Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

ފީފާ ވޯލްޑް ކަޕުން ފްރާންސް ޖާގަ ހޯދައިފި

11 އޮކްޓޯބަރު 2017 | ބުދަ 02:18

ގްރޫޕް އޭގެ އެއްވަނަ ހޯދީ 10 މެޗުން 23 ޕޮއިންޓް ހޯދައިގެން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 11 އޮކްޓޯބަރު 2017 | ބުދަ 02:18
ބެލާރޫސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އުފާފާޅު ކުރަނީ

ބެލާރޫސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އުފާފާޅު ކުރަނީ

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ފްރާންސް ޖާގަ ހޯދައިފި އެވެ.

ފީފާ ވޯލްޑް ކަޕުން ފްރާންސް ޖާގަ ހޯދީ ޔޫރޯ ޒޯންގެ ކޮލިފިކޭޝަން ގްރޫޕް އޭގައި އަންގާރަ ދުވަހުގެރޭ ބެލާރޫސް އަތުން ހޯދި ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރު ކޮށްގެންނެވެ.

އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ބެލާރޫސްގެ މައްޗަށް ފްރާންސް ކުރިހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ.

މިމެޗުގެ 27 ވަނަ މިނެޓުގައި ފްރާންސަށް ކުރި ހޯދައިދިނީ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އެވެ. އޭގެ ހަ މިނެޓު ފަހުން ފްރާންސަށް ލީޑު ފުޅާ ކޮށްދިނީ އާސެނަލްގެ ފޯވާޑް އޮލިވިއޭ ޖިރޫ އެވެ.

ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބެލާރޫސް އަށް ސުން ކަނޑުވާލައިދިނީ އެންޓަން ސަރޯކާ އެވެ.

މިމޮޅާއެކު މިގްރޫޕްގެ އެއްވަނަ ފްރާންސް ހޯދީ 10 މެޗުން 23 ޕޮއިންޓް ހަމަކޮށްގެންނެވެ. ގްރޫޕް އޭގެ ކުޅުން ނިމިފައިވާއިރު، ފްރާންސް އަތުން ބަލިވި ބެލާރޫސް އޮތީ ފަސް ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ ފުލުގައެވެ.

މިގްރޫޕްގައި އެންމެ ހިތްދަތި ގޮތަކަށް ކޮލިފައިންގ ނިންމާލި ޓީމަކީ ނެދަލެންޑްސް އެވެ. ކޮލިފައިންގެ ފަހު މެޗުގައި ސްވިޑްންގެ މައްޗަށް ނެދަލެންޑްސް ކުރިހޯދި ނަމަވެސް، ޕޮއިންޓްގެ ގޮތުން ދެޓީމް އެއްވަރުވެ، ފައިދާ ގޯލުގެ ތަފާތުން ޕްލޭއޯފްގެ ޖާގަ ލިބިފައިވަނީ ސްވިޑްން އަށެވެ. ސްވިޑްން އަށް ފައިދާ 17 ލަނޑު އޮތްއިރު، ނެދަލެންޑްސަށް ލިބިފައިވަނީ ފައިދާ ނުވަ ލަނޑެވެ.

އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ސްވިޑްންގެ މައްޗަށް ނެދަލެންޑްސް ކުރިހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ނެދަލެންޑްސްގެ ދެލަނޑުވެސް ޖަހައިދިނީ ބަޔާން މިއުނިކްގެ މިޑްފީލްޑަރ އާޔެން ރޮބެން އެވެ. ނެދަލެންޑްސްގެ ފުރަތަމަ ލަނޑު ރޮބެން ޖަހައިދިނީ ލިބުނު ޕެނަލްޓީ އަކުންނެވެ.

މިގްރޫޕްގައި ލަކްޒަމްބާގާއި ބަލްގޭރިއާ ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ.

މިމެޗުތަކާއެކު ގްރޫޕް އޭގެ ކުޅުން ނިމުނުއިރު، ގްރޫޕްގެ ދެވަނަ ހޯދައި ޕްލޭ އޯފްގެ ޖާގަ ހޯދި ސްވިޑްން އާއި ތިންވަނަ ލިބުނު ނެދަލެންޑްސް އަށްވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ. ހަތަރުވަނާގައިވާ ބަލްގޭރިއާ އަށް 13 ޕޮއިންޓް ލިބިފައިވާއިރު، ލަކްޒަމްބާގަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައިވާ ބެލާރޫސް އަށް ލިބިފައިވަނީ 5 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް