Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓެކްނޮލޮޖީ

ޔޫއެންގެ ބައްދަލުވުމެއްގައި ރޮބޮޓެއް ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެ

ސޯފިއާ ނަމަކަށް ކިޔާ މި ރޮބޮޓް ވަނީ އދ ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއާ ބައްދަކު ކޮށްފައި

ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 12:15
ސޯފިއާ އ.ދ ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އާ ވާހަކަ ދައްކަނީ

ސޯފިއާ އ.ދ ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އާ ވާހަކަ ދައްކަނީ

އ.ދ ގެ މައި އިދާރާގައި އޮކްޓޯބަރު މަހު 11 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމަކަށް ރޮބޮޓެއް ބައިވެރިވެއްޖެއެވެ.

އިންސާނެއްގެ ސިފަ އަށް ހަދާފައިވާ އަދި އިންސާނެއްގެ އިސްކޮޅާ ރޫފަ އަށް ފެތޭ ގޮތަށް ފެންނަ މި ރޮބޮޓްގެ ނަމަކީ ސޯފިއާ އެވެ.

ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ގޮތުން ބޭއްވުނު މި ބައްދަލުވުމުގެ މައުޟޫއަކީ "ދަ ފިއުޗަރ އޮފް އެވްރީތިންގ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އިންދަ އޭޖް އޮފް ރެޕިޑް ޓެކްނޮލޮޖިކަލް ޗޭންޖް" އެވެ.

ސޯފިއާ ވަނީ ބައްދަލުވުމަށް ހާޒިރުވެ އ.ދ ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އާމިނާ މުހައްމަދު އާ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ.

ދުނިޔޭގެ އެތައް ކަންކޮޅުތަކެއްގައި ދިރިއުޅެމުންދާ އެތައް ބަޔަކަށް އިންޓަރނެޓާއި ކަރަންޓު ނުލިބުމުގެ މައްސަލައިގައި އ.ދ އަށް ކުރެވޭނީ ކޮން ކަމެއްތޯ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެއްސެވުމުން ސޯފިއާ ބުނީ ވަސީލަތްތައް އެބަހުރި ކަމަށާއި، ނަމަވެސް ވަސީލަތްތައް ބެހިފައިވަނީ ހަމަހަމަ ގޮތެއްގައި ނޫން ކަމަށެވެ.

ސޯފިއާ އަކީ ހޭންސަން ރޮބޮޓިކްސްގެ އެންމެ ޒަމާނީ އުފެއްދުމެވެ. ސޯފިއާ މީގެ ކުރިންވެސް ވަނީ އިވެންޓްތަކުގައި ބައިވެރިވެ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދީފައެވެ. މީގެ އިތުރުން ކޮންސެޓް ތަކުގައިވެސް ބައިވެރިވެފައިވެެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު