Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބަޖެޓަށް ވޯޓު ދޭ މެންބަރުންގެ ދާއިރާތަކަށް ވެސް ކަމެއް ނުވޭ: މެންބަރު އަމީން

24 ނޮވެމްބަރު 2026 | އަންގާރަ 09:17

ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އޮންނަންޖެހޭ ކަމަށް ވިދާޅުވެ، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކަންބޮޑުވުން ފާޅުކުރައްވައިފި. އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބަދަލުގައި ބަޖެޓުގައި އިސްކަންދީފައިވާ ބައެއް ކަންކަމަށް ފާޑުވިދާޅުވަމުން، ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ދިނީ ވައުދުތައް ފުއްދުމަށް ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާކަން އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 24 ނޮވެމްބަރު 2026 | އަންގާރަ 09:17
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް | ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ހުށަހަޅާ ބަޖެޓަށް ވޯޓު ދޭ މެންބަރުންގެ ދާއިރާތަކަށް ވެސް ކަންކަން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އަމީން ވިދާޅުވީ ސަރުކާރުން ފައިސާ ހަރަދު ކުރަނީ ކިހިނެއްތޯ އިނގެން ޖެހޭ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ހަމަހަމަކަން އޮންނަން ޖެހޭ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ދައުލަތަށް ލިބޭ ފައިސާ ދާއިރާތަކަށް ބެހިގެން ދާއިރު  ހަމަޔާ އިންސާފު އޮންނަން ޖެހޭކަން ފާހަގަކުރައްވާ މެންބަރު އަމީން ވިދާޅުވީ ރައްޔިތުން ވެރިކަން ހަވާލުކުރަނީ ހިތުހުރި ގޮތަކަށް ދައުލަތުގެ މާލިއްޔާތު ބޭނުން ކުރުމަކަށް ނޫން ކަމަށެވެ. 

މެންބަރު އަމީން ވަނީ ބަޖެޓުގައި ބައެއް ކަންކަން ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މިސާލަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ބައިގައި 448 މިލިއަން ރުފިޔާ ރިޓަޔާރމެންޓަށް، މި އަޅުގަނޑުމެން ބަލާލަން އެބަ ޖެހޭ އަޅުގަނޑުމެން މިއުޅެނީ ފެނާއި ނަރުދަމާ ނުލިބިގެން މިއަދު 10:30 ގެ ކުރީގެ ދަންފަޅީގައި ވާހަކަ މިދެއްކީ، މި ގާނޫނު އަސާސީގައި ލިޔެފައި މިއަށް 18، 20 އަހަރުވެގެން މިދަނީ 500 މީހުން 700 މީހުން އުޅޭ އާބާދީއެއްގައި ކުރުކޮށް ބުނަންޏާ 120 ގޭބީސީއަށް ފެނާއި ނަރުދަމާގެ ހޮޅި ގުޅާ ނުލެވިގެން އުޅޭ ދައުލަތެއްގެ ރިޓާޔަމަންޓަށް 448 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް މި ބެޖެޓު ފޮތުގައި އެބައޮތް
އަމީން ފައިސަލް 

ހަމައެއާއެކު ދިފާއީ ކަންކަމުގެ ބައިގައި 434 މިލިއަން ރުފިޔާ މުވައްޒަފުންގެ ކެޔުމަށް ހަރަދުކުރަން އޮތް ކަމަށް ވިދާޅުވެ މެންބަރު އަމީން ވަނީ މި ފައިސާތައް ބެހިގެން ދަނީ ހަމަހަމަ ކަމާއެކީގައިތޯ ސުވާލު އުފައްދަވާފަ އެވެ. 

މީގެ އިތުރުން، ރަށްރަށުގެ ސްކޫލްތަކުގައި ފަށާފައިވާ މަޝްރޫއުތައް ނިންމުމުގެ ބަދަލުގައި އާންމުކޮށް ނަމާދެއްގައި 2 ސަފު ނުވަތަ 3 ސަފު ފުރޭ ރަށްރަށުގައި އަނެއްކާ ވެސް އިތުރު މިސްކިތްތައް ބިނާކުރަން ބަޖެޓުގައި ޖަހާފައި ހުރުމުން މެންބަރު އަމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އަމީން ވިދާޅުވީ ރައްޔިތުން ޕީއެންސީއަށް މީގެ ކުރިން ނުދޭ ވަރުގެ ބޮޑު މެޖޯރިޓީއެއް ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށް ނަމަވެސް، މިއަދާއި ހަމައަށް އައިއިރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ހުރި ކަމަށެވެ. 

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބަޖެޓަށް ވޯޓަށް ދޭ މެންބަރުންގެ ދާއިރާތަކުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަމަށް މެންބަރު އަމީން ވިދާޅުވި އެވެ.   

އަމީން ފައިސަލްބަޖެޓު ބަހުސް

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުއާކުރުން ނޫން ގޮތެއް ނެތް: މެންބަރު ޒިޔާދު

16 ނޮވެމްބަރު 2026
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުއާކުރުން ނޫން ގޮތެއް ނެތް: މެންބަރު ޒިޔާދު
10 ނޮވެމްބަރު 2026

ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް

10 ނޮވެމްބަރު 2026
ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް
27 އޮކްޓޯބަރު 2026

ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން

27 އޮކްޓޯބަރު 2026
ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން
05 އޮކްޓޯބަރު 2026

"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން

05 އޮކްޓޯބަރު 2026
"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން
26 އޯގަސްޓު 2026

މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން

26 އޯގަސްޓު 2026
މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން
23 އޯގަސްޓު 2026

މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން

23 އޯގަސްޓު 2026
މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން
17 އޯގަސްޓު 2026

މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން

17 އޯގަސްޓު 2026
މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން
09 އޯގަސްޓު 2026

މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް

09 އޯގަސްޓު 2026
މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް
07 ޖުލައި 2026

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

07 ޖުލައި 2026
ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު
06 ޖުލައި 2026

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!

06 ޖުލައި 2026
އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް