Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުގެ ބަރުލަނާމީ އިންތިޚާބު

ބޮޑުވަޒީރުކަން ދައުރުކުރާ އުސޫލުން ސަރުކާރެއް އެކުލަވައިލަން ނަތަންޔާހޫ އައިޒެންކޮޓަށް ހުށަހަޅައިފި

29 ނޮވެމްބަރު 2026 | އާދީއްތަ 06:35

ޔަހޫދީ ދައުލަތުގެ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ހުށަހެޅި ހުށަހެޅުމުގެ އިހުލާސްތެރިކަން ބެލުމަށް، އޭނާގެ ސިޔާސީ ވާދަވެރިޔާ އައިޒެންކޮޓް ވަގުތުން މަޝްވަރާތަކަށް ގޮވާލައިފި. ނަމަވެސް، އިދިކޮޅު އެހެން ޕާޓީތަކުން ދެކޭގޮތުގައި މިއީ ވެރިކަމުން ދުރުވިޔަނުދީ ވަގުތު ހޯދުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް

ނިއުސް ޓީމް
ނިއުސް ޓީމް | 29 ނޮވެމްބަރު 2026 | އާދީއްތަ 06:35
ޔަހޫދީ ދައުލަތުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އައު ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ މަތިކޮށްފައިވާ ޔަޝާރު ޕާޓީގެ އިސްވާރު ގާދީ އައިޒެންކޮޓު

ޔަހޫދީ ދައުލަތުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އައު ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ މަތިކޮށްފައިވާ ޔަޝާރު ޕާޓީގެ އިސްވާރު ގާދީ އައިޒެންކޮޓު | އޭޕީ

ޔަހޫދީ ދައުލަތުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ގާދީ އައިޒެންކޮޓާއެކު ދައުރުކުރާ އުސޫލުން ބޮޑުވަޒީރުކަން ހިއްސާކުރުމަށް ހުށަހަޅައިފި އެވެ. ގައުމުގެ މުސްތަގަބަލުގެ ސަރުކާރާ ގުޅޭ ގޮތުން ނަތަންޔާހޫ ހުށަހެޅި މި ހުށަހެޅުމަށް ރައްދު ދެމުން، ލިކޫދު ޕާޓީގެ ލީޑަރުގެ އިހުލާސްތެރިކަން ހުރި މިންވަރު ވަޒަންކުރުމަށް ވަގުތުން މަޝްވަރާތައް ފެށުމަށް އައިޒެންކޮޓް ވަނީ ހުށަހަޅާފަ އެވެ.

"ލިކޫދު ޕާޓީން ހަގީގީ އެއްބައިވަންތަކަމަކަށް ތައްޔާރު ނަމަ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ޕާޓީގެ ސީރިއަސްކަން ހުރި މިންވަރު ބެލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް،" އައިޒެންކޮޓް ނެރުނު ބަޔާނެއްގައި ބުންޏެވެ. މި ގޮތުން، ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކޮށް، ސަރުކާރުގެ އަސާސީ އުސޫލުތަކާއި ސިޔާސަތުތަކާ ގުޅޭ ގޮތުން އަވަސް އަދި ހަގީގީ މަޝްވަރާތަކެއް ކުރުމަށް އޭނާ ވަނީ ނަތަންޔާހޫއަށް ދައުވަތު ދީފަ އެވެ. އައިޒެންކޮޓް ބުނީ މި މަޝްވަރާތައް ބިނާވާނީ މިދިޔަ އާދީއްތަ ދުވަހު ނަތަންޔާހޫއަށް ފޮނުވާފައިވާ، ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ހުށަހެޅުމުގެ މައްޗަށް ކަމަށެވެ.

Advertisement - worldAdvertisement

މި ބަޔާނަށް މާގިނަ އިރުތަކެއް ނުވަނީސް، އިއްތިހާދެއް އެކުލަވައިލުމުގެ މަޝްވަރާތަކަށް އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނަތަންޔާހޫ އައިސެންކޮޓާ ބައްދަލުކުރާނެ ކަމަށް ނަތަންޔާހޫގެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ.

މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރާ ޔަޝާރު ޕާޓީގެ އިސްވާރު އައިސެންކޮޓަކީ، ޔަހޫދީ ދައުލަތުގެ އައު ސަރުކާރެއް އެކުލަވާލުމަށް އެ ގައުމުގެ ރައީސް ހަވާލުކޮށްފައިވާ މީހާ އެވެ.

ނަތަންޔާހޫގެ ހުށަހެޅުމާއި ސަރުކާރު އެކުލަވާލުމުގެ ސުންގަޑި

ހޮނިހިރު ދުވަހުގެ ކުރީކޮޅު މީސްމީޑިއާގައި ޝާއިއުކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނީ، އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ދަށުން ބޮޑުވަޒީރުކަން ދައުރުކުރާ އެއްބަސްވުމެއްގައި، ފުރަތަމަ ދައުރުގައި ބޮޑުވަޒީރުކަން ކުރުމުގެ ފުރުސަތު އައިސެންކޮޓަށް ދޭން ރުހޭ ކަމަށެވެ. ގާނޫނުހަދާ މަޖިލީހުގައި ޔަޝާރު ޕާޓީއަށްވުރެ ގިނަ ގޮނޑި ލިކޫދު ޕާޓީއަށް ލިބިފައިވާތީ، "ތަބީއީ ގޮތުން" އެއްބައިވަންތަކަމުގެ ސަރުކާރުގެ އިސްވެރިއަކަށް ވާންޖެހޭނީ ހުދު އޭނާ ކަމަށް ނަތަންޔާހޫ ބުންޏެވެ. ނަމަވެސް، މި ފަހަރު އެ އުސޫލު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށް އޭނާ ހާމަކުރި އެވެ.

"ގައުމަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ބޮޑުކަމާއި، އެ ނުރައްކަލާ ކުރިމަތިލުމުގެ ގާބިލުކަން ނެތް ސަރުކާރެއް އުފެދިދާނެ ކަމުގެ ބިރު އޮތުމުން، އިސްވާރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޒިންމާއަކީ އެންމެ ގިނަ ގޮނޑި ހޯދި ޕާޓީގެ އުސޫލު ވެސް ހިމެނޭ ގޮތަށް ހުރިހާ ކަމެއް އެއް ފަރާތްކޮށް، ދައުރުގެ ފުރަތަމަ ބައިގައި ގާދީ އައިޒެންކޮޓް ބޮޑުވަޒީރުކަން ކުރުމަށާއި، އަޅުގަނޑު ބަދަލު ބޮޑުވަޒީރުގެ ގޮތުގައި ހުރުމަށް އެއްބަސްވުން،" ނަތަންޔާހޫ ބުންޏެވެ.

އައިޒެންކޮޓް ވަނީ އިތުރު 14 ދުވަހުގެ މުއްދަތެއް ނުނަގައި، ރަސްމީ ސުންގަޑި ކަމަށްވާ ޑިސެންބަރު 6 ގެ ކުރިން ޔަހޫދީ ދައުލަތުގެ އައު ސަރުކާރު އެކުލަވާލައި އިއުލާނުކުރާނެ ކަމަށް ހުކުރު ދުވަހު ވައުދުވެފަ އެވެ. ހަމަމިއާއެކު، އައު އިންތިޚާބަކަށް މަގުފަހިކުރުމުގެ ބޭނުމުގައި ނަތަންޔާހޫ އިއްތިހާދެއް އެކުލަވައިލުމުގެ މަޝްވަރާތައް ދިގުދަންމަމުން ގެންދާ ކަމަށް އޭނާ ތުހުމަތުކުރި އެވެ. ބޮޑުވަޒީރުކަމަށް އުންމީދުކުރާ އައިޒެންކޮޓަށް މިހާތަނަށް ސަރުކާރު ހިންގާނެ އިއްތިހާދެއް އެކުލަވާލުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބައިތުލަޙްމުގައި ހުރި މުރާސިލެއް ކަމަށް ނޫރު އޯދޭ ބުނީ، ނަތަންޔާހޫގެ އިހުލާސްތެރިކަން ވަޒަންކުރުމަށް އައިޒެންކޮޓް ވަގުތުން މަޝްވަރާތަކަށް ގޮވާލި ކަމަށެވެ. "ގިނަ ފަރާތްތަކުން ދެކެނީ މިއީ ނަތަންޔާހޫގެ ހުށަހެޅުމަކީ ދަޅައެއްތޯ ބެލުމަށާއި، އޭނާ ހަގީގަތުގައި ވެސް މުހިންމު ކަންކަމާ މެދު ވާހަކަދައްކަން ބޭނުންވޭތޯ ނުވަތަ ހަމައެކަނި ވަގުތު ހޯދަން އުޅެނީތޯ ބެލުމަށް އައިޒެންކޮޓް އެޅި ފިޔަވަޅެއް ކަމަށް،" އޯދޭ ބުންޏެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުމާއި އިންތިޚާބުގެ ނަތީޖާ

އޮކްޓޫބަރު 27 ގައި ބޭއްވި ބަރުލަމާނީ އިންތިޚާބުގައި އެއްވެސް އިއްތިހާދަކަށް ގާނޫނުހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ލިބިފައެއް ނުވެ އެވެ. 120 ގޮނޑީގެ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ އަދަދަށް ވުރެ މަދުން، ނަތަންޔާހޫއާއި އޭނާގެ ޒަމާންވީ ހަރުކަށި ކަނާތުފިޔައިގެ އަދި އަލްޓްރާ-އޯތޮޑޮކްސް ޕާޓީތަކުގެ އިއްތިހާދަށް ލިބިފައިވަނީ 53 ގޮނޑި އެވެ. އައިސެންކޮޓާއި އޭނާއާ ގުޅިދާނެ ކަމަށް ބެލެވޭ ޕާޓީތަކަށް ލިބިފައިވަނީ 48 ގޮނޑި އެވެ.

ނަތަންޔާހޫގެ މި އިއުލާނުން ހާމަވެގެންދަނީ، ސަރުކާރު ހިންގާނެ އަޣުލަބިއްޔަތެއް ނުވަތަ އިއްތިހާދީ ސަރުކާރެއް އުފެއްދުމުގެ ފުރުސަތު އައިސެންކޮޓަށް ލިބިދާނެ ފަދަ ބައިވެރިންގެ ތާއީދު އޭނާއަށް ލިބެމުންދާތީ، ނަތަންޔާހޫއަށް ކުރިމަތިވެފައިވާ ފިއްތުންތަކުގެ ބޮޑުކަމެވެ.

ނަތަންޔާހޫގެ ހުށަހެޅުމާ ގުޅިގެން، ނަތަންޔާހޫއާއެކު އެއްވެސް ސިފައެއްގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމާ ދެކޮޅު ހަދާ ޑިމޮކްރެޓްސް ގްރޫޕުގެ އިސްވާރު ޔައިރު ގޯލާން ވަނީ އެ ހުށަހެޅުމަށް ރައްދުދީފަ އެވެ. "މަކަރުވެރި ރޭވުންތަކާއި އޮޅުވާލުންތައް މިހާރު ފުދިއްޖެ... ނަތަންޔާހޫ ވަނީ ބަލިވެފައި، އަދި އަޅުގަނޑުމެންގެ ވާޖިބަކީ ވޯޓުލީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ބަދަލާއި ސަލާމަތުގެ ސަރުކާރެއް އުފެއްދުން،" އޭނާ ބުންޏެވެ.

ޢަރަބި ޕާޓީތަކުގެ އިއްތިހާދު ކަމަށްވާ 'ޖޮއިންޓް ލިސްޓް' ގެ އިސްވާރު ޔޫސުފް ޖަބާރީން ވެސް ބުނީ ނަތަންޔާހޫ މަސައްކަތް ކުރަނީ ސަރުކާރު ބަދަލުވުމަށް ހުރަސްއެޅުމަށް ކަމަށެވެ. "ޑިމޮކްރެޓިކް އަޣުލަބިއްޔަތުން ވަނީ ގޮތް ނިންމާފައި... ލެއިން ތަތްތެޅިފައިވާ، އިހުމާލުވެފައިވާ މި ސަރުކާރު ޖެހޭނީ ދާން،" އޭނާ ބުންޏެވެ. "ޔަހޫދީންނާއި ޢަރަބިން ހިމެނޭހެން މުޅި ރައްޔިތުންގެ ޝާމިލު އިރާދަ ފުރިހަމަކޮށް، ހަމަ މި ހަފުތާގައި ނަތަންޔާހޫ ވެރިކަމުން ދުރުކުރުމުގެ ވަގުތު މި ވަނީ ޖެހިފައި."

މަސްދަރު: އަލް ޖަޒީރާ

ބެންޖަމިން ނަތަންޔާހޫގާދީ އައިޒެންކޮޓްލިކޫދު ޕާޓީޔަޝާރު ޕާޓީއިސްރާއީލްފަލަސްޠީނު

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވަނީ!

2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

3

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

4

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

5

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލައިފި

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2026

ޔަހޫދީންނާ ގުޅުން އޮންނަ ޔޫއޭއީގެ ފްލައިދުބާއީއިން ޔަހޫދީ ދައުލަތުގެ ތެލް އަވީވަށް އަލުން ދަތުރުތައް ފަށަނީ

27 ނޮވެމްބަރު 2026
ޔަހޫދީންނާ ގުޅުން އޮންނަ ޔޫއޭއީގެ ފްލައިދުބާއީއިން ޔަހޫދީ ދައުލަތުގެ ތެލް އަވީވަށް އަލުން ދަތުރުތައް ފަށަނީ
26 ނޮވެމްބަރު 2026

ޔަހޫދީ ސިފައިން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ތައުލީމާ ބެހޭ ވަޒީރުގެ ނައިބާއެކު ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފި

26 ނޮވެމްބަރު 2026
ޔަހޫދީ ސިފައިން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ތައުލީމާ ބެހޭ ވަޒީރުގެ ނައިބާއެކު ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފި
25 ނޮވެމްބަރު 2026

ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގައި، އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުގެ މެދުގައި ނުތަނަވަސް ކަން ބޮޑުވެއްޖެ

25 ނޮވެމްބަރު 2026
ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގައި، އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުގެ މެދުގައި ނުތަނަވަސް ކަން ބޮޑުވެއްޖެ
25 ނޮވެމްބަރު 2026

އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"

25 ނޮވެމްބަރު 2026
އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"
24 ނޮވެމްބަރު 2026

"ފަލަސްޠީނުގައި ވެރިކަން ކުރާނީ ފަލަސްޠީނުގެ ރައްޔިތުން": މެދުއިރުމަތީގެ ހަމަޖެހުމަށް ދެ ދައުލަތުގެ ހައްލު ކޮންމެހެން ބޭނުންވާ ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ

24 ނޮވެމްބަރު 2026
"ފަލަސްޠީނުގައި ވެރިކަން ކުރާނީ ފަލަސްޠީނުގެ ރައްޔިތުން": މެދުއިރުމަތީގެ ހަމަޖެހުމަށް ދެ ދައުލަތުގެ ހައްލު ކޮންމެހެން ބޭނުންވާ ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ
23 ނޮވެމްބަރު 2026

އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި

23 ނޮވެމްބަރު 2026
އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި
22 ނޮވެމްބަރު 2026

ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި

22 ނޮވެމްބަރު 2026
ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި
22 ނޮވެމްބަރު 2026

އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު

22 ނޮވެމްބަރު 2026
އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު
18 ނޮވެމްބަރު 2026

މި ބިން ވިއްކާ ސަރުކާރު 2028 ގައި އަޅުގަނޑުމެން ބަލިކުރާނަން: މީކާއީލް

18 ނޮވެމްބަރު 2026
މި ބިން ވިއްކާ ސަރުކާރު 2028 ގައި އަޅުގަނޑުމެން ބަލިކުރާނަން: މީކާއީލް
17 ނޮވެމްބަރު 2026

އިނގިރޭސިވިލާތުން ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުން އާބާދުވުންތައް ފުޅާކުރުމުގައި ބައިވެރިވާ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

17 ނޮވެމްބަރު 2026
އިނގިރޭސިވިލާތުން ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުން އާބާދުވުންތައް ފުޅާކުރުމުގައި ބައިވެރިވާ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް