Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްޓީއެލްގެ އޮޑިޓް

ސަދަން ޓްރާންސްޕޯޓް ލިންކުގެ ޚިޔާނާތުގެ މައްސަލަތަކެއް، ފައިސާ ޖަމާކުރީ އަމިއްލަ އެކައުންޓްތަކަށް!

350،958 ރުފިޔާ އެސްޓީއެލްގައި ފެންނަން ނެތް، އެމްޕީއެލްގެ އެކައުންޓަށް ޖަމާނުކުރޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 06:10
ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަދަން ޓްރާންސްޕޯޓް ލިންކުން ބޭނުންކުރަމުންދާ ލޯންޗެއް

ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަދަން ޓްރާންސްޕޯޓް ލިންކުން ބޭނުންކުރަމުންދާ ލޯންޗެއް

ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) ގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އޮޑިޓަރ ޖެނެރަލް ފެންމަތި ކުރައްވައިފިއެވެ.

ސަދަން ޓްރާންސްޕޯޓް ލިންކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ދަށުން އައްޑު އަތޮޅާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް 2015 ވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު އުފައްދާފައިވާ ތަނެކެވެ.

Advertisement - newsAdvertisement

މި އޮޑިޓް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 21 އިން ފެށިގެން 2016 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހާ ދެމެދު ހިންގާފައިވާ ވިޔަފާރީގެ މުއާލަތާތްތަކެވެ. އެސްޓީއެލްގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލައެއް ބަލައިދިނުމަށް އެދި އެމްޕީއެލް އިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން އޮޑިޓަރ ޖެނެރެލްގެ އޮފީހުން ކުރި އޮޑިޓުން ޚިޔާނާތުގެ ތިން މައްސަލައެއް ފާހަގަކުރެވުނެވެ.

ފުރަތަމަ މައްސަލައެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ފެރީ ދޯންޏާއި ލޯންޗުގެ ޓިކެޓް ވިއްކައިގެންނާއި އުޅަނދުތައް ކުއްޔަށް ދޫކޮށްގެންނާއި ކާގޯ އުފުލައިގެން އާމްދަނީގެ ގޮތުގައި އެސްޓީއެލްއަށް ލިބިފައިވާ ފައިސާގެ ތެރެއިން 350،958 ރުފިޔާ އެމްޕީއެލްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމާއި އެ ފައިސާ އެސްޓީއެލްގައި ފެންނަން ނެތް މައްސަލައެވެ.

މި ފައިސާގެ ތެރެއިން 246،958 ރުފިޔާއަކީ ރަސީދުތަކުން ބަލައިގަންފައިވާ ފައިސާގެ ތެރެއިން ގެއްލިފައިވާ ފައިސާއެވެ. އޭގެ ތެރޭގައި ހިމެނީ 2016 ވަނަ އަހަރުގެ މާޗް މަހު ލިބުނ 96،000 ރުފިޔާ އާއި، އޭޕްރީލް މަހު ލިބުނު 100،682 ރުފިޔާގެ އިތުރުން މެއި މަހު ލިބުނު 49،407 ރުފިޔާއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ފައިސާ، އޮފީހުގައި ފެންނަން ނެތި، ގެއްލެން މެދުވެރިވެފައިވަނީ ކަނޑައޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފައިސާ ލިބޭ ދުވަހާއި ޖެހިގެން އަންނަ ދުވަހު އެ ފައިސާ ބޭންކަށް ޖަމާނުކޮށް ހުރުމުގެ ސަބަބުން ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރުމުގެ ފުރުޞަތު އޮތުމުންކަން ފާހަގަކުރެވޭ ކަމަށެވެ. އެސްޓީއެލްއަކީ އެމްޕީއެލްގެ ހެޑް އޮފީހުގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަނަކަށް ވާއިރު އެތަނަށް ލިބިފައިވާ އާމްދަނީ ހެޑް އޮފީހުން އެކަށީގެންވާ ވަރަށް މޮނިޓަރ ކޮށްފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްޕީއެލްގެ އިންޓަރނަލް އޮޑިޓް ރިޕޯޓުގައިވެސް މި މައްސަލަ ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް ޖަމާކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކުރާ ފައިސާގެ ތެރޭގައި 2016 ވަނަ އަހަރުގެ މެއި 14 ވަނަ ދުވަހު ރަސީދުތަކުން އެސްޓީއެލްއަށް ބަލައިގަނެފައިވާ 13،693 ރުފިޔާ ހިމަނާފައިނުވާތީ، އެއީ ރިޕޯޓުގައި ރަސީދުތަކުން ބަލައިގަނެ ޖަމާކޮށްފައިނުވާ ކަމަށް ބަޔާން ކޮށްފައިވަނީ 233،265 ރުފިޔާއެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެސްޓީއެލް އިން މަދުވާ ފައިސާގެ ތެރެއިން 67،000 ރުފިޔާ އަމިއްލަ ބައެއް ފަރުދުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ މައްސަލައެވެ. ތިން ވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ފެރީ ދޯންނާއި ލޯންޗު ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ ތަފްސީލު އެ އުޅަނދުތަކުގެ ދުވަހު ޔައުމިއްޔާ ފިޔަވައި އެހެން އެއްވެސް ލިޔުމަކުން ފެންނަން ނެތް މައްސަލައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްޓީއެލްގެ ފެރީ ދޯންޏާއި ލޯންޗްތައް ކުއްޔަށް ހިފުމާގުޅޭ ގިނަ ލިޔުންތައް އެތަނުގެ ރެކޯޑްތަކުން ފެންނަން ނެތުމުގެ ސަބަބުން އެ އުޅަނދުތަކުން ކޮށްފައިވާ ދަތުރުތަކުގެ ފައިސާގެ މުޢާމަލާތުތަކާ ގުޅޭ ލިޔެކިއުންތައް އަމިއްލަ ފަރުދުންނާއި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ހޯދައިގެން ބެލިބެލުމުގައި، ފެރީ ދޯންޏާއި ލޯންޗް ކުއްޔަށް ދޫކޮށްގެން އެސްޓީއެލްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 67,000 ރުފިޔާ އަސްލު ނޫން ރަސީދު ބޭނުންކޮށްގެންނާއި އެއްވެސް ރަސީދެއް ނެތި ބަލައިގަތުމަށްފަހު އެ ފައިސާ އެސްޓީއެލްއާ ހަވާލުނުކޮށް އަމިއްލަ ބައެއް ފަރުދުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ.

އަމިއްލަ ބައެއް ފަރުދުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާގެ ތެރޭގައި ހިމެނެނީ އަމިއްލަ ކުންފުންޏަކަށް ލޯންޗު ކުއްޔަށް ދޫކޮށްގެން ލިބުނު 45،000 ރުފިޔާއާއި ޖަމިއްޔާއަކަށް ލޯންޗު ކުއްޔަށް ދޫކޮށްގެން ލިބުނު 22،000 ރުފިޔާއެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ގޮތުގައި މި ދަތުރުތަކުން ލިބިފައިވާ ޖުމްލަ 67,000 ރުފިޔާ ޖަމާކޮށްފައިވާ ބޭންކް އެކައުންޓުތަކުގެ މަޢުލޫމުތު ބެލިއިރު، މި ފައިސާ ޖަމާކޮށްފައިވަނީ އޭރު އޮފީސް ހިންގުމާ ހަވާލުވެގެންހުރި ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖަރާ ގުޅުންހުރި ދެ ފަރާތެއްގެ އެކައުންޓަށްކަން ފާހަގަކުރެވުނު ކަމަށެވެ.

މީގެ އިތުރުން އެސްޓީއެލްގެ ލިޔެކިއުންތަކަށް ބަލާއިރު 23 މާޗު 2016 ގައި އަމިއްލަ ކުންފުންޏަކަށް ލޯންޗު ކުއްޔަށް ދޫކުރި ކަމަށާއި އެ ދަތުރުގެ އަގަށްވާ 12,000 ރުފިޔާ އެސްޓީއެލްއަށް ބަލައިގަނެފައިވަނީ އަސްލު ނޫން ރަސީދެއް ޚިދުމަތް ހޯދި ފަރާތަށް ދީގެން ކަމާއި އެ ފައިސާ ބަލައިގަތުމަށްފަހު ޖަމާކޮށްފައިވަނީ ކޮން އެކައުންޓަކަށްކަން އެނގެން ނެތްކަމާއި އެ ފައިސާއަށް ވީނުވީއެއް އެސްޓީއެލްގެ ރެކޯޑުތަކުން އެނގެންނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަމިއްލަ ފަރާތަަކަށް 2016 ވަނަ އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާޗު މަހު ލޯންޗް ކުއްޔަށް ދޫކޮށްގެން ޖުމްލަ 25,000 ރުފިޔާ އެސްޓީއެލްއަށް ލިބެންޖެހޭ ކަމަށް ލިޔެކިއުންތަކުން ފާހަގަކުރެވިފައިވާއިރު، އެ ފައިސާ އެސްޓީއެލްއަށް ލިބިފައިވާކަން އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
ޓްރާންސްޕޯޓް އޮތޯރިޓީން ކަރަންޓް ގޮސް ޚިދުމަތަށް ބުރޫއަރާފައި!

ޓްރާންސްޕޯޓް އޮތޯރިޓީން ކަރަންޓް ގޮސް ޚިދުމަތަށް ބުރޫއަރާފައި!

22 މެއި 2017
ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

01 މެއި 2017
އޭޕްރީލް ވެސް ނިމުނީ، އޭސީސީއަށް ޚިޔާނާތުގެ ރިޕޯޓެއް ނުނެރެވުނު!

އޭޕްރީލް ވެސް ނިމުނީ، އޭސީސީއަށް ޚިޔާނާތުގެ ރިޕޯޓެއް ނުނެރެވުނު!

30 އެޕްރީލު 2017
ޚިޔާނާތުގެ ރިޕޯޓް މިމަހު ނެރޭނަން، ވަކި ދުވަހެއް ބުނަން ނޭނގޭ: އޭސީސީ

ޚިޔާނާތުގެ ރިޕޯޓް މިމަހު ނެރޭނަން، ވަކި ދުވަހެއް ބުނަން ނޭނގޭ: އޭސީސީ

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު