Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނެލީ ހައްޔަރުކުރުން

ރޭޕްގެ ތުހުމަތުގައި ލަވަކިޔުންތެރިޔާ ނެލީ ހައްޔަރުކޮށްފި

ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ ސިއޭޓްލް ކައިރީގައި ބޭއްވި ކޮންސަޓަށް ފަހު އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އޮކްޓޯބަރު 2017 | ހޯމަ 07:04
ލަވަކިޔުންތެރިޔާ އަދި އެކްޓަރ ނެލީ

ލަވަކިޔުންތެރިޔާ އަދި އެކްޓަރ ނެލީ

ރޭޕްގެ ތުހުމަތުގައި ރެޕް ލަވަކިޔުންތެރިޔާ އަދި އެކްޓާ ނެލީ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ ސިއޭޓްލް ކައިރީގައި ބޭއްވި ކޮންސަޓަށް ފަހު އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ނެލީގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ޓުއާ ބަހުގައި ރޭޕްކޮށްފައިވާކަމަށެވެ.

ސާޅީސް ދެ އަހަރުގެ ނެލީގެ ފަރާތުން ނެރުނު ބަޔާނެއްގައި އޭނާގެ ގާނޫނީ ވަކީލު ސްކޮޓް ބުނެފައި ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް ކަމަށާއި އެ އަންހެން މީހާ ނެލީގެ ފަރާތުން ބޭނުންވީ ފައިސާ އާއި މަޝްހޫރުވާން ކަމަށެވެ.

އެމެރިކާގެފުލުހުން ބުނާ ގޮތުގައި އެ އަންހެން މީހާ ވަނީ އެ ރޭ ދަންވަރު އެ މައްސަލަ ރިޕޯޓް ކުރުމަށްޓަކައި ފުލުހުންގެ އިމަޖެންސީ ޚިދުމަތް 911އަށް ގުޅައިފަ އެވެ.

ނެލީ ވަނީ މީގެ ކުރިންވެސް އޭނާގެ ޓުއާ ބަހުގައި ހައްޔަރު ކޮށްފައެވެ. އެ ފަހަރު އޭނާ ހައްޔަރު ކޮށްފައިވަނީ 2015 ވަނަ އަހަރުގައި އޭނާގެ ޓުއާ ބަހުން މަސްތުވާތަކެއްޗާއި ބަޑި ފެނުމުންކަމަށް އެމެރިކާގެ ފުލުހުން ވަނީ ބުނެފައެވެ.

ނެލީ ވަނީ ހޮލީވުށްގެ ފިލްމު ތަކުންވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި "ސްނައިޕްސް"(2001)، "ދަ ލޯންގެސްޓް ޔާޑް"(2005) އަދި "ރީޗް މީ"(2014) ހިމެނެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2018

މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ބާއްވާ އެންމެ ފަހު ޓުއަރ އިއުލާނުކޮށްފި

25 ޖެނުއަރީ 2018
މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ބާއްވާ އެންމެ ފަހު ޓުއަރ އިއުލާނުކޮށްފި
16 ޖެނުއަރީ 2018

ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިޔާ ޑޮލޯރްސް އޮރަޔޯޑާން މަރުވެއްޖެ

16 ޖެނުއަރީ 2018
 ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިޔާ ޑޮލޯރްސް އޮރަޔޯޑާން މަރުވެއްޖެ
28 ނޮވެމްބަރު 2017

"ގްލީ" ގެ ނާޔާ ރިވޭރާ ހައްޔަރުކޮށްފި

28 ނޮވެމްބަރު 2017
"ގްލީ" ގެ ނާޔާ ރިވޭރާ ހައްޔަރުކޮށްފި
18 އޮކްޓޯބަރު 2017

މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި

18 އޮކްޓޯބަރު 2017
މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި
09 އޮކްޓޯބަރު 2017

ލަވަކިޔުންތެރިޔާ ޒުބީން ޖަލަށް ލުމަށް ހުކުމް ކޮށްފި

09 އޮކްޓޯބަރު 2017
ލަވަކިޔުންތެރިޔާ ޒުބީން ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު