Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ

ޚިޔާނާތުގެ ރިޕޯޓް މިމަހު ނެރޭނަން، ވަކި ދުވަހެއް ބުނަން ނޭނގޭ: އޭސީސީ

އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 13:52
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ ރިޕޯޓް މިމަހުގެ ތެރޭގައި ނެރޭނެ ކަމަށް އަނެއްކާ ވެސް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވި އެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކި ފަރާތްތަކުން ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ތަހުގީގީ ރިޕޯޓް، ކުރިން ވެސް ބުނެފައިވާ ފަދައިން މިމަހުގެ ތެރޭގައި ނެރޭނެ ކަމަށެވެ. ނަމަވެެސް، ރިޕޯޓް ނެރޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވަނީ މިމިމަހުގެ ތެރޭގައި ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވެސް އެ ރިޕޯޓް ވަރަށް އަވަހަށް ނެރޭނެ ކަމަށް ވިދާޅުވި އެވެ.

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ.

އަމިއްލަ ކުންފުނިތަކަށް ލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓޫރިސްޓް ރިސޯޓާއި ހޮޓާ އަދި ޔޮޓް މެރީނާ ފަދަ ތަންތަން ތަރައްގީކުރުމަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ޖުމްލަ 59 ތަނެއް ކުއްޔަށް ދީފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، މިނިސްޓްރީ އާއި އެމްއެމްޕީއާރްސީއާ ދެމެދު އެއްބަސްވުން ހަދައިގެން ކުއްޔަށް ދޫކޮށްފައިވާ 53 ތަނަކާއި މިނިސްޓްރީއާ އެކު އެއްބަސްވުމެއް ނެތި އެމްއެމްޕީއާރްސީން ކުއްޔަށް ދޫކޮށްފައިވާ ހަ ތަނެކެވެ.

އެ 59 ތަން ކުއްޔަށް ނެގި ފަރާތްތަކުން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ޖުމްލަ 98.86 މިލިއަން ޑޮލަރު(1.5 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެންޖެހޭއިރު، އޭގެތެރެއިން 79.61 މިލިއަން ޑޮލަރު(1.22 ބިލިއަން ރުފިޔާ) އެމްއެމްޕީއާރްސީއިން ބަލައިގަނެ ރަސީދު ދޫކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީއިން ބަލައިގަތް ފައިސާގެ ތެރެއިން 65.01 މިލިއަން ޑޮލަރު އަމިއްލަ ފަރާތްތަކެއްގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 12.50 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މީރާއިން ތިން ލައްކަ ޑޮލަރު ބަލައިގެންފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި 1.80 މިލިއަން ޑޮލަރުގެ ޗެކް ބަލައިގަތް ކަމަށް އެމްއެމްޕީއާރްސީއިން ރަސީދު ދޫކޮށްފައިވީ ނަމަވެސް މި ފައިސާ އެއްވެސް ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުން، ރަށްތައް ކުއްޔަށް ނަގާ ފަރާތަކުން ސަރުކާރަށް ދައްކާ ފީގެ ގޮތުގައި ދެން ލިބެންޖެހޭ ފައިސާގެ ތެރޭގައި ހިމެނެނީ ފައިސާ ދެއްކުން ފަސްކޮށްދީފައިވާ ފަރާތްތަކުން ހޯދަންޖެހޭ 11.25 މިލިއަން ޑޮލަރާއި އެއްބަސްވުން ހަދާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކުން ހޯދަންޖެހޭ ހަ މިލިއަން ޑޮލަރެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް ނުނެރެ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އޭސީސީން ބުނަމުންދަނީ ތަހުގީގު ދިގުދެމިގެން ދިޔައީ، މިދިޔަ އަހަރު އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީއާއި އޭގެ ފަހުން ހާމަވި ކަންތައްތަކާއެކު އިތުރަށް ތަހުގީގުތައް ކުރަން ޖެހުމުންނެވެ.

ޚިޔާނާތުގެ ފައިސާ ބެހި ކަމަށް އިއުތިރާފްވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްސަލަ ވެސް ތަހުގީގު ކުރަމުންދަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު