Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައުދާގެ މަރު

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

ރައުދާ ވަނީ މަރާލާފަކަމަށް އާއިލާއިން ތަކުރާރުކޮށް ބުނަމުންދޭ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 10:54
ރައުދާ އާތިފް

ރައުދާ އާތިފް

ރައުދާ އާތިފްގެ މަރުން ވަރަށް ބޮޑު ހައިރާންކަން ލިބިގެންދިޔަ އެވެ. ސުވާލުތައް ވެސް ގިނަ އެވެ. އެންމެ ގިނަ ސުވާލުތައް ސިކުނޑިއަށް ޖަމާވެފައި ވަނީ ރައުދާގެ ބައްޕަ، ޑޮކްޓަރު މުހައްމަދު އާތިފް އެވެ. ރައުދާގެ ބައްޕަ ބުނާ ގޮތުގައި ރައުދާގެ މަރުގެ ހަބަރު ލިބުނީ މާޗް 29ގެ މެންދުރު ފަހު 1:30 އެހާކަން ހާއިރު އެވެ. އެ ހަބަރާއެކު ބަންގްލަދޭޝަށް ވަޑައިގަތެވެ. ދަރިފުޅުގެ ހަށިގަނޑު ފެނުމުން ވެސް ގަބޫލުކުރަން ދަތި އެތައް ކަމެއް އޭނާ އަށް ފާހަގަ ކުރެވުނެވެ.

ރައުދާ ވޯގް މަޖައްލާގެ ކަވަރުގައި

"އަހަރެން ރައުދާގެ ހަށިގަނޑު ބެލީ ހަމައެކަނި ބައްޕައެއްގެ ހައިސިއްޔަތަކުންނެއް ނޫން، މެޑިސިން ކިޔަވައިގެން ހުރި ޑޮކްޓަރެއްގެ ހައިސިއްޔަތުން. އަހަރެންވެސް މެޑިސިން ކިޔެވީ އިންޑިޔާއިން، ބޯޕާލް މެޑިކަލް ކޮލެޖްގައި އެމްބީބީއެސް ހެދިއިރު، 18 މަސްވަންދެން ފޮރެންސިކް މެޑިސިން އާއި ޓޮކްސިކޮލޮޖީ ކިޔެވިން،" މިވަގުތު ބަންގްލަދޭޝްގައި ހުންނެވި ރައުދާގެ ބައްޕަ ރާއްޖެއެމްވީއަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
"މޯޗަރީ އިން ދިޔައިރު، އަހަންނަށް އެނގިފައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް، ބުނަން އެނގުނު ދަރިފުޅު ބަޔަކު މަރާލީކަން. އަހަރެންނާއެކީ ދިޔަ 12 މީހުންނަށް ސާފުކޮށް ފެންނާނެ ހަށިގަނޑުގައި ހުރި ނިޝާންތައް. ކަރުގައި އެއްޗެއް އެއްސީމަ އަރާ ނިޝާންތައް. އޭގެ އިތުރުން، ހުރި މީހަކު ބާރަށް ކަރުގައި ހިފީމާ އަރާ ނިޝާންތައް ސާފުކޮށް ހުރި ކަރުގައި ފެންނަން. ހުރިހާ އެންމެންނަށް ސާފުކޮށް ފެނުނު ކަރުގައި ހުރި ނިޝާންތަކުގެ ކުލަ، ހުރި ގޮތް."

މޯޗަރީއަށް ފަހު، ރައުދާގެ އާއިލާ ދެން ދިޔައީ އޭނާ އުޅުނު ހޮސްޓެލްގެ ކޮޓަރިއަށެވެ. ރޫމް 209 ގެ ދޮރު ހަލާކުކޮށްލައިގެން ވަތް ކަމަށް ޔުނިވަރސިޓީގެ ދަރިވަރުން ބުނި ނަމަވެސް، އޭގެ އެއްވެސް އަސަރެއް ކޮޓަރީގެ ދޮރުން ފެންނާކަށް ނެތެވެ. ކުޑަ ކޮޓަރިއެކެވެ. މޭޒުމަތީގައި އަނެއް ދުވަހަށް ކައްކަން ކޮށާފައި ބާކީވެފައިހުރި ތަރުކާރީތައް ކަޓިންގބޯޑު މަތީގައި ހުއްޓެވެ. ކެއްކި އެއްޗެހީގައި މަތިޖެހިގޮތަށް ހުރީ އުނދުން މަތީގަ އެވެ. ކޮޓަރީގައި ހަލާކުވެފައިހުރި އެއްޗެއްސަކީ އަލަމާރީގެ ލޯގަނޑާއި ފިހިގަނޑެވެ. އެނދު ބިންދައިގެން ގޮސްފައި ހުރުމުން، އެނދު ހިފެހެއްޓުނަށް އެނދު ދަށަށް އެއްޗެއް ލާފައި ހުއްޓެވެ. ނަމަވެސް ހަލާކުވެފައި ހުރި ތަންތަނަކީ ރައުދާގެ މަރުގެ ކުރިން، ނުވަތަ މަރުގެ ފަހުން ކަމެއް ނޭނގެ އެވެ. ނަމަވެސް ޑރ. އާތިފް ގަބޫލުކުރައްވާ ގޮތުގައި ކޮށާފައި ހުރި ތަރުކާރީ އާއި އުނދުން މަތީގައި ހުރި ކާއެއްޗެހި ޝައްކުތައް އިތުރަށް ބޮޑުވެގެން ދިޔަ އެވެ.

ރައުދާ ދިރިއުޅު ކޮޓަރީގެ ބޭރު ދޮރު: ގަދަކަމުން ބަޔަކު ވަތްކަމުގެ ނިޝާނެއް ނެތް

"ރައުދާ މަރުވެފައި ހުރިކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރި ކުއްޖާ، ސީރަތުގެ ބަޔާނެއް އަހަރެން ނެގިން. އޭނާ ބުނީ ހެނދުނު ރައުދާއާ ބައްދަލުކުރަން އައި ކަަމަށް. ދޮރު އެތެރެއިން ތަޅުލާފަ ހުރީމަ، ދޮރުގައި ޓަކިޖެހުމަށްފަހު، ނުހުޅުވުމުން، ލައްޕާފައި ހުރި މަައިދޮރުން އެތެރެ ފެންނަ ގޮތަށް ފޭވެފައި ހުރި ތަނަކުން ރައުދާ ފެނުނީ... ދެން އޭނަ އެންމެންނަށް ގޮވީ. ފަނަަރަ ވަރަކަށް ދަރިވަރުން ދޮރު ހަލާކުކޮށްފައި، ކޮޓަރިއަށް ވަދެ، ރައުދާ ކަރުގައި އައްސާފައި އޮތް ސްކާފް ކަނޑާ، އޭނަ އެނދުމަތީ ބޭއްވީ. އޭރު ފުލުހުންނާއި މީޑިޔާއިން އައިއްސި،" ސީރަތާ ހަވާލާދީ ޑރ. އާތިފް ވިދާޅުވި އެވެ.

ބައްޕަ ފަދައިން ޑޮކްޓަރަކަށް ވުމަށް މެޑިސިން ކިޔަވަމުންޑާ ރައުދާއަކީ އަމިއްލައަށް މަރުވެދާނެ ފަދަ ބަލިކަށި އަގީދާއެއްގެ ކުއްޖެ ނޫން ކަމަށް ޑރ. އާތިފް ގަބޫލްކުރައްވަ އެވެ.

ރައުދާ މަރުވުމުގެ ކުރިން ކައްކާފައިހުރި ކެެއުން

ކެެއްކުމަށްފަހު ބޭނުންކުރި އެއްޗެހި ހުރި ތަނުގައި

މިކަމަށް ބާރުލިބިދޭ އެހެން ވާހަކަތަކެއް ވެސް ޑރ. އާތިފް ހިއްސާ ކުރެއްވެވި އެވެ. ރައުދާގެ ވިސްނުން ވެސް ހުރީ، ރައުދާ މަރުވިއިރު ތައްޔާރުވަމުން ދިޔަ ކޮލެޖްގެ އެގްޒާމަށް ފަހު، އޮސްޓްރޯލިއާއަށް ބަދަލުވުމަށެވެ. އެ ވާހަކަތައް ބޮޑުދައިތައާއެކު ވެސް ދާދި ފަހުން ވައިބާއިން ދައްކާފައި ހުއްޓެވެ.

ރައުދާ އޮސްޓްރޭލިއާއަށް ބަދަލުވުމާ ގުޅޭ ގޮތުން ބޮޑުދައިތަ އާއެކު ދައްކާފައިވާ ވާހަކަތަކުގެ ސްކްރީންޝޮޓް

މަޝްހޫރު މޮޑެލް އޮސްޓްރޭލިއާއަށް ބަދަލުވުމަށް ނިންމާފައި އޮތް ކަމަށް ޑރ. އާތިފް ވެސް ވިދާޅުވި އެވެ. "ކޮލެޖް ސެމެސްޓަރ ޓެސްޓުތަކުން ރަނގަޅު ނަތީޖާއެއް އޭނާ ހޯދި. އެމްބީބީއެސްގެ ފައިނަލް އެގްސޭމަށް އޭނަ ދިޔައީ ތައްޔާރުވަމުން. ފުރަތަމަ ޓެސްޓް ނިމުނީމަ ރައުދާ އޮސްޓްރޭލިއާގެ ޕަރތަށް ފޮނުވުމަށް އާއިލާއިން ދިޔައީ މަސައްކަތް ކުރަމުން. އޭނާގެ ބޮޑުދައިތަ، ފާތިމަތު ލުބްނާ އެކަމަށް ދިޔައީ މަސައްކަތްކޮށްދެމުން. ރައުދާގެ އެއްވެސް އިމޯނަޝަނަލް، ސިއްހީ މައްސަލައެއް ނެތް. އޭނާ އުޅުނީ އުފަލުން، އަމިއްލަ ނަފްސަށް އިތުބާރުކުރި، ތޫނުފިލި ކުއްޖެއް އެއީ. އަބަދުވެސް ބޭނުންވީ ޑޮކްޓަރަކަށް ވާން،" ޑރ. އާތިފް ވިދާޅުވި އެވެ.

ރައުދާ ބައްޕަ ވިދާޅުވި ގޮތުގައި ރައުދާ މަރުވީ ދަންޖެހިގެނެއް ނޫނެވެ. އެކަމުގައި ފޮރުވިފައިވާ އެތައް ކަމެއް އެބަ ހުރި ކަމަށް އޭނާ ގަބޫލް ކުރައްވަ އެވެ. އެ ސުވާލުތަކަކީ؛

  1. ރައުދާ ކަރުގައި މީހަކު ހިފާފައިހުރި ނިޝާންތައް ހުރީ ކީއްވެ؟
  2. ޝޯލެއް ބޭނުންކޮށްގެން ދަންޖެހުމުން ހުންނަ ނިޝާނާއި ރައުދާކަރުގެ ހުރި ނިޝާންތައް ތަފާތުވީ ކީއްވެ؟ ދަންޖެހިގެން މަރުވާ އިރު އާންމުކޮށް ހުންނަ އެއްވެސް ނިޝާނެއް ނެތީ ކީއްވެ؟
  3. ދަންޖެހިގެން މަރުވާ މީހުންގެ އަނގައިން ސޮނި ބޭރުވެފައި ހުންނާނެ. ރައުދާގެ އެކަން ފެންނަން ނެތް.
  4. ކޮޓަރީގެ ދޮރުގެ އެތެރެއިންނާއި ބޭރުން ގަދަކަމުން ވަދެފައިހުރި އެއްވެސް ނިޝާނެއް ނެތް. އެކަަމަކު ކޮޓަރިއަށް ވަތް ހުރިހާ ދަރިވަރުން އެއްބަސްވޭ ކޮޓަރިއަށް ވަނީ ގަދަކަމުންނޭ.
  5. އަހަރެމެންތިބި އިރު، ޕޯސްޓް މޯޓަމް ހަދަން ހުއްދަނުހޯދީ ކީއްވެ؟
  6. އެދުވަހުގެ ސެކިއުރިޓީ ފުޓޭޖް ގެއްލުނީ ކީއްވެ؟
  7. ރައުދާގެ އައިފޯން7 އޭނާ މަރުވި ފަހުން، ބޭނުންކޮށްފައިވޭ. އޭނާގެ ފޯން އެކަކުވެސް ބޭނުންނުކުރާނަމަ، ރައުދާގެ އިންސްޓަގްރާމުން މީހުން ޑިލީޓްކުރަނީ ކާކު؟
  8. އަމިއްލައަށް މަރުވާ މީހެއްގެ ހުންނަ އެއްވެސް ކަހަަލަ އަމަލެއް ރައުދާގެ ކިބައިން އެއްވެސް އިރެއްގައި ފެނިފައެއް ނުވޭ. ހަމަ ކުއްލިއަކަށް އެކަން ބަދަލުވާން ޖެހޭ ސަބަބަކީ ކޮބާ؟
  9. ސީރަތް ރައުދާގެ ޖޫސްތައްޓަށް ބޭސްތަކެއް އެޅި. ރައުދާ އެންމެ ފުރަތަމަ ފެނުނީވެސް ސީރަތަށް. އޭނާގެ ބަޔާނެއް ފުލުހުން ނުނެގީ ކީއްވެ؟
  10. އަމިއްލައަށް މަރުވާން ރައުދާ އުޅުނުނަމަ، އަނެއް ދުވަހަށް ކާއެއްޗެހި ތައްޔާރުކުރީ ކީއްވެ؟
  11. ހޮސްޓެލްގެ ސެކިއުރިޓީގެ ބަހާއި ރައުދާއާއެކު އެރޭ ހޮސްޕިޓަލަށް ދިޔަ މީހުންގެ ބަޔާންތައް ތަފާތުވީ ކީއްވެ؟

އޮޓޮޕްސީ ހެދި ނަމަވެސް، ޑރ. އާތިފްގެ މި ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ. ރައުދާ އަމިއްލައަށް މަރުވިނަމަ، ނުވަތަ ބަޔަކު އޭނާ މަރާލިނަމަ، ސަބަބެއްވެސް އޮންނަން ޖެހޭނެ އެވެ. އަދި، ބަޔަކު ރައުދާ މަރާލިނަމަ، އޭނާ މަރާލުމަށްފަހު، އެއީ ދަންޖެހިފައިވާ ކަމަށް ދައްކަން މަސައްކަތް ކޮށްފައިވަނީ ކީއްވެ؟ ޔަގީންވާ ކަމަކީ ރައުދާގެ މަރުގެ ތަހުގީގާއި ކަން ހިނގިގޮތާއި މެދު ބަޔަކު އިހުމާލުވެފައިވާ ކަމެވެ. ރާއްޖޭގެ ސަރުކާރުން ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށްވެސް ޑރ. އާތިފް ވަނީ ގޮވާލައްވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު