Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޭމަރުން

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޚިދުމަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

25 ނޮވެމްބަރު 2026 | ބުދަ 17:33

ސްކޭމަރުން ޑްރައިވަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދުކޮށްދޭނަމަ އިތުރު އިނާޔަތްތައް ދޭނެކަމަށް ބުނެ އޮޅުވާލައިގެން މާލީ ކުށްތަކުގައި ބައިވެރިކުރަމުންދާތީ ފުލުހުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައި. މިފަދަ ޝައްކުކުރެވޭ މުއާމަލާތެއް ހިނގައިފިނަމަ އެ ފައިސާ ބޭނުންނުކޮށް، ވަގުތުން ބޭންކަށާއި ފުލުހުންނަށް ރިޕޯޓުކުރުމަށްވެސް ފުލުހުން އިރުޝާދު ދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ނޮވެމްބަރު 2026 | ބުދަ 17:33
މީހަކު ނަގުދު ފައިސާ އެހެން މީހަކާ ހަވާލު ކުރަނީ. ސްކޭމަރުން ވެސް ވަގަށް ނަގާ ފައިސާ މިގޮތަށް ދައުރު ކުރަމުންދަނީ އެހެން މީހުންގެ އެކައުންޓްތަކަށް ފޮނުވައިގެން

މީހަކު ނަގުދު ފައިސާ އެހެން މީހަކާ ހަވާލު ކުރަނީ. ސްކޭމަރުން ވެސް ވަގަށް ނަގާ ފައިސާ މިގޮތަށް ދައުރު ކުރަމުންދަނީ އެހެން މީހުންގެ އެކައުންޓްތަކަށް ފޮނުވައިގެން | މޯލްޑިވްސް ޕޮލިސް ސާރވިސް

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޚިދުމަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ. 

ފުލުހުން ބުނީ، މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ފުލުހުން ބުނެ އެވެ.

ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދޭނަމަ، އެ ޚިދުމަތުގެ ބަދަލެއްގެ ގޮތުން އިތުރު ފައިސާ ނުވަތަ ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުން ކަމަށެވެ. ފުލުހުން ބުނީ، މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ސަބަބުން އެއީ މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ. 

މި ސްކޭމް ހިންގާ ގޮތަށް އިޝާރާތްކޮށް ފުލުހުން ބުނީ، އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވާ ކަމަށާއި، ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، ގިނަ ފަހަރަށް އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ އެ ފަރާތަށް ގުޅައި މުއާމަލާތް ކުރާ ކަމަށެވެ. 

އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްފަހު ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދޭ ކަމަށެވެ. މިކަމަށް ޑްރައިވަރުން އެއްބަސްކުރުވުމަށްޓަކައި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސްގެ ގޮތުގައި އިތުރު ފައިސާ ދިނުމަށް ސްކޭމަރުން ހުށަހަޅާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް، މިގޮތަށް އެކައުންޓްތަކަށް ޓްރާންސްފަރ ކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ ކަމަށާއި، އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގަށް ނެގި ފައިސާ ދައުރުކުރުމަށާއި، އެ ފައިސާ ދައުރުކުރި ގޮތް ފޮރުވުމަށް އެހީތެރިވުން ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އެކައުންޓަށް ޝައްކުކުރެވޭ ފަދަ ޓްރާންސްފަރއެއް ލިބިފައިވާނަމަ، އެ ފައިސާ ފޮނުވި ނުވަތަ ގުޅި މީހާދޭ އިރުޝާދަށް އެ ފައިސާ އެކައުންޓުން ނެގުމާއި، ހަރަދުކުރުމާއި، އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުން ނުވަތަ އަނބުރާ ފޮނުވުންފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި ވަގުތުން ބޭންކަށާއި ފުލުހުންނަށް އެކަން އަންގައި، މެސެޖުތަކާއި، ކޯލް ރެކޯޑްތަކާއި، ބުކިންގ ތަފްސީލުތައް އަދި ޓްރާންސްފަރ ސްލިޕްތައް ފަދަ ކަމާގުޅުންހުރި ހުރިހާ ހެކިތަކެއް ރައްކާތެރި ކުރުމަށް ފުލުހުން އެދިފައިވެ އެވެ. 

ފުލުހުން ބުނީ، ރައިޑް-ހެއިލިންގ އަދި ޑެލިވަރީގެ ޚިދުމަތްތަކަކީ އާމްދަނީ ހޯދުމަށް އޮތް މުހިންމު ވަސީލަތެއް ކަމަށާއި، ކުށްވެރިންގެ ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް މަގުފަހިކުރުމަށް، އަދި ނާޖާއިޒު ފައިދާ ނެގުމަށް އެއްވެސް ފުރުސަތެއް ދިނުމަށް އެދޭ ކަމަށެވެ. 

ސްކޭމަރުންރައިޑް-ހެއިލިންގޑެލިވަރީމާލީ ކުށްދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2026

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 ނޮވެމްބަރު 2026
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
25 ނޮވެމްބަރު 2026

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލައެއް ތަހުގީގު ކުރަނީ

25 ނޮވެމްބަރު 2026
ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލައެއް ތަހުގީގު ކުރަނީ
19 ނޮވެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

19 ނޮވެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި
18 ނޮވެމްބަރު 2026

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފި

18 ނޮވެމްބަރު 2026
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފި
17 ނޮވެމްބަރު 2026

ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށްފި

17 ނޮވެމްބަރު 2026
ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށްފި
16 ނޮވެމްބަރު 2026

ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމްތަކެއްގައި "އިހުތިރާމު އަދާކުރުން" ޚާއްސަ މޮޑިއުލެއްގެ ގޮތުގައި ހިމަނަން ނިންމައިފި

16 ނޮވެމްބަރު 2026
ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމްތަކެއްގައި "އިހުތިރާމު އަދާކުރުން" ޚާއްސަ މޮޑިއުލެއްގެ ގޮތުގައި ހިމަނަން ނިންމައިފި
14 ނޮވެމްބަރު 2026

ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

14 ނޮވެމްބަރު 2026
ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
13 ނޮވެމްބަރު 2026

ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި

13 ނޮވެމްބަރު 2026
ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!
08 ނޮވެމްބަރު 2026

ފުލުހުން އަންނަ އަހަރު އިސްކަން ދޭނެ ދާއިރާތައް ކަނޑައެޅުމަށް ބާއްވާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ފަށައިފި

08 ނޮވެމްބަރު 2026
ފުލުހުން އަންނަ އަހަރު އިސްކަން ދޭނެ ދާއިރާތައް ކަނޑައެޅުމަށް ބާއްވާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް