Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

2028 ވަނަ އަހަރުގެ އިންތިހާބަށްފަހު ރަސްމާލޭގައި ކެސީނޯ އަޅަން ހުއްދަ ދޭން ރައީސް މުއިއްޒުގެ ސަރުކާރަށް ޝަރުތުކޮށްފައިވޭ: ޝެއިޚް އިމްރާން

29 ނޮވެމްބަރު 2026 | އާދީއްތަ 14:14

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ އޭނާ ވިދާޅުވީ، 2028 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އެ ސަރަހައްދުގައި ކެސީނޯ އާއި ކްލަބްތައް ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ޝަރުތުކޮށްފައިވާ ކަމަށް. އަދި މި މަޝްރޫއުގެ އިގްތިސާދީ ނަފާއާ މެދު ވެސް އިމްރާން ވަނީ ސުވާލު އުފައްދަވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ނޮވެމްބަރު 2026 | އާދީއްތަ 14:14
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

2028 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ރަސްމާލޭގައި ކެސީނޯ އަޅައިގެން ދުނިޔޭގެ ފެންވަރުގެ ކެސީނޯ ހިންގުމަށާއި ބޮޑެތި ކްލަބްތައް ހަދަން ހުއްދަ ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ޝަރުތުކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމުގައި ޝެއިޚް އިމްރާން ވަނީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ސަރުކާރުން ދީފައިވާ މައްސަލައާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. 

Advertisement - newsAdvertisement

ޝެއިޚް އިމްރާން ވިދާޅުވީ މިހާތަނަށް ރަސްމާލޭގެ މަޝްރޫއާ ގުޅިގެން މި ވާހަކަ ދައްކަވާފައިނުވި ނަމަވެސް، މައުލޫމާތު ލިބިވަޑައިގެންނެވި މަސްދަރަކީ އެއްވެސް ވަރަކަށް ދޮގެއް ނުހައްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ބޭފުޅެއް ކަމަށެވެ. އެ ބޭފުޅާ އަރިހުގައި އެ ވާހަކަ ވިދާޅުވީ މިހާރު އެ ޕްރޮޖެކްޓް ހިންގަވަން އުޅުއްވާ ބޭފުޅުންނާއި އަދި އީގަލްސް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރުއާ ގާތް ގައުމެއްގެ އިސް ބޭފުޅަކު ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.

މި ވާހަކައިގެ ތެރެއިން ރައީސް މުއިއްޒާއި އަބްދުﷲ މި މީހުންނަށް ޝަރުތުކޮށްފައި އޮތީ 2028 ގެ އިންތިޚާބަށް ފަހުގައި އެ މީހުން އެތާނގައި ކެސީނޯ އަޅަން ހުއްދަދޭނޭ. ބޮޑެތި ކްލަބްތައް ހަދަން ހުއްދަދޭނޭ. މިހާރުގައި ގާނޫނުގައި އެ ނުގެނެވޭނެކަން. އެ ވާހަކަ ނުދެއްކޭނެކަން ހުދު އަލައްބާރު ވެސް ގަބޫލުކުރޭ. 2028 ގެ އިންތިޚާބު ކާމިޔާބު ކުރުމަށްފަހުގައި އެތާނގައި ކެސީނޯ އަޅައިގެން ދުނިޔޭގެ ފެންވަރުގެ ކެސީނޯ ހިންގަން ހުއްދަދޭނެ ކަމަށް ޝަރުތުކުރުވާފައޭ މިކަން މި ކުރަނީ
އިމްރާން އަބްދުﷲ

މީގެ އިތުރުން ޝެއިޚް އިމްރާން ވިދާޅުވީ، މިފަދަ ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ސުވާލުތައް ވެސް އުފެދޭ ކަމަށެވެ.

ނަމަވެސް އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް ވަޒީފާ ލިބި، ރާއްޖޭގައި މިހާރު އޮތް ޓޫރިޒަމާ ނުބައްދަލު ބޮޑު ޓޫރިޒަމެއް އެ ތަނުގައި ހިނގާ ނަމަ، ހުޅުމާލޭގައި ފްލެޓެއް އަޅައިގެން ވިއްކާލުމުން އޭގެ ދިހަ ޕަސެންޓް ލިބޭ އުސޫލުން ބަލާއިރު އެ ވިދާޅުވާ އެއްވެސް ހިސާބެއް ދިމާނުވާނެ ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.

ޝެއިޚް އިމްރާން އަބްދުﷲޑރ. މުހައްމަދު މުއިއްޒުރަސްމާލެ

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވައިފި!

2

ރައީސް މުއިއްޒު އެ ހުންނެވީ ދިވެހި ދައުލަތާ އިދިކޮޅަށް ބަޣާވަތް ކުރައްވައިގެންކަމަށް ރައީސްގެ ބޭބެ ވިދާޅުވެއްޖެ!

3

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

4

ލަންކާއިން ޔުގީތު މިނިވަންވެ، ނޭޕާލުން ހައްޔަރަށް: މިވީ ކިހިނެއް، މިކަމުގައި އިހުމާލުވީ ކޮން އިދާރާއަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2026

އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ އަމަލު ހުއްޓުވައި ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި

29 ނޮވެމްބަރު 2026
އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ އަމަލު ހުއްޓުވައި ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި
29 ނޮވެމްބަރު 2026

ރައީސް މުއިއްޒު އެ ހުންނެވީ ދިވެހި ދައުލަތާ އިދިކޮޅަށް ބަޣާވަތް ކުރައްވައިގެންކަމަށް ރައީސްގެ ބޭބެ ވިދާޅުވެއްޖެ!

29 ނޮވެމްބަރު 2026
ރައީސް މުއިއްޒު އެ ހުންނެވީ ދިވެހި ދައުލަތާ އިދިކޮޅަށް ބަޣާވަތް ކުރައްވައިގެންކަމަށް ރައީސްގެ ބޭބެ ވިދާޅުވެއްޖެ!
28 ނޮވެމްބަރު 2026

ސިއްހީ ހައްގުން ރައްޔިތުން މަހުރޫމު، ބޮޑުންނަށް ރައްޔިތުންގެ ފައިސާ!

28 ނޮވެމްބަރު 2026
ސިއްހީ ހައްގުން ރައްޔިތުން މަހުރޫމު، ބޮޑުންނަށް ރައްޔިތުންގެ ފައިސާ!
28 ނޮވެމްބަރު 2026

އީގަލް ހިލްސް ކުންފުނީގެ ހިއްސާދާރުންނަކީ ކޮން ބައެއްކަން ނޭނގޭއިރު، އެކަން ބެލޭނެ ގޮތެއް ވެސް ނެތް: ގާނޫނީ ވަކީލު ހަމްޒާ

28 ނޮވެމްބަރު 2026
އީގަލް ހިލްސް ކުންފުނީގެ ހިއްސާދާރުންނަކީ ކޮން ބައެއްކަން ނޭނގޭއިރު، އެކަން ބެލޭނެ ގޮތެއް ވެސް ނެތް: ގާނޫނީ ވަކީލު ހަމްޒާ
27 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ފަދަ ބޮޑު މަޝްރޫއަކަށް ދާއިރު މިހާރުން މިހާރަށް ވެސް ދިވެހިންނަށް ލިބޭ މަންފާއެއް ފެންނަން އޮންނަން ޖެހޭނެ: އީވާ

27 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ފަދަ ބޮޑު މަޝްރޫއަކަށް ދާއިރު މިހާރުން މިހާރަށް ވެސް ދިވެހިންނަށް ލިބޭ މަންފާއެއް ފެންނަން އޮންނަން ޖެހޭނެ: އީވާ
27 ނޮވެމްބަރު 2026

ރާއްޖޭގެ ބިމަކީ ހަމައެކަނި ރައީސް މުއިއްޒުގެ ބިމެއް ނޫން، ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް: މާރިޔާ

27 ނޮވެމްބަރު 2026
ރާއްޖޭގެ ބިމަކީ ހަމައެކަނި ރައީސް މުއިއްޒުގެ ބިމެއް ނޫން، ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް: މާރިޔާ
27 ނޮވެމްބަރު 2026

ބޭހަށާއި ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ކަނޑަށް ޑޮލަރު އޮއްސައިގެން ހިއްކި ރަސްމާލޭގެ ހައްގު އަގު ދިވެހިންނަށް ލިބެންޖެހޭ: މެންބަރު މީކާއީލް

27 ނޮވެމްބަރު 2026
ބޭހަށާއި ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ކަނޑަށް ޑޮލަރު އޮއްސައިގެން ހިއްކި ރަސްމާލޭގެ ހައްގު އަގު ދިވެހިންނަށް ލިބެންޖެހޭ: މެންބަރު މީކާއީލް
26 ނޮވެމްބަރު 2026

ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު

26 ނޮވެމްބަރު 2026
ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ
26 ނޮވެމްބަރު 2026

"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު

26 ނޮވެމްބަރު 2026
"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް