Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

26 ނޮވެމްބަރު 2026 | ބުރާސްފަތި 05:59

ހުޅުމާލެ ފޭސް 2 ގެ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވި އަލިފާންގަނޑު ސިފައިންނާއި ފުލުހުން ގުޅިގެން ނިއްވާލާފައިވާއިރު، މި ހާދިސާގައި އެ ކާރު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި. މި ހާދިސާގައި އިތުރު ދެ ކާރަކަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 05:59
ހުޅުމާލެ ފޭސް-2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި

ހުޅުމާލެ ފޭސް-2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި | އެމްއެންޑީއެފް

ހުޅުމާލެ ފޭސް-2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު 2026 ނޮވެމްބަރު 26 ވަނަ ދުވަހުގެ ދަންވަރު 02:15 އެހައިކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އަލިފާން ނިއްވުމަށް ކުރި މަސައްކަތުން، ދަންވަރު 02:26 ހާއިރު ކާރުގައި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި ހާދިސާގައި އަލިފާން ރޯވި ކާރު ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މިހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށެވެ. 

މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް ބުނީ، ކާރުގައި އަލިފާން ރޯވުމާއެކު އެސަރަހައްދުގައި އުޅުނު މީހާ ދުވެ ފިލާފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް މި ކާރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ކަމާގުޅުން އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވެ އެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ކާރެއްގައި އަލިފާން ރޯވެ އަނދާފައިވާއިރު، ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަން އުޅުނު މާރާމާރީއެއް ހުއްޓުވައި، 6 މީހުން ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.

ހުޅުމާލެ އެމްއެންޑީއެފްދިވެހި ފުލުހުންގެ ޚިދުމަތްއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

5

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފި

26 ނޮވެމްބަރު 2026
ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފި
25 ނޮވެމްބަރު 2026

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޚިދުމަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

25 ނޮވެމްބަރު 2026
ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޚިދުމަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
25 ނޮވެމްބަރު 2026

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 ނޮވެމްބަރު 2026
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
25 ނޮވެމްބަރު 2026

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލައެއް ތަހުގީގު ކުރަނީ

25 ނޮވެމްބަރު 2026
ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލައެއް ތަހުގީގު ކުރަނީ
23 ނޮވެމްބަރު 2026

އިންޑޮނޭޝިއާގެ ފެކްޓްރީއެއްގައި ރޯވެ 24 މީހުން މަރުވެއްޖެ

23 ނޮވެމްބަރު 2026
އިންޑޮނޭޝިއާގެ ފެކްޓްރީއެއްގައި ރޯވެ 24 މީހުން މަރުވެއްޖެ
23 ނޮވެމްބަރު 2026

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހުން މަރުވެ، 30 މީހުން ގެއްލިއްޖެ

23 ނޮވެމްބަރު 2026
އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހުން މަރުވެ، 30 މީހުން ގެއްލިއްޖެ
22 ނޮވެމްބަރު 2026

އެމްއެންޑީއެފްގެ ''އެކްސަސައިޒް ޖައްރާފާ-2026'' ފަށައިފި

22 ނޮވެމްބަރު 2026
އެމްއެންޑީއެފްގެ ''އެކްސަސައިޒް ޖައްރާފާ-2026'' ފަށައިފި
20 ނޮވެމްބަރު 2026

ފަރުކޮޅުފުއްޓާ ދިމާ ބޭރުން ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

20 ނޮވެމްބަރު 2026
ފަރުކޮޅުފުއްޓާ ދިމާ ބޭރުން ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
19 ނޮވެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

19 ނޮވެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި
18 ނޮވެމްބަރު 2026

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފި

18 ނޮވެމްބަރު 2026
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް