Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ

ކެޓަލޯނިއާގެ މިނިވަންކަމާ ބެހޭ ވޯޓު އޮތް ދުވަހު ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވޭ: ހިއުމަން ރައިޓްސް ވޮޗް

ވޯޓު އޮތް ދުވަހު 900 އެއްހާ މުޒާހިރީން ޒަޚަމްވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 11:03
ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓު އޮތް ދުވަހު ކެޓަލޯނިއާގެ މިނިވަން ކަމަށް އެދި ބާއްވަމުން ދިޔަ މުޒާހަރާތަކުގައި ސްޕެއިންގެ ފުލުހުން ހާލަތާ ނުބައްދަލު ބާރު އާންމުންނާ ދެކޮޅަށް ބޭނުން ކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައި ވަނީ ސްޕެއިންގެ ސިޓީތައް ކަމަށްވާ ބާސެލޯނާ އާއި ޖިރޯނާ ގައި ބޭއްވި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ބާުރުގެ ބޭނުން ކޮށްފައިވާ ކަން ޑޮކިއުމަންޓް ކުރެވިފައިވާ ކަމަށެވެ. އަދި މުޒާހިރީންނަށް ނިކަމެތިކޮށް ހިތާފައިވާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަަމަށެވެ.

ބުރާސްފަތި ދުވަހު ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓެއްގައި ބުނީ "ސްޕެނިޝް ސިވިލް ގާޑާއި ނެޝަނަލް ޕޮލިސް ކޯޕްސް" ހިމެނޭ ގޮތުން ސްޕެއިންގެ ސަލާމަތީ ބާރުތަކުން މުޒާހިރީންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ގެއްލުންވެފައިވާ ކަމަށެވެ. ރިޕޯޓުގައި އިތުރަށް ބުނީ 1 އޮކްޓޯބަރުގައި ބޭއްވި ވޯޓުގައި، ތިން ކޭހެއް ތަފްސީލީ ގޮތެއްގައި ތަހުގީގު ކޮށްފައިވާ ކަމަށާއި، ތަހުގީގުން އެނގިގެން ދިޔައީ ސްޕެއިންގެ ފުލުހުންނާއި އަދި "ސިވިލް ގާޑް އޮފިސަރުން" ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަންކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓު އޮތް ދުވަހު 900 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި 400 ފުލުހުން ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކެޓަލޯނިއާ ސްޕެއިން އިން މިނިވަންވުމަށް ކުރާ މަސައްކަތާ ގުޅިގެން ގައުމު ހަލަބޮލިވެފައިވާއިރު، ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ވޯޓަށް ފަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކޮށްފިތޯ ބަލަން ސްޕެއިން އިން ވަނީ ކެޓަލޯނިއާގެ ލީޑަރަށް ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު