Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް އޮތޯރިޓީ

ޓްރާންސްޕޯޓް އޮތޯރިޓީން ކަރަންޓް ގޮސް ޚިދުމަތަށް ބުރޫއަރާފައި!

22 މެއި 2017 | ހޯމަ 09:33

އެތަނުން ކަރަންޓް ކެނޑެނީ ފެންލީކްވާތީ ކަމަށް ބައެއް މުވައްޒަފުން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 މެއި 2017 | ހޯމަ 09:33
ޓްރާންސްޕޯޓް އޮތޯރިޓީ: އެ އޮފީހުގައި ކަރަންޓްގެ މައްސަލަތައް ފެންމަތިވެ، ޚިދުމަތަށް ވަނީ ބުރޫއަރާފަ

ޓްރާންސްޕޯޓް އޮތޯރިޓީ: އެ އޮފީހުގައި ކަރަންޓްގެ މައްސަލަތައް ފެންމަތިވެ، ޚިދުމަތަށް ވަނީ ބުރޫއަރާފަ

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ކަރަންޓުގެ ޚިދުމަތް ކެނޑި، އެތަނުން ދެމުންދާ ހިދްމަތްތަކަށް ބުރޫއަރައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއަށް ޚިދްމަތް ހޯދުމަށް ގޮސްހުރި މީހަކު "ރާއްޖެއެމްވީ"އަށް މައުލޫމާތުދެމުން ބުނީ ޓްރާންސްޕޯޓް އޮތޯރިޓީ ހޯމަ ދުވަހު އޮފީސް ހުޅުވިއިރުވެސް ކަރަންޓު ނެތް ކަމަށެވެ. ނަމަވެސް 09:00 އެހާކަންހާއިރު އެ އޮފީހުގެ ބަޔަކަށް ކަރަންޓް ލިބުނު ނަމަވެސް ހިދްމަތް ދެވޭވަރު ނުވާކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ވެސް ޓްރާންސްޕޯޓް އޮތޯރިޓީ ހުޅުވިއިރުވެސް ކަރަންޓް ނެތެވެ. އާދިއްތަ ދުވަހު ކަރަންޓް ލިބިފައިވަނީ 10:00 ހާކަންހާއިރެވެ. އޭނާ ބުނީ ކޮންމެ ދުވަހަކުވެސް ޓްރާންޕޯޓް އޮތޯރިޓީއަށް ޚިދްމަތް ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ދާ ކަމަށާއި އެތަނުން ޚިދްމަތް ނުލިބޭތީ ޚިދްމަތް ހޯދަންދާ ފަރާތްތަކުގެ ހިތްހަމަ ނުޖެހުން އެބަހުރި ކަމަށެވެ.

މިކަމާ ގުޅިގެން އާދިއްތަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީއަށް އެތައްފަހަރަކު ގުޅުމުންވެސް ވަނީ ޖަވާބު ލިބޭގޮތް ނުވެފައެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާރމަން މަހުދީ އިމާދު އަށާއި އެ އޮފީހުގެ އެހެން ދެ އިސްވެރިޔަކަށް ގުޅުމުންވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. ނަމަވެސް ހޯމަ ދުވަހު ހެނދުނު ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާރމަނަށް ގުޅާލުމުން ވިދާޅުވީ ފަހުން ގުޅުއްވާނެ ކަމަށެވެ. ހާތަނަށް މަހުދީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެހެންކަމުން ޓްރާންސްޕޯޓް އޮތޯރިޓީއިން ކަރަންޓް ކަނޑައިގެންދިޔަ ސަބުބު ވަނީ އޮޅުންފިލާ ގޮތް ނުވެފައެވެ.ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުންގެ ފަރާތުންނާއި އެތަނަށް ހިދްމަތް ހޯދުމަށްދާ ބައެއް ފަރާތްތަކުގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަރަންޓްދަނީ އެ އޮފީސް ހުންނަ ހުރަވީ ބިލްޑިންގް ފާރުތަކުން އިމާރާތުގެ އެތެރެއަށް ފެން ލީކްވެ، ކަރަންޓް ވާތަކަށް ފެނުގެ އަސަރު ކުރާތީ އެވެ. ސްޓެލްކޯގެ މުއައްޒަފުންގެ ޓީމަކުން ދަނީ އެ ބިލްޑިންގގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް