Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢުދީ-ޙޫޘީންގެ ކުރިމަތިލުން

ހަމަލާތައް ވަރުގަދަވެ، ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހުރި ޙޫޘީންގެ 50 އަމާޒެއް ސަޢުދީ އިއްތިހާދުން ނައްތާލައިފި

27 ނޮވެމްބަރު 2026 | ހުކުރު 04:57

ސަޢުދީގެ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ޙޫޘީން ދިން ހަމަލާއެއްގައި މީހަކު މަރުވުމާ ގުޅިގެން، ރައްދުގައި ސަޢުދީ އިއްތިހާދުން ޔަމަނުގެ ތިން ޕްރޮވިންސެއްގައި ހުރި ޙޫޘީންގެ އަސްކަރީ 50 އަމާޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި އޮޕަރޭޝަނުގައި ޙޫޘީންގެ އަސްކަރީ ގާބިލުކަން ނައްތާލުމަށް ގިނަ ތަންތަން ސުންނާފަތިކޮށްލާފައިވާއިރު، އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތަކަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް އިއްތިހާދުން ވަނީ ދީފައި

ނިއުސް ޓީމް
ނިއުސް ޓީމް | 27 ނޮވެމްބަރު 2026 | ހުކުރު 04:57
ޔަމަނުގެ ސަރުކާރު ސިފައިންނަށް ދިން ހަމަލާތަކެއްގައި ސުންނާފަތި ކޮށްލާފައިވާ އަސްކަރީ އުޅަނދެއްގެ ކައިރީގައި ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވަނީ

ޔަމަނުގެ ސަރުކާރު ސިފައިންނަށް ދިން ހަމަލާތަކެއްގައި ސުންނާފަތި ކޮށްލާފައިވާ އަސްކަރީ އުޅަނދެއްގެ ކައިރީގައި ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވަނީ | އީޕީއޭ

ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރަށް ވާގިވެރިވާ ސަޢުދީ ޢަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން، ޙޫޘީންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި އެ ގައުމުގެ ތިން ޕްރޮވިންސެއްގައި ހުރި އަސްކަރީ 50 އަމާޒެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އެ އިއްތިހާދުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި އަމާޒުކޮށްފައި ވަނީ ޙޫޘީންގެ އަސްކަރީ ގާބިލުކަމަށް ކަމަށް، މީސްމީޑީއާގައި އާންމުކުރި ބަޔާނެއްގައި އިއްތިހާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވި އެވެ. މި ގޮތުން ޔަމަނުގެ މެދުތެރޭގައި އޮންނަ ޞަންޢާ ޕްރޮވިންސާއި، ހުޅަނގުގައި އޮންނަ އަލް-ޙުދައިދާ ޕްރޮވިންސްގެ އިތުރުން، ހުޅަނގުއުތުރުގައި އޮންނަ ސަޢުދާ ޕްރޮވިންސުން "ޝަރުއީ އަސްކަރީ އަމާޒުތަކުގެ" ގޮތުގައި އޭނާ ސިފަކުރެއްވި 50 ތަނެއް އިއްތިހާދުގެ ސިފައިން ސުންނާފަތިކޮށްލާފައިވާ ކަން އަލް-މާލިކީ ހާމަކުރެއްވި އެވެ.

Advertisement - worldAdvertisement

ނަމަވެސް، ސުންނާފަތިކޮށްލި ތަންތަނުގެ ބާވަތާ ބެހޭ ތަފްސީލެއް އަލް-މާލިކީ ދެއްވާފައެއް ނުވެ އެވެ. އިއްތިހާދުގެ މި އިއުލާނާ ގުޅިގެން ޙޫޘީންގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި އޮޕަރޭޝަން ހިންގާފައި މި ވަނީ ޙޫޘީންނާއި ސަޢުދީ އިއްތިހާދާ ދެމެދު ހަމަލާތައް ބަދަލުކުރުން އިތުރަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. ބުރާސްފަތި ދުވަހުގެ ކުރީކޮޅު ޙޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާގެ ހުޅަނގުދެކުނުގައި އޮންނަ ޖާޒާންގެ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ހަމަލާދީފައި ކަމަށް އިއްތިހާދުން ބުންޏެވެ.

އެ ހަމަލާގައި ނޭޕާލްގެ ރައްޔިތަކު މަރުވެ، އެކި ގައުމުތަކަށް ނިސްބަތްވާ އިތުރު ބަޔަކަށް އެކިވަރުގެ ޒަހަމުތައް ލިބިފައިވާ ކަން ސަޢުދީގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި އެވެ. މިއާއެކު، އާންމުންނާއި މަދަނީ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަށް ވަރުގަދަ އަސްކަރީ ރައްދެއް ދޭނެ ކަމަށް ވިދާޅުވެ އަލް-މާލިކީ އިންޒާރު ދެއްވި އެވެ.

ހަމަމިއާއެކު، ޖާޒާންގެ ތެޔޮ ސާފުކުރާ ކާރުހާނާއަށް ހަމަލާދިނުމަށް ޙޫޘީން ބޭނުންކުރި ބެލިސްޓިކް މިސައިލް ފޮނުވާ ޕްލެޓްފޯމެއް އަލް-ޙުދައިދާގައި ހުއްޓައި ސުންނާފަތިކޮށްލާފައިވާ ކަމަށް އިއްތިހާދުން އިއުލާންކުރި އެވެ. ބުރާސްފަތި ދުވަހުގެ ކުރީކޮޅު ސަޢުދީގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ވަނީ ޖާޒާންގައި ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ކުޑަވަގުތުކޮޅަކަށް ނެރެފަ އެވެ.

2014 ވަނަ އަހަރު ޙޫޘީން ޔަމަނުގެ ވެރިރަށް ޞަންޢާއާއި އެ ގައުމުގެ އެހެން ބައެއް ސަރަހައްދުތައް ހިފުމާ ގުޅިގެން އެ ގައުމު ވަނީ ހަނގުރާމައިގެ ތެރެއަށް ވެއްޓިފަ އެވެ. އެ ކަމާ ގުޅިގެން ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން 2015 މާރިޗުގައި ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ އަސްކަރީ އިއްތިހާދެއް އުފައްދައި ހަނގުރާމައިގެ ތެރެއަށް ވަނެވެ.

2022 ވަނަ އަހަރު އެކުލަވާލި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ރޫޅުމާ ގުޅިގެން، މިދިޔަ ޖުލައި މަހު ޔަމަނުގެ ސަރުކާރު ސިފައިންނާއި ޙޫޘީންނާ ދެމެދު އަލުން ވަނީ ހަނގުރާމަ ފެށިފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންހޫޡީޞަންޢާސައުދީ-ހޫޘީން

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ޙޫޘީން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލައިފި

26 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ޙޫޘީން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލައިފި
25 ނޮވެމްބަރު 2026

ރިޔާޟުގެ މާލީ މަރުކަޒަށް ދިން ހަމަލާއަށްފަހު ސަޢުދީގެ އިރުމަތީ ޕްރޮވިންސުން ދެ ޑްރޯން ހުއްޓުވައިފި، ޔަމަނުގެ އަސްކަރީ އޮޕަރޭޝަނުގައި ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް

25 ނޮވެމްބަރު 2026
ރިޔާޟުގެ މާލީ މަރުކަޒަށް ދިން ހަމަލާއަށްފަހު ސަޢުދީގެ އިރުމަތީ ޕްރޮވިންސުން ދެ ޑްރޯން ހުއްޓުވައިފި، ޔަމަނުގެ އަސްކަރީ އޮޕަރޭޝަނުގައި ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް
23 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި

23 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި
22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
21 ނޮވެމްބަރު 2026

ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

21 ނޮވެމްބަރު 2026
ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
18 ނޮވެމްބަރު 2026

ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި

18 ނޮވެމްބަރު 2026
ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި
16 ނޮވެމްބަރު 2026

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026
ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް
15 ނޮވެމްބަރު 2026

ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި

15 ނޮވެމްބަރު 2026
ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި
15 ނޮވެމްބަރު 2026

ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި

15 ނޮވެމްބަރު 2026
ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި
13 ނޮވެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި

13 ނޮވެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް