Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަންގްރިއްލާ

ޝަންގްރިއްލާ ހުޅުވީ ނަމެއްގައި، ދުނިޔޭގެ އެއްވެސް ބުކިންގ ޕްލެޓްފޯމްއަކުން ބުކިންގ ނުކުރެވޭ: މެންބަރު ދީދީ

21 އޮކްޓޯބަރު 2026 | ބުދަ 13:12

އައްޑޫ ސިޓީގައި ހުންނަ ޝަންގްރިއްލާ ރިސޯޓު ހުޅުވާފައިވަނީ ހަމައެކަނި ނަމެއްގައި ކަމަށާއި، އެތަނުން އެއްވެސް ޚިދުމަތެއް ނުލިބޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ. ސަރުކާރުން އިންވެސްޓަރުންނަށް ބިރުދައްކައިގެން އެތަން ހުޅުވި ނަމަވެސް، އެއްވެސް ބުކިންގ ޕްލެޓްފޯމަކުން ކޮޓަރި ބުކް ނުކުރެވޭތީ އައްޑޫ ރައްޔިތުންނަށް އެކަމުގެ އެއްވެސް ފައިދާއެއް ނުކުރާކަން އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 21 އޮކްޓޯބަރު 2026 | ބުދަ 13:12
ޝަންގްރި-ލާ ރިސޯޓް އަލުން ހުޅުވުމަށްޓަކައި ކުރެވެމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލެއްވުން

ޝަންގްރި-ލާ ރިސޯޓް އަލުން ހުޅުވުމަށްޓަކައި ކުރެވެމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލެއްވުން | ސޯޝަލް މީޑިއާ

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ހުޅުވީ ނަމެއްގައި ކަމަށާއި ދުނިޔޭގެ އެއްވެސް ބުކިންގ ޕްލެޓްފޯމްއަކުން ބުކިންގ ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅު ވިލިގިލީގައި ހުންނަ 5 ތަރީގެ އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓެކެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރުމަށްފަހު، 5 އަހަރަށްވުރެ ގިނަ ދުވަސްވީ ބަންދަކަށްފަހު މި ރިސޯޓު ވަނީ 30 ޑިސެމްބަރު 2025 ގައި އަލުން ހުޅުވާފައި އެވެ. 

Advertisement - newsAdvertisement

އެގޮތުން، ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު 2025 ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ވަޑައިގެން 31 ގައި ޝަންގްރިއްލާ ހުޅުވާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. އަދި ޝަންގްރިއްލާ ހުޅުވާފައިވަނީ ގާނޫނު ބަދަލުކޮށްގެން އެ ކުންފުންޏަށް ބިރު ދައްކައިގެން ކަމަށް މެންބަރު ދީދީ ތުހުމަތު ކުރެއްވި އެވެ. 

ޝަންގްރިއްލާ ހުޅުވި ނަމަވެސް އެތަނުން ހިދުމަތް ނުދޭ ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ. 

އެއީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން އިންވެސްޓަރަށް ނޫނީ މެނޭޖްމަންޓް ކުންފުންޏަށް ބިރު ދައްކައިގެން ނުހުޅުވާފިއްޔާ ބޭރުކޮށްލާނެ ކަމުގެ އިންޒާރު ދީ އެގޮތަށް މަސައްކަތް ކޮށްގެން އެބޭފުޅުން ހުޅުވައިފި. ހުޅުވީ ހަމައެކަނި ނަމެއްގައި ބޯޑުގައި އޯޕަން ޖަހާލީ. ދުނިޔޭގެ އެއްވެސް ބުކިން ޕްލެޓްފޯމްއަކުން ބުކިން ނުކުރެވޭ، މިއީ އެވެއިލަބްލްއެއް ނޫން އެއްވެސް ތަނެއްގައި އެއްވެސް މުވައްޒަފެއް ނެތް ދެން ކިހިނެއްތޯ އޯޕަން ކުރި ކަމަށް ވާނީ
މެންބަރު ދީދީ 

މީގެ ކުރިން ހުޅުވާފައިވަނިކޮށް މިއަހަރު ޑިސެންބަރު 31 ގައި ވެސް ހުޅުވާނެ ކަމަށް ސަރުކާރުން ބުނާ ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ. އަދި މީގެ ކުރިން ހުޅުވާ، ޓޫރިޒަމް މިނިސްޓްރީން ނޫސްބަޔާން ނެރިހަދާފައިވާ ތަނެއް އަލުން ހުޅުވާ ވާހަކަ ދެއްކުމުން ފެނިގެން ދަނީ ދައްކާ ވާހަކައާ އަމަލާއި ދިމާ ނުވާ މަންޒަރު ކަމަށް ވިދާޅުވެ މެންބަރު ދީދީ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ، އެ ރިސޯޓު އަލުން ހުޅުވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.

ނަމަވެސް މިހާތަނަށް ވެސް އެ ރިސޯޓުން އެއްވެސް ފައިދާއެއް އައްޑޫސިޓީ ރައްޔިތުންނަށް ލިބިފައި ނުވާތީ އެ ސިޓީގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާއައްްޑޫ ސިޓީއައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް

18 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް
13 ސެޕްޓެމްބަރު 2026

ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫން ގޮތަށް، އައްޑޫ ލިންކް ރޯޑް ބޭނުން ނުކުރުމަށް އެދެފި!

13 ސެޕްޓެމްބަރު 2026
ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫން ގޮތަށް، އައްޑޫ ލިންކް ރޯޑް ބޭނުން ނުކުރުމަށް އެދެފި!
29 އޯގަސްޓު 2026

ރައީސް މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަން ވައުދުވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެނޭ: މެންބަރު ދީދީ

29 އޯގަސްޓު 2026
ރައީސް މުއިއްޒު އައްޑޫސިޓީގައި 100 ދުވަހުން ނިންމަން ވައުދުވި ކަންކަން 1000 ދުވަސްވެފައިވާއިރު ވެސް ނުފެނޭ: މެންބަރު ދީދީ
27 އޯގަސްޓު 2026

އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތްކުރަމުން ދިޔަ އެތަށް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އިހުތިޖާޖުކޮށްފި

27 އޯގަސްޓު 2026
އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތްކުރަމުން ދިޔަ އެތަށް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އިހުތިޖާޖުކޮށްފި
24 އޯގަސްޓު 2026

ފޭދޫ ސްކޫލްގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ ފަރުވާ ދެނީ!

24 އޯގަސްޓު 2026
ފޭދޫ ސްކޫލްގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ ފަރުވާ ދެނީ!
24 އޯގަސްޓު 2026

އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ

24 އޯގަސްޓު 2026
އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
17 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު

17 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
14 އޯގަސްޓު 2026

ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު

14 އޯގަސްޓު 2026
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް