Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ދޮންފަނު

ކުރީ ސަރުކާރުން 85 އިންސައްތަ ނިންމާފައިވާ ދޮންފަނު ނަރުދަމާ މަޝްރޫއު މިސަރުކާރަށް އަދިވެސް ނިންމާ ނުލެވޭ!

20 ނޮވެމްބަރު 2026 | ހުކުރު 12:03

ބ. ދޮންފަނު ނަރުދަމާ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވީ ނަމަވެސް، މިހާރު މަސައްކަތް ހުއްޓިފައި އޮތުމުން އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ސަރުކާރުން މަޝްރޫއު ނިންމުމަށް ދިން ތާރީޚު ފަހަނައަޅައި ދިޔައިރު ވެސް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ، ރަށަށް ގެނައި ތަކެތި ހަލާކުވަމުންދާ ކަމަށް ކައުންސިލުން ފާހަގަކުރޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 20 ނޮވެމްބަރު 2026 | ހުކުރު 12:03

ކުރީ ސަރުކާރުން 85 އިންސައްތަ ނިންމާފައިވާ ދޮންފަނު ނަރުދަމާ މަޝްރޫއު މިސަރުކާރަށް އަދިވެސް ނިންމާ ނުލެވޭ! | ރާއްޖެ އެމްވީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށައި ބޮޑު ބައެއް ނިންމާފައިވާ ނަރުދަމާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާތީ ބ. ދޮންފަނު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ދޮންފަނު ކައުންސިލް މެންބަރު އާމިނަތު ރަފާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނަރުދަމާގެ މަޝްރޫއަކީ ދޮންފަނު ރައްޔިތުންނަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން މި މަޝްރޫއުގެ މަސައްކަތް ވެރިކަން ނިމުނު ފަހުން އެދެވޭ ގޮތެއްގައި ކުރިއަށް ނުދާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮންފަނަށް ވަޑައިގަންނަވަން ވެގެން މިދިޔަ އަހަރު ގެނައި ހިލަތައް މިހާރު ހުރީ ހަލާކުވެފައި ކަމަށް ވިދާޅުވެ ރަފާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މީގެއިތުރުން 2022 ވަނަ އަހަރުގެ މެދުތެރޭގައި ފެށި މި މަޝްރޫއުގެ ގާތްގަނޑަކަށް 85 އިންސައްތަ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާފައިވާ ކަމަށާއި، އަދި ބާކީ އޮތް ކުޑަ މިންވަރު ނިންމާނުލެވި އެތައް ދުވަހެއް ވެގެންދާއިރު ވެސް، މަސައްކަތް އެއްކޮށް ނިންމައިނުލެވި އޮންނަ ސަބަބެއް ސާފުނުވާ ކަމަށް ދޮންފަނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސާ ސަހުމީނާ އަލީ ވިދާޅުވި އެވެ. 

ބ އަތޮޅު ކުޑަރިކިލު، ކިހާދޫ އަދި ދޮންފަނުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމޭނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ. 

ނަމަވެސް މިިނިސްޓަރު މުއްތަލިބު ވިދާޅުވި ތާރީހު ފަހަނައަޅައި ދިޔައިރު ވެސް މަސައްކަތް ނިންމާ ނުލެވުނު ކަމަށް ދޮންފަނު ރައްޔިތުން އަންނަނީ ބުނަމުންނެވެ. 

ބ. ދޮންފަނުނަރުދަމާ މަޝްރޫޢު

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

5

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2026

ދޮންފަނު ބަނދަރުގައި އައު ނެރެއް ކަނޑައިދިނުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިތާ އަހަރެއް، އަދި ބޭއްވުނީ ބައްދަލުވުންތަކެއް!

19 ނޮވެމްބަރު 2026
ދޮންފަނު ބަނދަރުގައި އައު ނެރެއް ކަނޑައިދިނުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިތާ އަހަރެއް، އަދި ބޭއްވުނީ ބައްދަލުވުންތަކެއް!
14 ނޮވެމްބަރު 2026

ދޮންފަނު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއު: މިހާރު ކުރިއަށް ދަނީ އެކޮމޮޑޭޝަން އެޕާޓްމަންޓެއްގެ މަސައްކަތް!

14 ނޮވެމްބަރު 2026
ދޮންފަނު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއު: މިހާރު ކުރިއަށް ދަނީ އެކޮމޮޑޭޝަން އެޕާޓްމަންޓެއްގެ މަސައްކަތް!
14 ނޮވެމްބަރު 2026

ހާލު ކިހިނެއް: ދޮންފަނު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދިއުން!

14 ނޮވެމްބަރު 2026
ހާލު ކިހިނެއް: ދޮންފަނު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދިއުން!
12 ނޮވެމްބަރު 2026

ބ. ދޮންފަނު ސްކޫލް މަލްޓި-ޕާޕަސް ހޯލް މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށް ނުދޭ!

12 ނޮވެމްބަރު 2026
ބ. ދޮންފަނު ސްކޫލް މަލްޓި-ޕާޕަސް ހޯލް މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށް ނުދޭ!
06 ނޮވެމްބަރު 2026

ކުރީ ސަރުކާރުގައި 85 ޕަސެންޓް ނިންމި ދޮންފަނު ފެނާއި ނަރުދަމާ ނުނިމި ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

06 ނޮވެމްބަރު 2026
ކުރީ ސަރުކާރުގައި 85 ޕަސެންޓް ނިންމި ދޮންފަނު ފެނާއި ނަރުދަމާ ނުނިމި ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
14 ސެޕްޓެމްބަރު 2026

3 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި ބ. ފުޅަދޫ ނަރުދަމާ މަޝްރޫއު ހުއްޓިފައި!

14 ސެޕްޓެމްބަރު 2026
3 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި ބ. ފުޅަދޫ ނަރުދަމާ މަޝްރޫއު ހުއްޓިފައި!
22 ސެޕްޓެމްބަރު 2025

ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި

22 ސެޕްޓެމްބަރު 2025
ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް