Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢުދީ-ޙޫޘީންގެ ކުރިމަތިލުން

ރިޔާޟަށް ދޭން އުޅުނު ހަމަލާތައް ދިފާއުކޮށް، ޔަމަނުގެ ހަނގުރާމައިގެ މައިދާނުގައި ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް!

29 ނޮވެމްބަރު 2026 | އާދީއްތަ 05:23

ސަޢުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ގިނަ މިސައިލްތަކެއް ދިފާއީ ބާރުތަކުން ވައްޓާލާފައިވާއިރު، މި ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައި. ހަމަމިއާއެކު ޔަމަނުގެ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ޙޫޘީންގެ ގިނަ ބަޔަކު މަރުވެފައިވާއިރު، ދެ ފަރާތުގެ މެދުގައި ހަމަލާތައް ވަނީ އަލުން ހޫނުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 29 ނޮވެމްބަރު 2026 | އާދީއްތަ 05:23
ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އިމާރާތްތައް ފެންނަ ފޮޓޯއެއް [ފައިލް]

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އިމާރާތްތައް ފެންނަ ފޮޓޯއެއް [ފައިލް] | އޭޕީ

ޔަމަނުގެ ޙޫޘީ ޖަމާއަތުން ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟާއި އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ތިން ބެލިސްޓިކް މިސައިލް، ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދުގެ ވައިގެ ދިފާއީ ބާރުތަކުން އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިފާއުކޮށް، ވައްޓައިލައިފި އެވެ. ހަމަމިއާއެކު، ޔަމަނުގެ އެކި ސަރަހައްދުތަކުގައި އެ ގައުމުގެ ސަރުކާރު ސިފައިން ހިންގި އޮޕަރޭޝަންތަކެއްގައި ޙޫޘީންގެ 87 ކޮމާންޑަރުންނާއި ހަނގުރާމަވެރިން މަރިލާފައިވާ ކަމަށް ޔަމަނުގެ ސިފައިން ވަނީ ހާމަކޮށްފަ އެވެ.

ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކުރި މިސައިލްތައް ދިފާއުކުރުން

ޙޫޘީން ފޮނުވާލި ތިން މިސައިލްގެ ތެރެއިން ދެ ބެލިސްޓިކް މިސައިލް އަމާޒުކޮށްފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ އިރުމަތީ ޕްރޮވިންސަށް ކަމަށާއި، އަނެއް މިސައިލް ފޮނުވާލާފައި ވަނީ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ކަމަށް ސަޢުދީ އިއްތިހާދުން ބުންޏެވެ. އިރުމަތީ ޕްރޮވިންސަށް ފޮނުވާލި ދެ މިސައިލް ވައިގެ ތެރޭގައި ގޮއްވާލުމުން އޭގެ ބައިތައް ބިމަށް ފޭބި ނަމަވެސް، އާންމުންގެ އެއްވެސް މީހަކަށް ޒަހަމެއް ލިބިފައި ނުވާ ކަމަށް އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލްމާލިކީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

އާންމު ރައްޔިތުންނާއި މަދަނީ ބިނާތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އަލްމާލިކީ ދެއްވި އެވެ. މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާގެ ޖާޒާން ސަރަހައްދަށް ހަމަލާ ދިނުމަށް ޙޫޘީން ބޭނުންކުރި ބެލިސްޓިކް މިސައިލް ފޮނުވާލާ އުޅަނދެއް، ޔަމަނުގެ އުތުރުގެ ޞަޢުދާ ޕްރޮވިންސުން ހޯދައި ނައްތާލާފައިވާ ކަމަށް އެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ހާމަކުރި އެވެ.

ޙޫޘީން ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހޮނިހިރު ދުވަހު ވެސް ޙޫޘީން ފޮނުވާލި ފަސް މިސައިލެއް އިއްތިހާދުން ވަނީ ދިފާއުކޮށް، ވައްޓައިލާފަ އެވެ. އެ ހަމަލާތަކާ ގުޅިގެން ސަޢުދީ ޢަރަބިއްޔާގެ މަދަނީ ސަލާމަތާބެހޭ އިދާރާއިން ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ އަށް އިންޒާރު ނެރެފަ އެވެ.

ޔަމަނުގެ އަސްކަރިއްޔާގެ އޮޕަރޭޝަންތަކާއި އާންމުންނަށް ލިބުނު ގެއްލުންތައް

އަނެއްކޮޅުން، ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ޔަމަނުގެ އެކި ހަނގުރާމައިގެ މައިދާންތަކުގައި ހިންގި 779 އަސްކަރީ އޮޕަރޭޝަނެއްގައި، ޙޫޘީންގެ 87 ކޮމާންޑަރުންނާއި ހަނގުރާމަވެރިން މަރައިލާފައި ނުވަތަ ޒަހަމުކޮށްލާފައިވާނެ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުންޏެވެ. މި އޮޕަރޭޝަންތަކުގައި ޙޫޘީންގެ 63 އަސްކަރީ އުޅަނދާއި އަސްކަރީ އެހެނިހެން ސާމާނު ހަލާކުކޮށް، ގެއްލުން ދީފައިވާ ކަމަށް ޔަމަނު ސިފައިންގެ ތަރުޖަމާނު މާޖިދު އައްނުޒައިލީ ވިދާޅުވި އެވެ. ނަމަވެސް، މަރައިލައި ނުވަތަ ޒަހަމުކޮށްލާފައިވާ މީހުންގެ ތެރެއިން މަރުވީ ކިތައް މީހުން ކަމާއި ޒަހަމުވީ ކިތައް މީހުން ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ޙޫޘީން ދެމުންދާ ހަމަލާތަކުގައި އާންމުންނަށް ލިބެމުންދާ ގެއްލުންތަކަށް އަލިއަޅުއްވައިލައްވަމުން އައްނުޒައިލީ ވިދާޅުވީ، ޔަމަނުގެ ހުޅަނގު ދެކުނުގެ ތަޢިއްޒު ޕްރޮވިންސަށް ޙޫޘީން ދިން މިސައިލާއި މޯޓަރު އަދި ޑްރޯން ހަމަލާތަކުގައި އާންމުންގެ 11 މީހުން މަރުވެ، ކުޑަކުދިން ހިމެނޭ ގޮތަށް ހަތް މީހުން ޒަހަމުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ދެކުނުގެ ލަޙްޖު ޕްރޮވިންސަށް އަމާޒުވި މިސައިލެއްގެ ބައިތަކުން ޖެހި ދެ އަންހެން ކުދިން ޒަހަމުވެފައިވާ ކަމަށާއި، އައްޟާލިޢު ޕްރޮވިންސްގައި ޙޫޘީންގެ ސްނައިޕަރަކު ބަޑިޖެހުމުގެ ސަބަބުން އާންމުންގެ އިތުރު މީހަކު ޒަހަމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔަމަނުގެ އަސްކަރިއްޔާގެ މި ބަޔާނާ ގުޅިގެން ޙޫޘީންގެ ފަރާތުން އެއްވެސް ބަހެއް ލިބިފައެއް ނުވެ އެވެ.

ޔަމަނުގެ ދާހަލީ ހަނގުރާމައިގެ ތާރީހު

2014 ވަނަ އަހަރު ޙޫޘީން ޔަމަނުގެ ވެރިރަށް ޞަންޢާއާއި އެ ގައުމުގެ ބޮޑު ބައެއް ހިފި ހިސާބުން ފެށިގެން ޔަމަނު ވަނީ ނުރައްކާތެރި ދާހީލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ އުފެއްދި އަސްކަރީ އިއްތިހާދުން މި ހަނގުރާމައިގެ ތެރެއަށް ވަނީ 2015 މާރިޗު މަހުގަ އެވެ. މި ހަނގުރާމައިގެ ސަބަބުން ޔަމަނުގައި ވަނީ އިންސާނީ ބޮޑު ކާރިސާއެއް އުފެދިފަ އެވެ.

2022 ވަނަ އަހަރު ގާއިމުކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅުމާ ގުޅިގެން، ޔަމަނުގެ ސަރުކާރު ސިފައިންނާއި ޙޫޘީންނާ ދެމެދު ހަމަލާތައް އަލުން ހޫނުވެ، މަސްރަހު އިތުރަށް ގޯސްވާން ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންހޫޡީރިޔާޟްޔަމަން-ސަޢުދީ ހަނގުރާމަޞަންޢާ

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވަނީ!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2026

"ޙޫޘީންގެ ހަމަލާތައް ބަލައެއް ނުގަނެވޭނެ": ސަޢުދީގެ ދިފާއުގައި މައްކާ އިއްތިހާދުގެ ބާރުތައް އެއްގަލަކަށް

28 ނޮވެމްބަރު 2026
"ޙޫޘީންގެ ހަމަލާތައް ބަލައެއް ނުގަނެވޭނެ": ސަޢުދީގެ ދިފާއުގައި މައްކާ އިއްތިހާދުގެ ބާރުތައް އެއްގަލަކަށް
27 ނޮވެމްބަރު 2026

ޖާޒާން ތެޔޮ ކާރުހާނާއަށް ޙޫޘީން ދިން ހަމަލާއެއްގައި އެ ތަނުގައި ރޯވެ، ނޭޕާލްގެ ރައްޔިތަކު މަރުވެ އެތައް ބަޔަކަށް ޒަހަމުވެއްޖެ

27 ނޮވެމްބަރު 2026
ޖާޒާން ތެޔޮ ކާރުހާނާއަށް ޙޫޘީން ދިން ހަމަލާއެއްގައި އެ ތަނުގައި ރޯވެ، ނޭޕާލްގެ ރައްޔިތަކު މަރުވެ އެތައް ބަޔަކަށް ޒަހަމުވެއްޖެ
27 ނޮވެމްބަރު 2026

ހަމަލާތައް ވަރުގަދަވެ، ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހުރި ޙޫޘީންގެ 50 އަމާޒެއް ސަޢުދީ އިއްތިހާދުން ނައްތާލައިފި

27 ނޮވެމްބަރު 2026
ހަމަލާތައް ވަރުގަދަވެ، ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހުރި ޙޫޘީންގެ 50 އަމާޒެއް ސަޢުދީ އިއްތިހާދުން ނައްތާލައިފި
26 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ޙޫޘީން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލައިފި

26 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ޙޫޘީން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލައިފި
25 ނޮވެމްބަރު 2026

ރިޔާޟުގެ މާލީ މަރުކަޒަށް ދިން ހަމަލާއަށްފަހު ސަޢުދީގެ އިރުމަތީ ޕްރޮވިންސުން ދެ ޑްރޯން ހުއްޓުވައިފި، ޔަމަނުގެ އަސްކަރީ އޮޕަރޭޝަނުގައި ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް

25 ނޮވެމްބަރު 2026
ރިޔާޟުގެ މާލީ މަރުކަޒަށް ދިން ހަމަލާއަށްފަހު ސަޢުދީގެ އިރުމަތީ ޕްރޮވިންސުން ދެ ޑްރޯން ހުއްޓުވައިފި، ޔަމަނުގެ އަސްކަރީ އޮޕަރޭޝަނުގައި ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް
23 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި

23 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި
22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
21 ނޮވެމްބަރު 2026

ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

21 ނޮވެމްބަރު 2026
ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
18 ނޮވެމްބަރު 2026

ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި

18 ނޮވެމްބަރު 2026
ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި
16 ނޮވެމްބަރު 2026

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026
ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް