Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ދޮންފަނު

ކުރީ ސަރުކާރުގައި 85 ޕަސެންޓް ނިންމި ދޮންފަނު ފެނާއި ނަރުދަމާ ނުނިމި ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

6 ނޮވެމްބަރު 2026 | ހުކުރު 07:49

ބ. ދޮންފަނުގެ ފެނާއި ނަރުދަމާ ނިޒާމުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވީ ނަމަވެސް، ބާކީ ބައި ނުނިމި ދިގުލައިގެންދާތީ ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި. ވިއްސާރަ މޫސުމުގައި ނަޖިސް ފެނާ އެކުވެ ސިއްހީ ނުރައްކަލެއް އޮތްކަން ފާހަގަކޮށް، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މި އަސާސީ ޚިދުމަތް ވީހާ ވެސް އަވަހަކަށް ނިންމައިދިނުމަށް އެދިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 6 ނޮވެމްބަރު 2026 | ހުކުރު 07:49
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮހްރާމްގައި ދޮންފަނު ޑަބްލިޔުޑީސީގެ ރައީސާ ސަހުމީނާ އަލީ ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮހްރާމްގައި ދޮންފަނު ޑަބްލިޔުޑީސީގެ ރައީސާ ސަހުމީނާ އަލީ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ބ. ދޮންފަނުގައި ގާއިމުކުރަމުންދާ ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑުބައި ނިމިފައިވީ ނަމަވެސް، މުޅި މަޝްރޫއު އެއްކޮށް ނިންމައި ޚިދުމަތް ނުދެވި ދިގުލައިގެންދާ ދިއުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ދޮންފަނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ން ބުނެފި އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދޮންފަނު ޑަބްލިޔުޑީސީގެ ރައީސާ ސަހުމީނާ އަލީ ވަނީ އެރަށަށް ދިމާވެފައިވާ ގިނަ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

Advertisement - newsAdvertisement

ސަހުމީނާ ވިދާޅުވީ، ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން އަދި ޑަބްލިޔުޑީސީގެ ރައީސާގެ ހައިސިއްޔަތުން ވެސް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މައްސަލަ ކަމަށެވެ. 

ރަށުގެ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑު ޑަބްލިޔުޑީސީގެ ރައީސެއްގެ ހައިސިއްޔަތުން އަދި ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން ވެސް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ ހާލަތު. ތަންތަނުގައި ނުވެސް ހިނދޭ ފެންގަނޑުތައް އެ އޮންނަނީ. ވިއްސާރަ މޫސުމެއް ކުރިމަތިވެއްޖެއްޔާ ނަޖިހާއި ފެނާ އެކުވެގެން ކުޑަކުދިން ވެސް އުޅެންޖެހޭނީ
ސަހުމީނާ އަލީ

ސަހުމީނާ ވިދާޅުވީ، 2022 ވަނަ އަހަރުގެ މެދުތެރޭގައި ފެށި މި މަޝްރޫއުގެ ގާތްގަނޑަކަށް 85 އިންސައްތަ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާފައިވާ ކަމަށެވެ. އަދި ބާކީ އޮތް ކުޑަ މިންވަރު ނިންމާނުލެވި އެތައް ދުވަހެއް ވެގެންދާއިރު ވެސް މަސައްކަތް އެއްކޮށް ނިންމައިނުލެވި އޮންނަ ސަބަބެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެކިބޭފުޅުން އެރަށަށް އަރައިފައިބަމުންދާ ކަމަށް ސަހުމީނާ ވިދާޅުވި އެވެ. 

ސަހުމީނާ ވިދާޅުވީ، އުންމީދަކީ ފެނާއި ނަރުމަދާ މަޝްރޫއުގެ ނުނިމި އޮތް ބައި އަވަހަށް ނިންމައި ރައްޔިތުންނަށް މި އަސާސީ ޚިދުމަތް ވީހާވެސް އަވަހަކަށް ލިބިގެންދިއުން ކަމަށެވެ. އަދި އެރަށު ގިނަ ރައްޔިތުން އެންމެ ބޮޑު އެދުމަކީ ވެސް އެއީ ކަމަށާއި، މިވަގުތަށް އެންމެ މުހިންމު ބޭނުންވާ އަސާސީ ޚިދުމަތަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ބ. ދޮންފަނުފެނާއި ނަރުދަމާގެ ނިޒާމު

އެންމެ ހިނގާ

1

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

2

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

3

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

4

އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް

5

ރައީސް މުއިއްޒު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި އިރު ވެސް ވިސްނުން ބެހެއްޓެވީ އެމަނިކުފާނުގެ ޖީބަށް ލެވޭނީ ކޯއްޗެއްތޯ ބެލުމަށް: އާޔަތުﷲ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2026

ނިލަންދޫ ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުންނަށް ބޮޑު ތަކުލީފެއް: ނަޖިސް ބޭރުކުރަނީ ބައުޒަރު ބޭނުންކޮށްގެން!

10 އޮކްޓޯބަރު 2026
ނިލަންދޫ ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުންނަށް ބޮޑު ތަކުލީފެއް: ނަޖިސް ބޭރުކުރަނީ ބައުޒަރު ބޭނުންކޮށްގެން!
11 ސެޕްޓެމްބަރު 2026

ބ. ފުޅަދޫގައި ކުރީ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ!

11 ސެޕްޓެމްބަރު 2026
ބ. ފުޅަދޫގައި ކުރީ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ!
13 އޯގަސްޓު 2026

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފި

13 އޯގަސްޓު 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފި
29 ޖުލައި 2026

ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް!

29 ޖުލައި 2026
ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް