Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗެސްޓާ ބެނިންޓަން

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

ޗެސްޓާ ދަންޖެގެން މަރުވިއިރު އޭނާގެ  އުމުރުރަކީ 41 އަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 ޖުލައި 2017 | ހުކުރު 03:06
ޗެސްޓާ ބެނިންޓަން

ޗެސްޓާ ބެނިންޓަން

އެމެރިކާގެ މަޝްހޫރު ބޭންޑެއްކަމަށްވާ ލިންކިން ޕާކް ގެ ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންގްޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެއެވެ.

އޭނާ ފެނިފައިވަނީ އެމެރިކާގެ ލޮސް އެންޖަލްސްގައި ހުންނަ އޭނާގެ ގެ ކަމަށްވާ ޕަލޮސް ވާޑަން އެސްޓޭޓް ގެ ކޮޓަރިއެއްގެ ތެރޭގައި ދަންޖެހިފައި ހުއްޓައެވެ.

ޗެސްޓާ ދަންޖެގެން މަރުވިއިރު އޭނާގެ އުމުރުރަކީ 41 އަހަރެވެ. އެމެރިކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޗެސްޓާ މަރުވެފައިހުއްޓާ ފެނިފައިވަނީ ބުރާސްފަތިދުވަހުގެ ރޭ 9 ޖެހިއިރުގައި ކަމަށެވެ.

ޗެސްޓާ ދެކައިވެންޏެއްކޮށް 6 ދަރިން ވަނީ ލިބިފައެވެ.

މީގެ ކުރިން ޗެސްޓާ ވަނީ އޭނާއަށް ކުޑައިރު އޭނާއަށް އެކިމީހުންގެ ފަރާތުން އަނިޔާ ލިބިފައިވާކަމަށާއި އެކަމާހެދި އޭނާ މަރުވާން މަސައްކަތް ކޮށްފައިވާކަމަށް ބުނެފައެވެ. އަދި އޭނާ އަކީ ރަލާއި މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހެއްކަމަށް ބުނެފައެވެ.

އެމެރިކާގެ ތަހުގީގު ޓީމުން ޗެސްޓާގެ މަރުގެ ތަހުގީގު މިހާރު ފަށާފައިވާއިރު އޭނާ އަމިއްލައަށް ދަންޖެހެން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭގޭ ކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ.

ޗެސްޓާ އަކީ މިދިޔަ މެއިމަހުގެ ތެރޭގައި އަމިއްލައަށް މަރުވި ސައުންޑް ގާޑެންގެ ލަވަކިޔުންތެރިޔާ ކްރިސް ކޯރްނެލްގެ ވެސް ގާތް ރަހުމަތްތެރިއެކެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2018

މިނީމީ މަރުވީ އަމިއްލައަށް

24 އެޕްރީލު 2018
މިނީމީ މަރުވީ އަމިއްލައަށް
25 ޖެނުއަރީ 2018

މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ބާއްވާ އެންމެ ފަހު ޓުއަރ އިއުލާނުކޮށްފި

25 ޖެނުއަރީ 2018
މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ބާއްވާ އެންމެ ފަހު ޓުއަރ އިއުލާނުކޮށްފި
16 ޖެނުއަރީ 2018

ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިޔާ ޑޮލޯރްސް އޮރަޔޯޑާން މަރުވެއްޖެ

16 ޖެނުއަރީ 2018
 ދަ ކްރޭންބެރީސްގެ ލަވަކިޔުންތެރިޔާ ޑޮލޯރްސް އޮރަޔޯޑާން މަރުވެއްޖެ
21 ޑިސެމްބަރު 2017

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

21 ޑިސެމްބަރު 2017
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި
18 އޮކްޓޯބަރު 2017

މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި

18 އޮކްޓޯބަރު 2017
މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު