Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައި-އިލެކްޝަން

ތިނަދޫ، ވަށަފަރު އަދި ހުޅުދޫ ބައި-އިލެކްޝަންގެ ވޯޓުލުން: ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް މަދު!

28 ނޮވެމްބަރު 2026 | ހޮނިހިރު 08:00

ވ. ތިނަދޫ ކައުންސިލްގެ ރައީސާއި ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލާން ނުކުންނަ މީހުން މަދުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި. މާލެ އާއި އަތޮޅުތެރޭގައި ޖުމްލަ 10 ވޯޓުފޮށި ބަހައްޓައިގެން ކުރިއަށްދާ މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު | 28 ނޮވެމްބަރު 2026 | ހޮނިހިރު 08:00
އައްޑޫ ހުޅުދޫގެ މާލެ، ޖަމާލުއްދީން ސްކޫލް، ހޯލުގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުމަށް މީހަކު މަޑު ކޮށްލައިގެން

އައްޑޫ ހުޅުދޫގެ މާލެ، ޖަމާލުއްދީން ސްކޫލް، ހޯލުގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުމަށް މީހަކު މަޑު ކޮށްލައިގެން | އިލެކްޝަންސް ކޮމިޝަން

ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ، ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަން ވޯޓުލުން ފަށައިފި އެވެ. 

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓުލުން ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށް ކުރިއަށްދާނެ ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ކަމަށް ކޮމިޝަނުން ބުނެ އެވެ. 

Advertisement - newsAdvertisement

ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓް އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރާނީ އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓް އެވެ. އައްޑުއަތޮޅު އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓު ވާދަކުރެ އެވެ. އަދި ވ. ތިނަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓު ވާދަކުރެ އެވެ. 

ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން އީސީން ބުނީ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ހުރިހާ އެންމެން ވެސް އޭގެ ބޭނުން ހިފައި ވީހާވެސް އަވަހަށް ވޯޓުލުމަށް ކޮމިޝަނުން އެދިފައިވެ އެވެ.

މީގެ އިތުރުން އީސީން ބުނީ، މި ބައި-އިލެކްޝަނުގައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަހައްދުގައި 5 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ ކަމަށެވެ.

އެގޮތުން ހއ. ވަށަފަރު އަދި ވ. ތިނަދޫގެ ސްކޫލުގައި ވޯޓުލާ މަރުކަޒު ގާއިމްކޮށްފައިވާއިރު، އަދި ސ. ހުޅުދޫގައި 3 ވޯޓުލާ މަރުކަޒުތައް ގާއިމްކޮށްފައިވަނީ ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގަ އެވެ. އަދި މާލޭގައި ޖަމާލުއްދީން ސްކޫލުގައި 4 ވޯޓުލާ މަރުކަޒުގެ އިތުރުން ހުޅުމާލެ ފޭސް 1، ސީ.އެޗް.އެސް.އީ ހޯލްގައި 1 މަރުކަޒު ވަނީ ގާއިމް ކޮށްފަ އެވެ. 

ވޯޓުލާ މަރުކަޒުތަކުގައި 81 އޮފިޝަލުން ހަރަކާތްތެރިވާއިރު، 100އަށްވުރެ ގިނަ ފަރާތަކުން މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ކަމަށް އީސީން ބުނެ އެވެ. 

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހު ކަމަށް އީސީން ބުނެ އެވެ. 

އިލެކްޝަންސް ކޮމިޝަންއިންތިޚާބުބައި-އިލެކްޝަން

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2026

ޕީއެންސީގެ މެންބަރުންގެ އަދަދު 1 ލައްކައަށް އަރުވަން ސަރުކާރު ޑެސްޕަރޭޓް ލެވެލްއަކަށް؟

20 ނޮވެމްބަރު 2026
ޕީއެންސީގެ މެންބަރުންގެ އަދަދު 1 ލައްކައަށް އަރުވަން ސަރުކާރު ޑެސްޕަރޭޓް ލެވެލްއަކަށް؟
16 ނޮވެމްބަރު 2026

2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

16 ނޮވެމްބަރު 2026
2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
18 ސެޕްޓެމްބަރު 2026

ޕީއެންއެފްގެ ތުުހުމަތުތައް ދޮގުކޮށް، އެ ވާހަކަތައް އީސީ އިން ކުށްވެރިކޮށްފި

18 ސެޕްޓެމްބަރު 2026
ޕީއެންއެފްގެ ތުުހުމަތުތައް ދޮގުކޮށް، އެ ވާހަކަތައް އީސީ އިން ކުށްވެރިކޮށްފި
17 ސެޕްޓެމްބަރު 2026

ޕީއެންއެފްގެ މެންބަރުންނަށް ނޭނގި ޕާޓީން ވަކިކުރި މައްސަލަ: އީސީގެ ރައީސްއާ ދެކޮޅަށް ހުށަހެޅި ޖިނާއީ މައްސަލަ ފުލުހުން ބަލައިގަނެފި

17 ސެޕްޓެމްބަރު 2026
ޕީއެންއެފްގެ މެންބަރުންނަށް ނޭނގި ޕާޓީން ވަކިކުރި މައްސަލަ: އީސީގެ ރައީސްއާ ދެކޮޅަށް ހުށަހެޅި ޖިނާއީ މައްސަލަ ފުލުހުން ބަލައިގަނެފި
03 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!

03 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!
03 ސެޕްޓެމްބަރު 2026

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

03 ސެޕްޓެމްބަރު 2026
ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
27 ޖުލައި 2026

ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ

27 ޖުލައި 2026
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ
22 ޖުލައި 2026

ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!

22 ޖުލައި 2026
ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!
22 ޖުލައި 2026

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި

22 ޖުލައި 2026
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި
14 ޖުލައި 2026

ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ

14 ޖުލައި 2026
ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް