Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ފުޅަދޫ

3 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި ބ. ފުޅަދޫ ނަރުދަމާ މަޝްރޫއު ހުއްޓިފައި!

14 ސެޕްޓެމްބަރު 2026 | ހޯމަ 14:21

ބ. ފުޅަދޫގައި ފެށި ނަރުދަމާގެ މަޝްރޫއު ހުއްޓި، މަސައްކަތް ކުރި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ އެ މީހުން ރަށުން ފުރައިގެން ގޮސްފައިވާ ކަމަށް ފުޅަދޫ ކައުންސިލުން ބުނެފި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 14 ސެޕްޓެމްބަރު 2026 | ހޯމަ 14:21

3 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި ބ. ފުޅަދޫ ނަރުދަމާ މަޝްރޫއު ހުއްޓިފައި! | ރާއްޖެ އެމްވީ

ބ. ފުޅަދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ހުއްޓިފައިވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ފުޅަދޫ ކައުންސިލްގެ ރައީސް ހައްސާން މޫސާ ދެއްވި އިންޓަވިއުގައި ވިދާޅުވީ، މި މަޝްރޫއަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އޮލަނބު ނަމަކަށް ކިޔާ ކުންފުންޏަކަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ. 

Advertisement - newsAdvertisement

ހަމައެއާއެކު، އެ މަަސައްކަތް ފެށި ދުވަސްކޮޅު އޮލަނބު ކުންފުނީގެ ބޭފުޅަކާ ގުޅުމުން 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި ކަަމަށެވެ. 

އަޅުގަނޑު ބުނިން ހަމަ ހިޔެއް ނުވެޔޭ ތި ވެދާނެ އޭ ކައުންސިލް އިންތިހާބަށް ކުރި ކަމެއް ކަމަށް ވެސް. ދެން ކޮންމެއަކަސް މަސައްކަތް ކުރިއަށް ގެންދިޔައީ، ގެންގޮސް މިހާރު ހަޔެއްކަ މަސް މިވަނީ އަދި ތިން ވަޅު ބުރި ތެރޭއިން އެންމެ ބާރު ސްޕީޑްގައި ގޮސްފައި އިން ވަޅު ބުރި މިއީ
ހައްސާން މޫސާ

މީގެ އިތުރުން، ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ނަމުގައި ވަޅުބުރިތަކަށް ބަހައްޓާފައި ހުރުމުން ހައްސާން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި މަސައްކަތަށް ނަގާފައި ހުރި ހައިމާކަކީ އެމްޑަބްލިއެސްސީން ކުއްޔަށް ނަގާފައިވާ އެއްޗެއްކަން ފާހަގަކުރައްވާ ހައްސާން ވަނީ ހައިމާކު ބޭނުންނުކޮށް ހުރި ނަމަވެސް އެޔަށް ކުލި ހިނގަމުން ދާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

ހަމައެއާއެކު، މުސާރަ ނުދޭތީ މަސައްކަތް ކުރަން އައިސް ހުރި އޮލަނބު ކުންފުނީގެ މުވައްޒަފުން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް ހައްސާން ވިދާޅުވި އެވެ.

ބ. ފުޅަދޫ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއެކެވެ. އަދި އެ ސަރުކާރު ނިމުނުއިރު ރަށުގެ ތިންބައި ކުޅަ އެއްބައިގައި ހޮޅި އަޅާފައިވާއިރު މި ސަރުކާރު ވެރިކަމަށް އައިފަހުން މަޝްރޫއު ވަނީ ހުއްޓިފަ އެވެ. 

ބ. ފުޅަދޫނަރުދަމާ މަޝްރޫޢު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ފުޅަދޫ ސްކޫލަށް ކްލާސް ރޫމް އިތުރުކުރުމުގެ މަޝްރޫއު ގާތުން ބައްލަވާނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް އެއް ކަމެއްވެސް ނުހިނގާ!

13 ސެޕްޓެމްބަރު 2026
ފުޅަދޫ ސްކޫލަށް ކްލާސް ރޫމް އިތުރުކުރުމުގެ މަޝްރޫއު ގާތުން ބައްލަވާނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް އެއް ކަމެއްވެސް ނުހިނގާ!
12 ސެޕްޓެމްބަރު 2026

ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!

12 ސެޕްޓެމްބަރު 2026
ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!
12 ސެޕްޓެމްބަރު 2026

ހާލު ކިހިނެއް ބ. ފުޅަދޫ: ކޮންމެ ރައްޔިތެއްގެ އާދޭހަކީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ދިނުން!

12 ސެޕްޓެމްބަރު 2026
ހާލު ކިހިނެއް ބ. ފުޅަދޫ: ކޮންމެ ރައްޔިތެއްގެ އާދޭހަކީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ދިނުން!
11 ސެޕްޓެމްބަރު 2026

ބ. ފުޅަދޫގައި ކުރީ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ!

11 ސެޕްޓެމްބަރު 2026
ބ. ފުޅަދޫގައި ކުރީ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ!
04 ސެޕްޓެމްބަރު 2026

ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު

04 ސެޕްޓެމްބަރު 2026
ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު
01 އޯގަސްޓު 2026

ބ. ފުޅަދޫ ހެލްތު ސެންޓަރުގައި ސާމްޕަލް ފުޅި ނެތްކަން ހާމަވެއްޖެ

01 އޯގަސްޓު 2026
ބ. ފުޅަދޫ ހެލްތު ސެންޓަރުގައި ސާމްޕަލް ފުޅި ނެތްކަން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި

22 ސެޕްޓެމްބަރު 2025
ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް