Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ސައުދީ އަރަބިއްޔާއިން ގަތަރުގެ ވެރިކަން ބަދަލުކުރަން އުޅުނު:ގަތަރު

19 އޮކްޓޯބަރު 2017 | ބުރާސްފަތި 04:16

ސައުދީއާ ގުޅިފައިވާ ގައުމުތަކުން ގަަތަރާ ގުޅުން ކަނޑާލީ ޖޫން މަހުގެ 5 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 04:16
ޝެއިޚް މުހައްމަދު ވިދާޅުވީ ގައުމުތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ޓެރެރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށް

ޝެއިޚް މުހައްމަދު ވިދާޅުވީ ގައުމުތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ޓެރެރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށް

ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވީ ހަތަރު މަސްދުވަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ޤަތަރުގެ ވެރިކަން ބަދަލު ކުރަން އުޅުނު ކަމަށް ގަތަރުން ތުހުމަތު ކޮށްފިއެވެ.

ސީއެންބީސީގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ގަތަރުގެ ފޮރިން މިނިސްޓަރ ޝެއިޚް މުހައްމަދު ބިން އަބްދުރަހްމާން އަލްޡާނީ ވިދާޅުވީ ސައުދީން ޤަތަރުގެ ވެރިންގެ މެދުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމަށެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ، މިސްރާއި،ބަހްރެއިން އިން ވަނީ ގަތަރާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމާއި ދަތުރުފަތުގެ ގުޅުން ކަނޑާލައި އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެ ގައުމުތަކުން ވަނީ ގަތަރުން ޓެރެރިޒަމަށް ފަންޑު ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. ގަތަރުން ވަނީ އެ ފިޔަވަޅުތައް ދޮގު ކޮށްފައެވެ.

ޝެއިޚް މުހައްމަދު ވިދާޅުވީ ގައުމުތަކާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ޓެރެރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި ނަމަވެސް އެއީ " އިހުތިރާމް ކުޑަކޮށް ބުލީކުރުން" ކަމަށެވެ.

މި ގައުމާމެދު ނަފްރަތު އުފައްދައި ވެރިކަން ބަދަލު ކުރަން އުޅުމަކީ އެއީ ޓެރެރިޒަމަށް ފައިސާ ޚަރަދު ކުރުން ހުއްޓުވުމާ ގުޅުމެއް ހުރި ކަމެއްނޫން" އޭނާ ވިދާޅުވިއެވެ.

ޤަތަރަކީ އެ ސަރަހައްދުގައި ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ނެޗުރަލް ގޭސް އެކްސްޕޯޓް ކުރާ ގައުމުގެ އިތުރުން އެ ގައުމަކީ އެ ސަރަހައްދުގެ އެންމެ ބޮޑު އަސްކަރީ ބޭސް އޮންނަ ގައުމެވެ.

އެ ގައުމުގައި ގާއިމް ކޮށްފައިވާ ބޭސްގައި އެމެރިކާގެ 11،000 ސިފައިން ތިބެއެވެ.

ޝެއިޚް މުހައްމަދު ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން އެ ސަރަހައްދުގައި އުޅެމުންދާ އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުއްޓުން އަރާފައިވާ ކަމަށެވެ.

ގަތަރާމެދު ފިޔަވަޅު އެޅި ގައުމުތަކުން ޖޫން މަހުގެ 22 ވަނަ ދުވަހުވަނީ 13 ނުކުތާއެއްގެ މައްޗަށް ހިމެނޭ ޑިމާންޑްތަކެއް ގަތަރަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ބަންދުކުރުމާއި އީރާނާ ގުޅުން ކަނޑާލުން ވެސް ހިމެނޭއިރު ގަތަރުން ވަނީ އެ ޑިމާންޑްތަކަށް ދެކޮ ޅުހަދާފައެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް