Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބުރުގެ ގާނޫނު

ސަރުކާރުން ހިތުހުރި ގޮތަކަށް ރައްޔިތުންގެ އަނގައިގައި ޓޭޕެއް ނޭޅޭނެ: މައުރޫފް

17 ނޮވެމްބަރު 2026 | އަންގާރަ 08:43

ސަރުކާރުން އަބުރުގެ ގާނޫނު އަލުން ގެނެސް ރައްޔިތުންގެ ބަސްބުނުމުގެ މިނިވަންކަން ހަނިނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ސަރުކާރުގެ ވައުދުތައް ނުފުއްދި، ދައުލަތުގެ ބަޖެޓުން ކުރާ ހޭދައާ އެއްވަރަށް ނަތީޖާ ނުފެންނާތީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާނެ ކަމަށާއި، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުން ހުއްޓުވަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 17 ނޮވެމްބަރު 2026 | އަންގާރަ 08:43
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރާއްޖެ އެމްވީ

ސަރުކާރުން ހިތުހުރި ގޮތަކަށް ރައްޔިތުންގެ އަނގައިގައި ޓޭޕެއް ނޭޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ މީގެ ކުރިން ވެސް ސަރުކާރުތަކުން ރައްޔިތުންގެ އަނގައިގައި ޓޭޕް އަޅަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން އޭރުގައި ވެސް ނުކުރެވޭ ކަމަށް މައުރޫފް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ވީ ކަމަށާއި އަބުރު ގާނޫނު ގެންނަންވީ ނޫން ކަން ފާހަގަކުރައްވާ މެންބަރު މައުރޫފް ވިދާޅުވީ ސަރުކާރުގެ ވެރިން ދެކެ ހިތްހަމަނުޖެހިގެން ރައްޔިތުން ވާހަކަދައްކާ ހާލަތަށް އަންނަނީ ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރުންނަށް ހަވާލު ކުރާ މަސްއޫލިއްޔަތު އަދާ ނުކުރެވޭތީ ކަމަށެވެ. 

ހަމައެއާއެކު، ރައްޔިތުން ވަރަށް ކެތްތެރި ކަމަށާއި ރައްޔިތުން ރައްޔިތުންގެ ހަގީގީ ޒިންމާ އަދާކުރާ ކަމުގައި ވާނަމަ ރައީސް މުއިއްޒުގެ ވެރިކަން މިހާރު ނޯންނާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

އެހާ ވެސް ކަންކަން ގޯސްކޮށް މިދަނީ، އަޅުގަނޑުމެން އެތަށް ސަތޭކަ މިލިއަން ރުފިޔާއެއްގެ ބަޖެޓު ފާސްކޮށްފައި ދީފިން. އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައުލަތުގެ އާމްދަނީ ގޮތުގައި ލިބޭ އެބަ. އެހެންނަމަވެސް ރައްޔިތުން މިއަދު އުޅެމުންދާ ހާލު ރައްޔިތުންނަށް އެބަ އެނގޭ، ރައްޔިތުންނަށް އޮތް ގާނޫނީ ޒިންމާއެއް ހައްގެއް އެއީ ނުކުމެ ސަރުކާރުތައް ޖަވާބުދާރީ ކުުރުވުމަކީ ސަރުކާރުތަކާއި ދެކޮޅަށް ނުކުމެ މުޒާހަރާ ކުރުމަކީ، ވެރިކަން ބަދަލުކުރުމަކީ
މައުރޫފް ޒާކިރު

އެކަންކަން ނުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްގެން ރައްޔިތުން ނުނިކުމެ ގޭގައި ތިބެނީ ރައްޔިތުން ރަނގަޅު ވީމަ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް މަޑުން ތިބުމުން ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ ދެއްކުން މަނާ ކުރާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

އެގޮތުން މިހާރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ސޯޝަލް މީޑިއާގައި މީހެއްގެ ވާހަކަދައްކާފައި އޮތް ޕޯސްޓެއް ޝެއަރ ކުރުމުން ވެސް ކުށްވެރިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. 

މައުރޫފް ޒާކިރުއަބުރުގެ ގާނޫނު

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2026

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާ ގާނޫނުތަކުގެ ބޭނުމަކީ ސަރުކާރުގެ ކޮރަޕްޝަން ފޮރުވުން: މެންބަރު ޒިޔާދު

17 ނޮވެމްބަރު 2026
އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާ ގާނޫނުތަކުގެ ބޭނުމަކީ ސަރުކާރުގެ ކޮރަޕްޝަން ފޮރުވުން: މެންބަރު ޒިޔާދު
16 ނޮވެމްބަރު 2026

2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

16 ނޮވެމްބަރު 2026
2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
14 ނޮވެމްބަރު 2026

ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
12 ނޮވެމްބަރު 2026

އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް

12 ނޮވެމްބަރު 2026
އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
04 ނޮވެމްބަރު 2026

ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް

04 ނޮވެމްބަރު 2026
ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް
02 ނޮވެމްބަރު 2026

ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް

02 ނޮވެމްބަރު 2026
ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް
31 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒު 2028 ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: މެންބަރު މައުރޫފް

31 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒު 2028 ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: މެންބަރު މައުރޫފް
26 އޮކްޓޯބަރު 2026

"ރާއްޖޭގެ ބިމުން ބޮޑު ބައެއް އެއްވެސް ޓެކުހެއް ނެގުމެއް ނެތި ސަރުކާރުން ބޭރު ފަރާތްތަކަށް ވިއްކައިލަނީ ކުދި ވިޔަފާރިތަކުން އިތުރަށް ޓެކްސް ނަގާ މަންޒަރު ފޮރުވުމަށް"

26 އޮކްޓޯބަރު 2026
"ރާއްޖޭގެ ބިމުން ބޮޑު ބައެއް އެއްވެސް ޓެކުހެއް ނެގުމެއް ނެތި ސަރުކާރުން ބޭރު ފަރާތްތަކަށް ވިއްކައިލަނީ ކުދި ވިޔަފާރިތަކުން އިތުރަށް ޓެކްސް ނަގާ މަންޒަރު ފޮރުވުމަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް