އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް
18 އޮކްޓޯބަރު 2026 | އާދީއްތަ 12:22އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ފައްޔާޒް އިސްމާއިލް އައްޑޫ ސިޓީއަށް ކުރާ ދަތުރުގައި، ޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށާއި އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކަށް މެންބަރުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ދަނީ ކުރަމުން. މި ދަތުރުގައި "ބޮޑު ބަދަލު" އިސްލާހީ ހަރަކާތުގެ މައުލޫމާތު ހިއްސާކުރުމަށް ވޯކްޝޮޕްތައް ބޭއްވުމުގެ އިތުރުން، އައްޑޫގެ ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި މަޝްވަރާކުރުން ކުރިއަށްދާނެ


ފައްޔާޒްގެ އައްޑޫ ދަތުރުފުޅުގައި "ދޮރުން ދޮރަށް" ހަރަކާތްތަކާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައި | ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ދާ ދަތުރުގައި، އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްޓަކައި އާދިއްތަ ދުވަހުގެ ވެސް ކާމިޔާބު ކަމާއެކު ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންގޮސްފި އެވެ.
މި މަހުގެ 17ން 24 އަށް ކުރިއަށްދާ މި ދަތުރަކީ އައްޑޫގައި ދިރިއުޅޭ އެމްޑީޕީގެ ހުރިހާ މެންބަރުންނާއި އަދި އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، ޕާޓީގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުގެ މައިގަނޑު އެއް ބޭނުމަކީ އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތައް އައްޑޫ ސިޓީގައި ވަރުގަދަކުރުމެވެ. މީގެ އިތުރުން "ބޮޑު ބަދަލު" އިސްލާހީ ހަރަކާތަށް ރައްޔިތުން ހޭލުންތެރިކުރުވައި، އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ މަސައްކަތްތަކެއް މި ދަތުރުގެ ތެރެއިން ކުރިއަށްދާނެ އެވެ. މިކަމަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕްތައް ވެސް އައްޑޫގެ ހުރިހާ ރަށެއްގައި ކުރިއަށްދާނެ ކަމަށް ފައްޔާޒްގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ.
މި ދަތުރުފުގައި އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނެވުނު މުހިންމު ބަދަލުތަކާ ގުޅޭގޮތުން މެންބަރުންނަށް މައުލޫމާތު ދިނުމާއި މަޝްވަރާ ކުރުން ކުރިއަށް ގެންދާނެ އެވެ. އަސާސީ ގަވާއިދަށް ގެނެވުނު ގިނަ އިސްލާހުތަކަކީ ފައްޔާޒް އިސްމާއިލް ހުށަހަޅުއްވާފައިވާ ކަންކަމަށް ވުމާއެކު، އެ އިސްލާހުތަކުގެ ތަފްސީލުތައް ޕާޓީގެ މެންބަރުންނަށާއި ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.
މި ދަތުރުގައި ފައްޔާޒް ގެންދަވަނީ އައްޑޫގެ އެކި އަވަށްތަކުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ވެސް ހިންގަވަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނާއި ޕާޓީގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ އެވެ. ޚާއްސަކޮށް އައްޑޫ ސިޓީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި ވާހަކަދެކެވޭނެ އެވެ.
ފައްޔާޒް އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރަކީ ކުރިއަށް އޮތް އެމްޑީޕީ ގެ ރިޔާސީ ޕްރައިމަރީއަށް ޕާޓީގެ ތާއީދު އިތުރުކުރުމަށާއި، އައްޑޫގެ މެންބަރުންނާ އޮތް ގުޅުން ބަދަހިކުރުމަށް ކުރައްވާ މުހިންމު ދަތުރެއް ކަމަށް ފައްޔާޒް ގެ ކެމްޕެއިން ޓީމުން ބުނެ އެވެ.











