Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ ކަޅުބާޒާރު

ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ

25 އޯގަސްޓު 2026 | އަންގާރަ 07:36

ބޮންޑާ ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި ގަތުމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު ދައުރެއް އަދާކުރައްވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޯގަސްޓު 2026 | އަންގާރަ 07:36
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބޮންޑާ ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބޮންޑާ ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ޓޭންކަރާއި ބޮޑު ބަޑި، އަދި ހުރިހާ އެއްޗެއް ނެރެގެން ހައްޔަރު ކުރަން ޖެހޭ މީހާ ވަރަށް ސާފުކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން އަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި ގަތުމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު ދައުރެއް އަދާކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިފްކޯ އިން ވިއްކާ މަސް، ބޭރު ގައުމުތަކަށް ވިއްކަނީ ޑޮލަރުން ކަމަށް ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ، ބޭރުގެ ގައުމުތަކަށް މަސް ވިއްކައިގެން ލިބޭ ޑޮލަރު މާރު ކުރި ތަނެއް، މާރު ކުރި ބައެއް އަދި މާރުކުރި ރޭޓެއް ރައްޔިތުންނަށް އެނގިފައި ނުވާ ކަމަށެވެ. އަދި ލިބުނު ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވަނީ ސަރުކާރުން ކަމަށް ބޮންޑާ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ބޭންކުތަކުން 19 ރުފިޔާ އަށް ކަޅުބާޒާރުން ޑޮލަރު ގަންނަމުންދާ ކަމަށާއި، އެކަން ކުރުވަނީ ވެސް ރައީސް މުއިއްޒު ކަމަށް ބޮންޑާ ވިދާޅުވި އެވެ. ބޮންޑާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު މާރުކުރާ ނަމަ، މާރުކޮށްފައިވަނީ ކިހާ ޑޮލަރެއް ކަމާއި ކިހާވަރެއްގެ ރޭޓަކުންކަން ރައްޔިތުންނަށް ހާމަކުރަންޖެހޭ ކަމަށެވެ.

މަނީ އެކްސްޗޭންޖަރުންނަށް އެއާޕޯޓުން ވެސް ހުއްދަ ނުދޭކަން ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ، މިއީ ސަރުކާރުން ޑޮލަރުތައް ނަގައިގެން ކަޅު ބާޒާރެއް ހިންގުމަށް ފާޅުގައި ކުރާ ބޮޑު ވައްކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ ރައީސް މުއިއްޒު ކަޅުބާޒާރުގައި ވިޔަފާރި ކުރައްވަމުން ގެންދަވަމުންދާ މައްސަލަ ބެލުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާއެއް ކަމަށާއި ގާނޫނުގެ ކުރިމަތީގައި އެ މަނިކުފާނު އިސްތިސްނާ ނުވާނެ ކަމަށް ބޮންޑާ ވިދާޅުވި އެވެ.

މަނީ ޗޭންޖަރުތަކަށް ލައިސެންސެއް ނުދޭ. ސަރުކާރުން މި ހުރިހާ ޑޮލަރެއް ނަގައިގެން ކަޅުބާޒާރު ހިންގައިގެން މިއީ ފާޅުގައި ކުރާ ބޮޑު ވައްކަމެއް. އެންމެނަށް އެނގޭ ރައީސުލްޖުމްހޫރިއްޔާ ކަން މިކަން ކުރަނީ. ޕްރޮސެކިއުޓަރ ޖެނެރަލް އަށް އެނގޭނެ މިއީ ޖިނާއީ ކުށެއްކަން. ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާއެއް އެއީ ކުށެއް ކުރާ މީހަކު ހައްޔަރުކޮށް ނުވަތަ ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުން. މިއަދު ކަޅުބާޒާރުގައި ވިޔަފާރި ކުރަނީ މުއިއްޒު. އޭނާގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާ އެއް. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރީމަ އޭނާ ގާނޫނު ކުރިމަތީގައި އިސްތިސްނާ އެއް ނުވޭ
އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ ޑޮލަރަކީ މުދަލެއް ނޫން ކަމަށާއި ޑޮލަރުގެ އަގު މަތިވަމުންދަނީ ފައިސާ މުދަލެއްގެ ގޮތުގައި ދައުލަތުން ބޭނުންކުރަމުންދާތީ ކަމަށެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ޑޮލަރު ނުއަގުގައި ގަނެ ވިއްކުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި މިފަދަ ވިޔަފާރި ކުރާ މީހުންނާ މެދު އެދެވޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ސަރުކާރުގެ ކުންފުނިތަކުން ކަޅުބާޒާރުގައި ޑޮލަރު ގަންނަ ކަމަށާއި ޑޮލަރުގެ ކަޅުބާޒާރަކީ ސަރުކާރުން ބަލައިގަންނަ ރަސްމީ މުއާމަލާތްތައް ހިންގާ ބާޒާރެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ޑޮލަރުގެ މައްސަލައިބްރާހީމް ރަޝީދު (ބޮންޑާ)އަލީ އިޙްސާން

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
23 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފައި ހުރި ތަންތަން ވެރިކަމަށް އައިސް އުވާލީ: ބޮންޑާ

23 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފައި ހުރި ތަންތަން ވެރިކަމަށް އައިސް އުވާލީ: ބޮންޑާ
22 އޯގަސްޓު 2026

ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟

22 އޯގަސްޓު 2026
ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟
20 އޯގަސްޓު 2026

ކަޅު ބާޒާރުގައި ބުރާސްފަތި ދުވަހު ވެސް ޑޮލަރުގެ އަގު ހުރީ 22.85 ގައި!

20 އޯގަސްޓު 2026
ކަޅު ބާޒާރުގައި ބުރާސްފަތި ދުވަހު ވެސް ޑޮލަރުގެ އަގު ހުރީ 22.85 ގައި!
20 އޯގަސްޓު 2026

ގާނޫނުގައި ބުނެފައިވާ ގޮތުން އެސްއީޒެޑްގެ ދަށުން އެޕާޓްމަންޓެއް ގަންނަ މީހާ ރާއްޖޭގައި ދިރިއުޅޭކަށް ނުޖެހޭ: ބޮންޑާ

20 އޯގަސްޓު 2026
ގާނޫނުގައި ބުނެފައިވާ ގޮތުން އެސްއީޒެޑްގެ ދަށުން އެޕާޓްމަންޓެއް ގަންނަ މީހާ ރާއްޖޭގައި ދިރިއުޅޭކަށް ނުޖެހޭ: ބޮންޑާ
19 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް!

19 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް!
16 އޯގަސްޓު 2026

ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު

16 އޯގަސްޓު 2026
ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު
15 އޯގަސްޓު 2026

ރިސޯޓުތަކަށް މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ އުސޫލާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ގޯސްވާނެ: އަމީރު

15 އޯގަސްޓު 2026
ރިސޯޓުތަކަށް މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ އުސޫލާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ގޯސްވާނެ: އަމީރު
14 އޯގަސްޓު 2026

ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އޮކްޓޯބަރު މަހުގެ ނިޔަލަށް ޑޮލަރުގެ އަގު ހުންނާނީ 25 ގައި: ޒަރިޔަންދު

14 އޯގަސްޓު 2026
ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އޮކްޓޯބަރު މަހުގެ ނިޔަލަށް ޑޮލަރުގެ އަގު ހުންނާނީ 25 ގައި: ޒަރިޔަންދު
12 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު

12 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް