Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!

15 ނޮވެމްބަރު 2026 | އާދީއްތަ 11:53

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުމަށް ބޭނުންކުރި ދިއްލޭ ބޯޅައަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމަލެއް ކޮޕީކުރުން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުން. މި ކެމްޕޭނުގެ ސީރިއަސްކަން ގެއްލި، އާންމުންގެ މަލާމާތާއި "މީމް" ތަކަށް މިކަން ބަދަލުވުމާއެކު، އެ ބޯޅައަކީ އޮންލައިންކޮށް އަގުހެޔޮކޮށް ގަންނަން ލިބޭ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ނޮވެމްބަރު 2026 | އާދީއްތަ 11:53
ހޮނިހިރު ދުވަހުގެ ރޭ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމުގެ ގޮތުން މޮނިއުމަންޓެއްގެ މަތީގައި ރައީސް މުއިއްޒު ދިއްލޭ ބޯޅަ އެއް ބާއްވަނީ

ހޮނިހިރު ދުވަހުގެ ރޭ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމުގެ ގޮތުން މޮނިއުމަންޓެއްގެ މަތީގައި ރައީސް މުއިއްޒު ދިއްލޭ ބޯޅަ އެއް ބާއްވަނީ | ރައީސް އޮފީސް

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވި "ބޯޅަ" އަށް އެތައްބައެއްގެ ސަމާލުކަން ހުއްޓި، އެކަން މީމް އަކަށް ހަދައި ސޯޝަލް މީޑިއާގައި އެ ފޮޓޯތައް އާންމު ކުރަން ފަށައިފި އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ރައީސް މުއިއްޒު ވަނީ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމުގެ ގޮތުން މޮނިއުމަންޓެއްގެ މަތީގައި ދިއްލޭ ބޯޅަ އެއް ބާއްވަވާފަ އެވެ. ސަރުކާރުން ފެށި މި ކެމްޕޭންގެ މައިގަނޑު މެސެޖަށްވުރެ ބޮޑަށް، ރައީސް މުއިއްޒު ގެންގުޅުއްވި މި ދިއްލޭ ބޯޅަ ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑު ޖޯކަކަށް ނުވަތަ "މީމް" އަކަށް ބަދަލުވެފަ އެވެ. މީގެ ސަބަބުން މުޅި ކެމްޕޭންގެ ސީރިއަސްކަން ގެއްލި، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މުޅި ކެމްޕޭން ވަނީ މަޖާ ވާހަކައަކަށް ވެފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ 2017 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރާ މަރުކަޒެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިއްލޭ ބޯޅައެއްގައި އަތްޕުޅު ޖައްސަވާލެއްވި މަޝްހޫރު މަންޒުގެ ވީޑިތޯތަކާ ފޮޓޯތައް ވެސް ދައުރު ކުރަމުންނެވެ. އޭރު ޓްރަމްޕްގެ އެ ފޮޓޯވެސް މުޅި ދުނިޔޭގައި ބޮޑު މީމް އަކަށް ވެގެންދިޔަ ފަދައިން، މިއަދު ރައީސް މުއިއްޒު ވެސް ވަނީ ހަމަ އެފަދަ މީމްއަކަށް ވެފަ އެވެ.

މި ދެ މަންޒަރުގެ ހުރި އެއްގޮތްކަމުން، މިހާރުގެ ސަރުކާރަކީ ޓްރަމްޕްގެ ކަންކަން ކޮޕީކުރާ ސަރުކާރެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި މިކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ އެ ރަސްމިއްޔާތުގައި ބޭނުންކުރި ދިއްލޭ ބޯޅައާ އެއްވައްތަރުގެ ބޯޅަތައް އޮންލައިން ވިޔަފާރި ޕްލެޓްފޯމެއް ކަމަށްވާ ޓެމޫ އިން ފެންނަން ހުރި އަގުތަކާއި ތަފްސީލުތައް ވެސް އާންމުކުރަމުންނެވެ.

ގައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއް އިފްތިތާހުކުރުމަށް ޓެމޫ އިން ވަރަށް އަގުހެޔޮކޮށް ގަންނަން ލިބެން ހުންނަ އާދައިގެ ޕްލާސްޓިކް ދިއްލޭ ބޯޅައެއް ބޭނުންކުރިކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް މަލާމާތްކުރަމުންނެވެ. އިހުތިރާމްގެ ރީތި ސިފަތައް އާލާކުރުމަށް ފެށި މި ކެމްޕޭން، އޭގައި ބޭނުންކުރި ބޯޅައެއްގެ ސަބަބުން މިހާރު ވަނީ ސިޔާސީ ޖޯކަކަށާއި، ޓްރަމްޕްގެ ކޮޕީއެއްގެ ގޮތުގައި މީހުން ދައްކާ މަޖާ ވާހަކައަކަށް ބަދަލުވެފަ އެވެ.  

ޑރ. މުހައްމަދު މުއިއްޒުޑޮނަލްޑް ޓްރަމްޕްއިހުތިރާމް ކުރުމުގެ ގައުމީ ކެމްޕެއިން

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން

15 ނޮވެމްބަރު 2026
ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން
15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
15 ނޮވެމްބަރު 2026

2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި

15 ނޮވެމްބަރު 2026
2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި
15 ނޮވެމްބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

15 ނޮވެމްބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
15 ނޮވެމްބަރު 2026

ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި

15 ނޮވެމްބަރު 2026
ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި
15 ނޮވެމްބަރު 2026

އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު

15 ނޮވެމްބަރު 2026
އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
14 ނޮވެމްބަރު 2026

އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!

14 ނޮވެމްބަރު 2026
އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!
14 ނޮވެމްބަރު 2026

ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް
14 ނޮވެމްބަރު 2026

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި

14 ނޮވެމްބަރު 2026
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި
14 ނޮވެމްބަރު 2026

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

14 ނޮވެމްބަރު 2026
ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް