Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚިޔާނާތްތެރިވުން

ޒިޔަތުއާއި ޝާހިދުގެ ޚިޔާނާތުގެ މައްސަލަ އަނެއްކާ ވެސް ކެންސަލް!

ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 13:58
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެބެއިންގެ ދެދަރި ކޮއްކޮ ހުސެއިން ޝާހިދުގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާގައި ހިންގާ ޝަރީއަތުގެ އަޑުއެހުން އަނެއްކާ ވެސް ކެންސަލް ކޮށްފި އެވެ.

ޒިޔަތު އާއި ޝާހިދުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން، ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން، ޝާހިދުގެ އެކައުންޓަށް ޑޮލަރުތައް ވަނީ ޖަމާކޮށްފަ އެވެ.

އެ ދައުވާގެ ޝަރީއަތުގައި އާދިއްތަ ދުވަހުގު މެންދުރު 2:00 އަށް ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. އެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައިނުވާއިރު، މީގެ ކުރިން ފެބްރުއަރީ 26 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޒިޔަތު ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ނުބައި ތާރީޚެއް ލިޔެފައި އޮތުމުންނެވެ.

ޖެނުއަރީ 10 ވަނަ ދުވަހު ޒިޔަތުއާއި ޝާހިދުގެ މައްޗަށް ދައުވާކުރި އިރު، އެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހު އެވެ.

އެ އަޑުއެހުމުގައި ދައުވާ އިއްވުމުން ޒިޔަތުގެ ވަކީލު ވިދާޅުވީ ލިޔުންތައް ލިބުމުން ޖަވާބުދާރީވާނެ ކަމަށެވެ. ޝާހިދު ވަނީ ދައުވާ އަށް އިންކާރުކޮށް، ވަކީލެއް ހަމަޖެއްސުމަށް 15 ދުވަސް ދިނުމަށް އެދިފަ އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައިގައި ޒިޔަތު މިހާރު ވެސް ހުންނެވީ 8 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޝާހިދު ހުރީ ފުލުހުންގެ ބަންދުގަ އެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު