Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތް

އޭޕްރީލް ވެސް ނިމުނީ، އޭސީސީއަށް ޚިޔާނާތުގެ ރިޕޯޓެއް ނުނެރެވުނު!

އޭޕްރީލް މަހުގެ ތެރޭގައި ރިޕޯޓް ނެރޭނެ ކަމަށް ބުނި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 30 އެޕްރީލު 2017 | އާދީއްތަ 13:08
އޭސީސީގެ މެންބަރުންތައް

އޭސީސީގެ މެންބަރުންތައް

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ އެތައް ބިލިއަން ރުފިޔާ އަކަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ރިޕޯޓް އޭޕްރީލް މަހުގެ ތެރޭގައި ނެރޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނި ނަމަވެސް، މަސް ނިމިގެން ދިޔައިރު ވެސް ރިޕޯޓް ނެރެވުނު ކަމަށް ނުވި އެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވަނީ އޭޕްރީލް މަހުގެ ތެރޭގައި ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެގޮތަށް 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވެސް އެ ރިޕޯޓް ވަރަށް އަވަހަށް ނެރޭނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ތަހުގީގި ރިޕޯޓް ނެރޭނީ ކޮންއިރަކުތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ތިކަމާ މިވަގުތު އެއްޗެއް ދެންނެވެން ނެތް" ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވި އެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކި ފަރާތްތަކުން ބުނެފައި ވެއެވެ

އޭސީސީގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވަނީ މިމިމަހުގެ ތެރޭގައި ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވެސް އެ ރިޕޯޓް ވަރަށް އަވަހަށް ނެރޭނެ ކަމަށް ވިދާޅުވި އެވެ.

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށް ލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓޫރިސްޓް ރިސޯޓާއި ހޮޓާ އަދި ޔޮޓް މެރީނާ ފަދަ ތަންތަން ތަރައްގީކުރުމަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ޖުމްލަ 59 ތަނެއް ކުއްޔަށް ދީފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، މިނިސްޓްރީ އާއި އެމްއެމްޕީއާރްސީއާ ދެމެދު އެއްބަސްވުން ހަދައިގެން ކުއްޔަށް ދޫކޮށްފައިވާ 53 ތަނަކާއި މިނިސްޓްރީއާ އެކު އެއްބަސްވުމެއް ނެތި އެމްއެމްޕީއާރްސީން ކުއްޔަށް ދޫކޮށްފައިވާ ހަ ތަނެކެވެ.

އެ 59 ތަން ކުއްޔަށް ނެގި ފަރާތްތަކުން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ޖުމްލަ 98.86 މިލިއަން ޑޮލަރު(1.5 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެންޖެހޭއިރު، އޭގެތެރެއިން 79.61 މިލިއަން ޑޮލަރު(1.22 ބިލިއަން ރުފިޔާ) އެމްއެމްޕީއާރްސީއިން ބަލައިގަނެ ރަސީދު ދޫކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީއިން ބަލައިގަތް ފައިސާގެ ތެރެއިން 65.01 މިލިއަން ޑޮލަރު އަމިއްލަ ފަރާތްތަކެއްގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 12.50 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މީރާއިން ތިން ލައްކަ ޑޮލަރު ބަލައިގެންފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި 1.80 މިލިއަން ޑޮލަރުގެ ޗެކް ބަލައިގަތް ކަމަށް އެމްއެމްޕީއާރްސީއިން ރަސީދު ދޫކޮށްފައިވީ ނަމަވެސް މި ފައިސާ އެއްވެސް ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުން، ރަށްތައް ކުއްޔަށް ނަގާ ފަރާތަކުން ސަރުކާރަށް ދައްކާ ފީގެ ގޮތުގައި ދެން ލިބެންޖެހޭ ފައިސާގެ ތެރޭގައި ހިމެނެނީ ފައިސާ ދެއްކުން ފަސްކޮށްދީފައިވާ ފަރާތްތަކުން ހޯދަންޖެހޭ 11.25 މިލިއަން ޑޮލަރާއި އެއްބަސްވުން ހަދާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކުން ހޯދަންޖެހޭ ހަ މިލިއަން ޑޮލަރެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް ނުނެރެ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އޭސީސީން ބުނަމުންދަނީ ތަހުގީގު ދިގުދެމިގެން ދިޔައީ، މިދިޔަ އަހަރު އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީއާއި އޭގެ ފަހުން ހާމަވި ކަންތައްތަކާއެކު އިތުރަށް ތަހުގީގުތައް ކުރަން ޖެހުމުންނެވެ. ނަމަވެސް، އެކި ފަރާތްތަކުން ތުހުމަތު ކުރަމުންދާ ގޮތުގައި ރިޕޯޓް ލަސްވަނީ އޭސީސީގެ މައްޗަށް ހުރި ނުފޫޒުތަކެއްގެ ސަަބަބުންނެވެ. އެގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ތަހުގީގު ޓީމުން މައްސަލަ ނިންމައި ކޮމިޝަންގެ މެންބަރުންނާ ހަވާލުކުރިތާ އެތައް މަހެއް ވެއްޖެ އެވެ.

ޚިޔާނާތުގެ ފައިސާ ބެހި ކަމަށް އިއުތިރާފްވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްސަލަ ވެސް ތަހުގީގު ކުރަމުންދަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ކަމަށް އޭސީސީން ބުނެފައިވެ އެވެ. އޭސީސީން، މެންބަރު މުހައްމަދު އިސްމާއިލްގެ މައްސަލަ ބަލަމުންދާ ކަމަށް ބުނާއިރު، ފުލުހުން ވަނީ އެ މައްސަލަ ނުބެލުމަށް ނިންމާފަ އެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!

05 އެޕްރީލު 2017
ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!
02 އެޕްރީލު 2017

ޒިޔަތުއާއި ޝާހިދުގެ ޚިޔާނާތުގެ މައްސަލަ އަނެއްކާ ވެސް ކެންސަލް!

02 އެޕްރީލު 2017
ޒިޔަތުއާއި ޝާހިދުގެ ޚިޔާނާތުގެ މައްސަލަ އަނެއްކާ ވެސް ކެންސަލް!
28 މާރިޗު 2017

މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި

28 މާރިޗު 2017
މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި
20 މާރިޗު 2017

މިހާރު ނޫހުގައި ލިޔުނު ދެ ރިޕޯޓެއްގެ މައްސަލަ ފުލުހުން ބަލަނީ

20 މާރިޗު 2017
މިހާރު ނޫހުގައި ލިޔުނު ދެ ރިޕޯޓެއްގެ މައްސަލަ ފުލުހުން ބަލަނީ
14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު