Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ބުރިޖު

އައްޑޫ ބުރިޖް: ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވި މަސައްކަތް ސަރުކާރުން ދިން އެތައް ޑެޑްލައިންއެއް ހަމަވިއިރު ވެސް ނުފެށޭ!

28 ނޮވެމްބަރު 2026 | ހޮނިހިރު 08:03

އައްޑޫ ބްރިޖުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކުރި ނަމަވެސް، އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި. މި މަޝްރޫއުގެ ސާވޭއާއި ޑިޒައިން ހެދުމަށް މިހާރު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އައްޑޫ ސިޓީއަށް ވެވަޑައިގެންފައިވާ އެންމެ ބޮޑު އެއް ވައުދު

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 28 ނޮވެމްބަރު 2026 | ހޮނިހިރު 08:03
ހިތަދޫއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކުރުން

ހިތަދޫއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކުރުން | ސޯޝަލް މީޑިއާ

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަައްކަވަމުން މެންބަރު ދީދީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ މަސައްކަތް ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް 3 އަހަރު ވެގެންދިޔައިރު ބުރިޖުގެ މަސައްކަތް ފެށިފައި ނުވާ ކަމަށާއި ކޮންމެ އިންތިހާބަކާއި ދިމާކޮށް ކޮންމެ ވެސް ބަޔަކާ މަސައްކަތް ހަވާލުކުރާ ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ. 

އެންމެ ބޮޑު އެއް ވައުދެއް މިސާލަކަށް ބުރިޖްގެ ވާހަކައަކީ، މިހާރު ރައީސް މުއިއްޒުގެ ވާހަކައިގެ ތެރޭގައި ބުރިޖްގެ ނަމެއް ނުވެސް އާދޭ. ތިން އަހަރު ވެގެންދިޔައިރު ކޮންމެ ފަހަރަކު ވެސް އިންތިހަބަކާ ދިމާކޮށް، މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ބަޔަކާއި ހަވާލު ކުރީ، ހަމަ އެގޮތަށް މިދިޔަ ކައުންސިލް އިންތިހާބާއި ދިމާކޮށް އޭގެފަހުން އެހެން ބަޔަކާ ހަވާލު ކުރީ. އަމަލީ ގޮތުން 2024 ވަނަ އަހަރު ވިދާޅުވި 2024 ވަނަ އަހަރު ނިމުމުގެ ކުރިން ފެށޭނޭ، 2025 ވަނަ އަހަރު ވިދާޅުވި 2025 ނިމުމުގެ ކުރިން މި މަސައްކަތް ފެށޭނޭ
އަހުމަދު ދީދީ 

މެންބަރު ދީދީ ވިދާޅުވީ ފެނިގެން ދަނީ އެއްވެސް މަސައްކަތެއް ނުފެށި، ރައްޔިތުން މާޔޫސް ކަމެއްގައި ތިބި މަންޒަރު ކަމަށެވެ.

އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައި އޮތް މަސައްކަތެކެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އައްޑޫސިޓީ ހުޅުމީދޫގެ 15 ކިލޯ މީޓަރުގެ ބްރިޖްގެ ފީޒިބިލީޓީ ހެދުމަށް ޗައިނާ ކުންފުންޏަކާއި ޙަވާލުކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ. 

އައްޑޫ ބުރިޖު އެޅުމުގެ ސާވޭއާއީ ޑިޒައިން ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ 'ދި އަރަބް ކޮންޓްރެކްޓާޒް"އާ 2024 ވަނަ  އަހަރުގެ ފެބްރުއަރީ މަހުގެ 19ގައި ސަރުކާރުން ހަވާލުކުރި އެވެ.

އޭގެ ފަހުން 2024 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި އައްޑޫގެ ބްރިޖްގެ ފީޒިބިލިޓީ ނިމި ޢަމަލީ މަސައްކަތް ފައްޓަވަން ތައްޔާރުވަމުންދާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ނަމަވެސް އެ ކުންފުނިން ބުރިޖުގެ ސާވޭ ނިންމައި، ޕްރޮޕޯސަލަކާ ހަމައަށް އައިސް އަމަލީ މަސައްކަތް ފެށޭ ވަރަށް ފައިނޭންސް ހަމަޖައްސައިގެން މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ. 

އަދި އެ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކޮމްޕެނީއާ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައި އެވެ. މި އެއްބަސްވުމުގެ ދަށުން ބުރިޖުގެ ސާވޭތައް ހެދުމާއި ޑިޒައިން ތައްޔާރުކުރުމާއި ފަންނީ ކަންކަމާއި ޓެންޑަރިންނަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރާނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފައިވެ އެވެ. 

ހަމައެއާއެކު، 2026 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ބްރިޖު މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން ކުރުމާއި ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އައްްޑޫ ސިޓީހިތަދޫ-ހުޅުމީދޫ ބްރިޖު އަޙްމަދު ދީދީ

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

މި ސަރުކާރުގެ އެންމެ ބޮޑު އެއް ފެއިލިއަރއަކީ ބަލިކަށިވެފައި އޮތް ފޮރިން ޕޮލިސީއެއް އޮތުން: މެންބަރު އަހުމަދު ދީދީ

26 ނޮވެމްބަރު 2026
މި ސަރުކާރުގެ އެންމެ ބޮޑު އެއް ފެއިލިއަރއަކީ ބަލިކަށިވެފައި އޮތް ފޮރިން ޕޮލިސީއެއް އޮތުން: މެންބަރު އަހުމަދު ދީދީ
23 ނޮވެމްބަރު 2026

އަންނަ އަހަރުގެ ބަޖެޓަކީ އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނެތް "ނާއުންމީދީ" ބަޖެޓެއް: މެންބަރު އަހުމަދު ދީދީ

23 ނޮވެމްބަރު 2026
އަންނަ އަހަރުގެ ބަޖެޓަކީ އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނެތް "ނާއުންމީދީ" ބަޖެޓެއް: މެންބަރު އަހުމަދު ދީދީ
20 ނޮވެމްބަރު 2026

ބަޖެޓު ފޮތުން ފެންނަން ހުރި އަދަދުތަކަކީ އެއްވެސް ވަރަކަށް "ރެލެވެންޓް" އަދަދުތަކެއް ނޫން: މެންބަރު ދީދީ

20 ނޮވެމްބަރު 2026
ބަޖެޓު ފޮތުން ފެންނަން ހުރި އަދަދުތަކަކީ އެއްވެސް ވަރަކަށް "ރެލެވެންޓް" އަދަދުތަކެއް ނޫން: މެންބަރު ދީދީ
21 އޮކްޓޯބަރު 2026

ޝަންގްރިއްލާ ހުޅުވީ ނަމެއްގައި، ދުނިޔޭގެ އެއްވެސް ބުކިންގ ޕްލެޓްފޯމްއަކުން ބުކިންގ ނުކުރެވޭ: މެންބަރު ދީދީ

21 އޮކްޓޯބަރު 2026
ޝަންގްރިއްލާ ހުޅުވީ ނަމެއްގައި، ދުނިޔޭގެ އެއްވެސް ބުކިންގ ޕްލެޓްފޯމްއަކުން ބުކިންގ ނުކުރެވޭ: މެންބަރު ދީދީ
18 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް

18 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް
13 އޮކްޓޯބަރު 2026

އެއްބަސްވުމެއްގައި އޮންނަ އަކުރެއްވެސް ނުފޮރުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ރައީސް މުއިއްޒު، ރާއްޖޭގެ ބިމެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވައިފި: ދީދީ

13 އޮކްޓޯބަރު 2026
އެއްބަސްވުމެއްގައި އޮންނަ އަކުރެއްވެސް ނުފޮރުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ރައީސް މުއިއްޒު، ރާއްޖޭގެ ބިމެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވައިފި: ދީދީ
05 އޮކްޓޯބަރު 2026

ޕީޕީއެމް، ޕީއެންސީ ފިކުރުގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ސަރުކާރު ނިމިދާއިރު ކައުންސިލްތައް އޮންނަނީ ވިހައި މަރުވާ ބަލަހައްޓާ ތަނެއް ގޮތުގައި: މެންބަރު ދީދީ

05 އޮކްޓޯބަރު 2026
ޕީޕީއެމް، ޕީއެންސީ ފިކުރުގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ސަރުކާރު ނިމިދާއިރު ކައުންސިލްތައް އޮންނަނީ ވިހައި މަރުވާ ބަލަހައްޓާ ތަނެއް ގޮތުގައި: މެންބަރު ދީދީ
23 ސެޕްޓެމްބަރު 2026

"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ

23 ސެޕްޓެމްބަރު 2026
"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ
13 ސެޕްޓެމްބަރު 2026

ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫން ގޮތަށް، އައްޑޫ ލިންކް ރޯޑް ބޭނުން ނުކުރުމަށް އެދެފި!

13 ސެޕްޓެމްބަރު 2026
ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫން ގޮތަށް، އައްޑޫ ލިންކް ރޯޑް ބޭނުން ނުކުރުމަށް އެދެފި!
29 އޯގަސްޓު 2026

އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު: އެންމެ އިސްކަންދޭ ލިސްޓުގެ އެއްވަނައިގައި އޮންނަތާ 3 އަހަރު!

29 އޯގަސްޓު 2026
އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު: އެންމެ އިސްކަންދޭ ލިސްޓުގެ އެއްވަނައިގައި އޮންނަތާ 3 އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް