއްދޫ އިން ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ކެޓެގަރީ އޭގެ ފަސް ވަނަ އަށް އޮތީ އަސްލަމްގެ ފޯމް ނަމްބަރެވެ. އަދި އެ ލިސްޓުގެ ކެޓެގަރީ ބީގެ ދެ ވަނަ އަށް އޮތީ އަސްލަމްގެ އަނބިކަނބަލުންގެ ފޯމް ނަމްބަރެވެ.

ދިއްދޫ އިން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމުކުރިއިރު، އަސްލަމްގެ އަނބިކަނބަލުންނަށް ފްލެޓް ލިބެ އެވެ.

ފައިނަލް ލިސްޓް އިއުލާނުކޮށްފައިވަނީ، ދެމަފިރިންނަށް ފްލެޓް ލިބޭނަމަ، ކޮންމެވެސް އެކަކު ދޫކޮށްލުމުން ލިސްޓުގައި ދެމަފިރިންގެ ފޯމް ނަމްބަރު ޖަހައިގެންނެވެ.

އެގޮތުން އަސްލަމާއި އަނބިކަނބަލުންގެ ފޯމް ނަމްބަރު އެއްކޮށްލުމަށްފަހު ފައިނަލް ލިސްޓުގެ 15 ވަނަައިގައި ފޯމް ނަމްބަރު ހިމަނާފައި އެބައޮތެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ފުރަތަމަ އަސްލަމާ ސުވާލުކުރުމުން ވިދާޅުވީ ފްލެޓް ލިބުނުކަން އެނގިފައި ނެތް ކަމަށެވެ. އެއަށްފަހު ފޯމް ނަމްބަރާއި ކުރިމަތިލާފައިވާ ކެޓެގަރީއާ ބެހޭ މައުލޫމާތާއެކު ސުވާލުކުރުމުން ވިދާޅުވީ އޭނާއާއި އަނބިކަނބަލުންނަށް ވެސް ވަރަށް މަތިން މާކްސް ލިބުނު ކަމަށެވެ.

"އަޅުގަނޑުގެ ގޯއްޗެއް ފްލެޓެއް ނޯންނާނެ، އަޅުގަނޑާއި އަންހެނުން މިތިބީ މާސްޓާސް ހަދަައިގެން ދެކުދިން އެބަތިބި، އެކަންކަމަށް ބަލާފަ މަތިން ޕޮއިންޓް ލިބުނު،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމަށް ލިބުނު ފްލެޓް ދޫކޮށްލީތޯ ސުވާލުކުރުމުން ވިދާޅުވީ އަނބިކަނބަލުންނަށް ވެސް އަދި އޭނާއަށް ވެސް ފްލެޓް ލިބުނު ކަމަށް ނޭނގޭ ކަމަށެވެ. އަދި އެއްވެސް ފްލެޓް ދޫކޮށްލާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފްލެޓް ދޫކުރަންޏާ ދޫކުރާނީ އަންހެނުންތާ، އަންހެނުން އެހެން ރަށެއްވީމަ،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާނުކުރިއިރު، ފްލެޓް ލިބޭ މީހުންގެ ނަންތަކާއި މައުލޫމާތު ސިއްރުކޮށް ހިމަނާފައިވަނީ ހަމައެކަނި ފޯމް ނަމްބަރެވެ. އެކަމާ ގުޅިގެން އެކި ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކުރީ ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމްގެ އެކްޓިވިސްޓުންނަށް ފްލެޓް ދިނުމަށެވެ.

އެ މައްސަލަ އޭސީސީން ވެސް ބަލަމުންދާއިރު، ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ އެ މައުލޫމާތު ހާމަނުކުރައްވާނެ ކަމަށާއި އެއީ ޒާތީ މައުލޫމާތު ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް