Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢުދީ-ޙޫޘީންގެ ކުރިމަތިލުން

ޖާޒާން ތެޔޮ ކާރުހާނާއަށް ޙޫޘީން ދިން ހަމަލާއެއްގައި އެ ތަނުގައި ރޯވެ، ނޭޕާލްގެ ރައްޔިތަކު މަރުވެ އެތައް ބަޔަކަށް ޒަހަމުވެއްޖެ

27 ނޮވެމްބަރު 2026 | ހުކުރު 05:33

ސަޢުދީގެ ޖާޒާންގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަށް ޙޫޘީން ދިން މި ހަމަލާއާ ގުޅިގެން އެ ތަނުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓުރޯލުކޮށްފައި. މި ހަމަލާ ދިނުމަށް ބޭނުންކުރި މިސައިލް ލޯންޗަރު ސަޢުދީ އިއްތިހާދުން ނައްތާލާފައިވާއިރު، މިއީ ޔަމަނުގެ ހަމަނުޖެހުންތައް އަލުން އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައި ދިން ހަމަލާއެއް

ނިއުސް ޓީމް
ނިއުސް ޓީމް | 27 ނޮވެމްބަރު 2026 | ހުކުރު 05:33
ސަޢުދީ ޢަރަބިއްޔާގެ ޖާޒާން ސަރަހައްދުގައި ހުންނަ ސަޢުދީ އަރަމްކޯ ކުންފުނީގެ ތެޔޮ ކާރުހާނާ [ފައިލް]

ސަޢުދީ ޢަރަބިއްޔާގެ ޖާޒާން ސަރަހައްދުގައި ހުންނަ ސަޢުދީ އަރަމްކޯ ކުންފުނީގެ ތެޔޮ ކާރުހާނާ [ފައިލް] | ހައުސް އޮފް ސަޢުދު

ސަޢުދީ ޢަރަބިއްޔާގެ ޖާޒާން ސަރަހައްދުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ބުރާސްފަތި ދުވަހު ދިން ހަމަލާއެއްގައި މުވައްޒަފަކު މަރުވެ، އިތުރު ބަޔަކު ޒަހަމުވެފައިވާ ކަމަށް އެ ގައުމުގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

ކާރުހާނާއަށް އަމާޒުވީ "އަދާވާތްތެރިންގެ ވައިގެ ހަތިޔާރެއްގެ ހަމަލާއެއް" ކަމަށާއި، މި ހަމަލާގެ ސަބަބުން އެ ތަނުގައި އަލިފާން ރޯވެ، ކާރުހާނާގެ ބައެއް އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނު ކަމަށް އެ ވުޒާރާގެ މަސްދަރަކާ ހަވާލާދީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް، ރޯވި އަލިފާންގަނޑު މިހާރު ނިއްވައިލައި ކޮންޓުރޯލު ކުރެވިފައިވާ ކަމަށް އެ ވުޒާރާގެ މަސްދަރުން ބުންޏެވެ.

Advertisement - worldAdvertisement

ފުރަތަމަ ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މި ހަމަލާގައި މަރުވެފައި ވަނީ ނޭޕާލަށް ނިސްބަތްވާ މުވައްޒަފެއް ކަމަށާއި، އެކި ގައުމުތަކަށް ނިސްބަތްވާ އިތުރު މުވައްޒަފުންތަކަކަށް އެކިވަރުގެ ޒަހަމުތައް ލިބިފައިވާ ކަމަށް އެ މަސްދަރުން ފާހަގަކުރި އެވެ. ޒަހަމުވި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ މިހާރު ދެމުން އަންނަ ކަމަށާއި، މަރުވި މުވައްޒަފުގެ އާއިލާއަށް ތައުޒިޔާ ކިޔައި، ޒަހަމުވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަމަލާއާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި ހާއްސަ ފަންނީ ޓީމުތަކުން ވަނީ ވަގުތުން މަސައްކަތް ފަށާފަ އެވެ. ހަމަމިއާއެކު، ލިބުނު ގެއްލުންތައް ވަޒަންކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހަކަތައާ ބެހޭ ވުޒާރާގެ މަސްދަރުން ހާމަކުރި އެވެ.

މި ހަމަލާގެ ޒިންމާ އުފުލާ ފަރާތެއް ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައެއް ނުވެ އެވެ. އަދި، ޒަހަމުވި މުވައްޒަފުންގެ ސީދާ އަދަދެއް ވެސް އެ ވުޒާރާއިން ބުނެފައެއް ނުވެ އެވެ.

ނަމަވެސް، ޖާޒާން ތެޔޮ ސާފުކުރާ ކާރުހާނާއަށް ހަމަލާ ދިނީ ޔަމަނުގެ ޙޫޘީން ކަމަށް، ޔަމަނުގެ ގާނޫނީ ސަރުކާރަށް ތާއީދުކުރާ ސަޢުދީ އިސްވެ އޮންނަ އިއްތިހާދުން ބުރާސްފަތި ދުވަހު ބުނެފައިވެ އެވެ. އަދި، މި ހަމަލާ ދިނުމަށް ބޭނުންކުރި ބެލިސްޓިކް މިސައިލް ފޮނުވައިލާ ޕްލެޓްފޯމެއް، ޔަމަނުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ އަލް-ޙުދައިދާއިން ހޯދައި ނައްތައިލާފައިވާ ކަމަށް އެ އިއްތިހާދުން ފަހުން ހާމަކުރި އެވެ.

މި ހަމަލާ ދީފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ވައިގެ ބަނދަރުތަކާއި ހަކަތައިގެ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ހިމެނޭހެން، ޙޫޘީންނާއި ސަޢުދީ އިސްވެ އޮންނަ އިއްތިހާދާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އިތުރަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. 2022 ވަނަ އަހަރު ފެށުނު ނިސްބަތުން ހަމަހިމޭން މަސްތަކަކަށްފަހު، ޔަމަނުގެ ސަރުކާރު ސިފައިންނާއި ޙޫޘީންނާ ދެމެދު ހިނގާ ހަމަނުޖެހުންތައް އަލުން ވަރުގަދަވާން ފެށީ ޖުލައި މަހުގަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންހޫޡީނޭޕާލްސައުދީ-ހޫޘީންޖާޒާން

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2026

ހަމަލާތައް ވަރުގަދަވެ، ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހުރި ޙޫޘީންގެ 50 އަމާޒެއް ސަޢުދީ އިއްތިހާދުން ނައްތާލައިފި

27 ނޮވެމްބަރު 2026
ހަމަލާތައް ވަރުގަދަވެ، ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހުރި ޙޫޘީންގެ 50 އަމާޒެއް ސަޢުދީ އިއްތިހާދުން ނައްތާލައިފި
26 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ޙޫޘީން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލައިފި

26 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ޙޫޘީން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލައިފި
25 ނޮވެމްބަރު 2026

ރިޔާޟުގެ މާލީ މަރުކަޒަށް ދިން ހަމަލާއަށްފަހު ސަޢުދީގެ އިރުމަތީ ޕްރޮވިންސުން ދެ ޑްރޯން ހުއްޓުވައިފި، ޔަމަނުގެ އަސްކަރީ އޮޕަރޭޝަނުގައި ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް

25 ނޮވެމްބަރު 2026
ރިޔާޟުގެ މާލީ މަރުކަޒަށް ދިން ހަމަލާއަށްފަހު ސަޢުދީގެ އިރުމަތީ ޕްރޮވިންސުން ދެ ޑްރޯން ހުއްޓުވައިފި، ޔަމަނުގެ އަސްކަރީ އޮޕަރޭޝަނުގައި ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް
24 ނޮވެމްބަރު 2026

ފެންބޮޑުވުމުގެ ކާރިސާއަށްފަހު އިންޑިއާއިން ނޭޕާލަށް 1.62 ބިލިޔަން ޑޮލަރުގެ ބޮޑު އެހީއެއް

24 ނޮވެމްބަރު 2026
ފެންބޮޑުވުމުގެ ކާރިސާއަށްފަހު އިންޑިއާއިން ނޭޕާލަށް 1.62 ބިލިޔަން ޑޮލަރުގެ ބޮޑު އެހީއެއް
23 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި

23 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި
22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
21 ނޮވެމްބަރު 2026

ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

21 ނޮވެމްބަރު 2026
ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
18 ނޮވެމްބަރު 2026

ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި

18 ނޮވެމްބަރު 2026
ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި
16 ނޮވެމްބަރު 2026

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026
ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް
15 ނޮވެމްބަރު 2026

ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި

15 ނޮވެމްބަރު 2026
ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް