Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި

15 ނޮވެމްބަރު 2026 | އާދީއްތަ 04:42

އީރާނުގެ އަސްކަރީ ގާބިލުކަން ނެތިކޮށްލެވިފައިވާ ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އެ ޤައުމުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަދިވެސް އެބަހުރި ކަމަށް ޖާސޫސީ ރިޕޯޓުތަކުން ދައްކާ. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ނާޒުކުކަން ހާމަވެފައިވާއިރު، އިތުރު އަސްކަރީ ފިޔަވަޅު އެޅުމަށް އިސްރާއީލުން ބާރުއެޅި ނަމަވެސް އެމެރިކާއިން އިސްކަންދެނީ އިގުތިސާދީ ފިއްތުންތައް ކުރިމަތިކުރުމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 15 ނޮވެމްބަރު 2026 | އާދީއްތަ 04:42
އީރާނުގެ އަސްކަރިއްޔާއިން ބެލިސްޓިކް މިސައިލެއް ލޯންޗު ކުރަނީ

އީރާނުގެ އަސްކަރިއްޔާއިން ބެލިސްޓިކް މިސައިލެއް ލޯންޗު ކުރަނީ | އަނަދޮލު އޭޖެންސީ

އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނުގެ ހަތިޔާރު އުފައްދާ އަދި ރައްކާކުރާ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެތައް މަހެއް ވަންދެން ދިން ހަމަލާތަކާއެކު ވެސް، އީރާނުގެ އަތުގައި އަދިވެސް 1,500 އާއި 2,500 އާ ދެމެދުގެ އަދަދަކަށް މިސައިލް އެބަހުރި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން އަންދާޒާކޮށްފި އެވެ. މި ކަމުގެ މަޢުލޫމާތު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ 'ދި ވޯލް ސްޓްރީޓް ޖަރނަލް' އިންނެވެ.

ޖާސޫސީ އިދާރާތަކުގެ މި ހޯދުންތަކަކީ، ތެހެރާނުގެ އަސްކަރީ ގާބިލުކަން ބޮޑުތަނުން ނެތިކޮށްލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ދަޢުވާތަކާ ފުށުއަރާ ހޯދުންތަކެކެވެ. ނަމަވެސް، ހަނގުރާމައިގެ ކުރިއާ އަޅައިބަލާއިރު، އީރާނުން މިސައިލްގެ ސްޓޮކް އަލުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްދަނީ ލަސް ދުވެއްޔެއްގައި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

Advertisement - worldAdvertisement

ހަމަމިއާއެކު، ސަރަހައްދުގެ އެކި އަމާޒުތަކަށް ހަމަލާ ދިނުމުގެ ގާބިލުކަން އިތުރުކޮށްދޭ ގިނަ އަދަދެއްގެ ޑްރޯނާއި ކުރު ރާސްތާގެ މިސައިލް ވެސް އީރާނުގެ އަތުގައި އަދިވެސް އެބަހުރި ކަމަށް ޖަރނަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސަރަހައްދީ އެހެން އިދާރާތަކުގެ އަންދާޒާތައް ތަފާތު ނަމަވެސް، އީރާނުގެ އަތުގައި 1,500 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް އެބަހުރި ކަމަށް ޔަހޫދީ އިސްރާއީލުގެ އަސްކަރީ އޮފިޝަލުން އަންދާޒާކުރާ ކަމަށް އެ ނޫހުން ބުންޏެވެ. މެދުއިރުމަތީގެ ކަންކަމާ ބެހޭ އެމެރިކާގެ ދިފާޢީ ވުޒާރާގެ ކުރީގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ސިމޯން ލެޑީން ވިދާޅުވީ، އެންމެ ދަށް އަންދާޒާއަށް ބެލި ނަމަވެސް، ހަނގުރާމައިގެ ކުރިން އީރާނުގައި ހުރި މިސައިލްގެ ޚަޒާނާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް އެ ޤައުމުން އަލުން އިއާދަކޮށްފައިވާ ކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، ރާޑަރު ނިޒާމުތަކާއި، ކުރީބައިގައި އިންޒާރުދޭ އުމްރާނީ ވަސީލަތްތަކުގައި ހުރި ބަލިކަށި ކަން ހާމަވަމުންދާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އައު ބޮޑު އަސްކަރީ ހަމަލާއެއް ފެށުމުގެ ބަދަލުގައި، ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިސާރުކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން ތެހެރާނަށް އިގުތިސާދީ ފިއްތުންތައް ކުރިމަތިކުރުމަށް ވޮޝިންގޓަނުން މިހާތަނަށް އިސްކަންދީފައިވެ އެވެ. އީރާނުން ބަދަލުހިފުމުގެ ގޮތުން ދީފާނެ ހަމަލާތަކެއްގެ ބިރަށް ޓަކައި އަލުން ހަނގުރާމައެއް ނުފެށުމަށް ގަލްފުގެ އެކުވެރި ޤައުމުތަކުން އިންޒާރު ދެމުންދާއިރު، އިތުރު އަސްކަރީ ފިޔަވަޅުތައް އެޅުމަށް ޔަހޫދީ އިސްރާއީލުން ދަނީ ބާރުއަޅަމުން ކަމަށް ޖަރނަލްއިން ބުންޏެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އީރާން-އިސްރާއީލުޑޮނަލްޑް ޓްރަމްޕްތެހެރާންމެދު އިރުމަތިއީރާން-އެމެރިކާ

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

5

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި

14 ނޮވެމްބަރު 2026
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި
14 ނޮވެމްބަރު 2026

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

14 ނޮވެމްބަރު 2026
ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ
14 ނޮވެމްބަރު 2026

އެމެރިކާއިން 2026 ވަނަ އަހަރު ރެކޯޑު އަދަދަކަށް މީހުން ޑީޕޯޓުކޮށް، ހައްޔަރުކޮށްފި

14 ނޮވެމްބަރު 2026
އެމެރިކާއިން 2026 ވަނަ އަހަރު ރެކޯޑު އަދަދަކަށް މީހުން ޑީޕޯޓުކޮށް، ހައްޔަރުކޮށްފި
14 ނޮވެމްބަރު 2026

މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި

14 ނޮވެމްބަރު 2026
މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި
14 ނޮވެމްބަރު 2026

"އުދުވާން ހިންގަނީ އެމެރިކާއިން": އަލުން ހަމަލާ ދީފި ނަމަ ފަސްޖެހުމެއް ނެތި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން އިންޒާރު ދީފި

14 ނޮވެމްބަރު 2026
"އުދުވާން ހިންގަނީ އެމެރިކާއިން": އަލުން ހަމަލާ ދީފި ނަމަ ފަސްޖެހުމެއް ނެތި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން އިންޒާރު ދީފި
14 ނޮވެމްބަރު 2026

ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި ޓްރަމްޕާއި ޝީ އަދި ޕުޓިން ބައްދަލުކުރައްވަނީ

14 ނޮވެމްބަރު 2026
ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި ޓްރަމްޕާއި ޝީ އަދި ޕުޓިން ބައްދަލުކުރައްވަނީ
14 ނޮވެމްބަރު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި

14 ނޮވެމްބަރު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި
13 ނޮވެމްބަރު 2026

ވެރިކަން ނިމުމުގެ ކުރިން ކިއުބާގެ ސަރުކާރު ވައްޓާލަން ޓްރަމްޕް ވިސްނަވަނީ

13 ނޮވެމްބަރު 2026
ވެރިކަން ނިމުމުގެ ކުރިން ކިއުބާގެ ސަރުކާރު ވައްޓާލަން ޓްރަމްޕް ވިސްނަވަނީ
13 ނޮވެމްބަރު 2026

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

13 ނޮވެމްބަރު 2026
ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
13 ނޮވެމްބަރު 2026

ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް